Roadha Mihaaru
ބޯ ސްނޯގައި ޖެހި އަފްޣާނާއި ޕާކިސްތާނުން 100 މަރު

ބޯ ސްނޯގައި ޖެހި އަފްޣާނިސްތާނާއި ޕާކިސްތާނުން 100 މަރު

06 ފެބުރުއަރީ 2017

އިސްލާމްއާބާދު (ފެބްރުއަރީ 6) - އަފްޣާނިސްތާނާއި ޕާކިސްތާނަށް ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްލާމްއާބާދު (ފެބްރުއަރީ 6) - އަފްޣާނިސްތާނާއި ޕާކިސްތާނަށް ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ޕާކިސްތާނުގެ ބޯޑަރާ ކައިރީގައި އޮންނަ އަފްޣާނިސްތާނުގެ ޕްރޮވިންސެއް ކަމަށްވާ ނުރިސްތާނުން ސްނޯގައި ޖެހިގެން ވަނީ 45 މީހުން މަރުވެފަ އެވެ. އަދި ޕާކިސްތާނުގެ އުތުރުން ވަނީ ނުވަ މީހަކު މަރުވެފަ އެވެ. ސްނޯ ފޭބުމުގެ ސަބަބުން ގިނަ އަދަދެއްގެ ގެ ވެސް ވަނީ ހަލާކުވެފަ އެވެ. ބައެއް މީހުން ވަނީ ފިނިގަދަވެ، ގަނޑުވެގެން މަރުވެފަ އެވެ. އަދި އަނެއް ބަޔަކު ވަނީ ކާރުތަކުގައި ތާށިވެގެން ވެސް މަރުވެފަ އެވެ.

އަފްޣާނިސްތާނުގެ ނެޗަރަލް ޑިޒާސްޓާ މިނިސްޓްރީގެ ތަރުޖަމާން އޭއެފްޕީ އަށް ވިދާޅުވީ ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން ދެ އަވަށެއް ސްނޯގެ ދަށުގައި ވަޅުލެވިފައިވާ ކަމަށެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ހުރަސް އެޅިފައި ވަނީ މޫސުން ގޯސްވުމާ އަދި ސްނޯގެ ސަބަބުން މަގުތައް ބަންދުވެފައިވުމުންނެވެ. ރަންވޭގައި ސްނޯ ބޯވުމުގެ ސަބަބުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ މައި އެއާޕޯޓް ވެސް ވަނީ ބަންދުކުރަން ޖެހިފަ އެވެ. ކާބުލް އާއި ކަންދަހާރު ގުޅުވާލަދޭ ހައިވޭގައި ތާށިވެފައި ތިބި 250 ވެހިކަލެއް ފުލުހުންނާއި ސިފައިން ވަނީ ސަލާމަތްކޮށްފަ އެވެ.