Roadha Mihaaru
މޫލީއިން އައިފޯން އޯޑަރު ކުރި ކަސްޓަމަރުންނަށް ފޯނު ދީފި

މޫލީއިން އައިފޯން ޕްރީއޯޑަރު ކުރި ކަސްޓަމަރުންނަށް ފޯނު ހަވާލުކޮށްފި

30 ސެޕްޓެމްބަރ 2023

މޫލީއިން އައިފޯނު ޕްރީ އޯޑަރު ކުރި ކަސްޓަމަރުންނަށް ފޯނުތައް ހަވާލުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މޫލީއިން އައިފޯނު ޕްރީ އޯޑަރު ކުރި ކަސްޓަމަރުންނަށް ފޯނުތައް ހަވާލުކޮށްފި އެވެ.

މޫލީ މެދުވެރިކޮށް ފޯނު ޕްރީ އޯޑަރުކުރި ކަސްޓަމަރުންނަށް ފޯނު ހަވާލުކުރުމަށް އުރީދޫގެ ހެޑް އޮފީހުގައި ހާއްސަ އިވެންޓެއް ވަނީ ބާއްވައިފަ އެވެ. ހުކުރު ދުވަހުގެ ރޭ އޮތް މި އިވެންޓުގައި ކިއުގައި ނުޖެހި ކަސްޓަމަރުންނަށް ފޯނު ހަވާލުކުރުމުގެ އިންތިޒާމް ހުރީ ހަމަޖައްސައިފަ އެވެ.

މި އިވެންޓުގައި ލައިވް މިއުޒިކާއެކު ހިތްގައިމު ހަރަކާތްތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ފޯނު ޕްރީއޯޑަރ ކުރި ކަސްޓަމަރުންގެ ތެރެއިން ފޯނާއި ހަވާލުވުމަށް އިވެންޓަށް ނުދެވުނު ކަސްޓަމަރުންނަށް މޫލީއިން ފޯނުތައް ޑެލިވާކުރަން ވަނީ ފަށައިފަ އެވެ.

އުރީދޫން ބުނީ މޫލީ މެދުވެރިކޮށް އައިފޯން 15ގެ ސީރީޒްގެ ފޯނުތައް ވިއްކަމުން ދަނީ ހާއްސަ އަގުތަކެއްގައި ކަމަށެވެ. އަދި މޫލީ މެދުވެރިކޮށް އައިފޯނު ގަންނަ އުރީދޫ ނެޓްވޯކުގެ ކަސްޓަމަރުންނަށް ތިން މަސް ދުވަހުގެ މުއްދަތަށް 100ޖީބީ ޑޭޓާ ހިލޭ ލިބޭނެ އެވެ.

އައިފޯން 15 އަދި އައިފޯން 15 ޕްލަސް އަކީ ބާރުގަދަ 48 އެމްޕީގެ މެއިން ކެމެރާއަކާއި ޓެލެފޮޓޯ އޮޕްޝަނާ، އޭ16 ބަޔޮނިކް ޗިޕް އަދި ޔޫއެސްބީ-ސީ ޗާޖިންގް ޕޯޓް ހިމެނޭ ފޯނެކެވެ. އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އަކީ އެޕަލް އިން މިހާތަނަށް ނެރުނު އެންމެ ލުއި ޕްރޯ މޮޑެލްތަކެވެ. މި މޮޑެލްތައް ފަރުމާކޮށްފައި ވަނީ ލުއި ޓައިޓޭނިއަމްއިންނެވެ. މި ފޯނުތަކަކީ ބޮޑެތި އަޕްގްރޭޑްތަކާ އެކު 48 މެގަޕިކްސެލްގެ މެއިން ކެމެރާ ސިސްޓަމްގެ އިތުރުން އޭ17 ޕްރޯ އަދި ޔޫއެސްބީ-ސީ ޗާޖިންގ ޕޯޓް ހިމެނޭ ފޯނުތަކެކެވެ.