Roadha Mihaaru
ދިރާގުން ޕްރީއޯޑާކުރި ކަސްޓަމަރުންނަށް އައިފޯނު ދެނީ

ދިރާގުން އައިފޯނު ޕްރީއޯޑާކުރި ކަސްޓަމަރުންނަށް ފޯނު ހަވާލުކުރަނީ

30 ސެޕްޓެމްބަރ 2023

ދިރާގު މެދުވެރިކޮށް އެންމެ ފަހުން މާކެޓަށް ނެރުނު އައިފޯނު 15 ޕްރޯ އާއި ޕްރޯ މެކްސް ދިރާގުން އޯޑަރު ކުރި ކަސްޓަމަރުންނަށް ހަވާލުކުރަން ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ދިރާގު މެދުވެރިކޮށް އެންމެ ފަހުން މާކެޓަށް ނެރުނު އައިފޯނު 15 ޕްރޯ އާއި ޕްރޯ މެކްސް ދިރާގުން އޯޑަރު ކުރި ކަސްޓަމަރުންނަށް ހަވާލުކުރަން ފަށައިފި އެވެ.

ދިރާގުން ފަހުގެ އައިފޯނުތަކަށް ޕްރީ އޯޑަރަށް ހުޅުވާލީ މި މަހުގެ 22 ވަނަ ދުވަހު އެވެ. ދިރާގުން ބުނީ ޕްރީ އޯޑަރަށް ހޫނު ތަރުހީބެއް ލިބުނުކަމަށާއި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސްޓޮކް ހުސްވި ކަމަށެވެ. އަދި ސްޓޮކް އާ ކުރުމަށް ފަހު އަނެއްކާ ވެސް އައިފޯނު ގަތުމަށް ވަރަށް އަވަހަށް ފުރުސަތު ހުޅުވާލާނެ ކަމަށް ދިރާގުން ބުންޏެވެ.

ޒަމާނީ އައު ފީޗާސްތަކަކާއި އެކު ނެރެފައިވާ އައިފޯން މޮޑެލްތައް ދިރާގު ކަސްޓަމަރުންނަށް ވަގުތުން ފުލް ޕޭމަންޓާ އެކު ނުވަތަ 12 މަހުގެ އިންސްޓޯލްމެންޓް ޕްލޭންގެ ދަށުންވެސް ގަނެވޭނެއެވެ. ދިރާގުން އައިފޯނު ގަންނަ ކަސްޓަމަރުންނަށް 6 މަސް ދުވަހަށް، މަހަކު 10ޖީބީގެ ހިލޭ ބޯނަސް ޑޭޓާ ލިބޭނެއެވެ.

އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އަކީ އެޕަލް އިން މިހާތަނަށް ނެރުނު އެންމެ ލުއި ޕްރޯ މޮޑެލްތަކެވެ. މި މޮޑެލްތައް ފަރުމާކޮށްފައި ވަނީ ލުއި ޓައިޓޭނިއަމްއިންނެވެ. މި ފޯނުތަކަކީ ބޮޑެތި އަޕްގްރޭޑްތަކާއި އެކު 48 މެގަޕިކްސެލްގެ މެއިން ކެމެރާ ސިސްޓަމްގެ އިތުރުން އޭ17 ޕްރޯ އަދި ޔޫއެސްބީ-ސީ ޗާޖިން ޕޯޓް ހިމެނޭ ފޯނުތަކެކެވެ.