އިންޑިއާގެ ޑީވައިޔޫ ހެލްތްކެއާއިން ހިންގާ އެސްޓާ ލިޓްލް ބްލޫޖޭސް ސެންޓަރުގެ ސައިކޮލަޖިސްޓުން އައިސީޕީގައި ކޮންސަލްޓޭޝަން ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
11 އޮކްޓޯބަރ 2023
އިންޑިއާގެ ޑީވައިޔޫ ހެލްތްކެއާއިން ހިންގާ އެސްޓާ ލިޓްލް ބްލޫޖޭސް ސެންޓަރުގެ ސައިކޮލަޖިސްޓުން އައިސީޕީގައި ކޮންސަލްޓޭޝަން ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ ދުނިޔޭގެ ނަފްސާނީ ބަލީގެ ދުވަސް ފާހަގަކުރުމަށް އައިސީޕީއިން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އައިސީޕީއިން ބުނިގޮތުގައި މި އެއްބަސްވުމުގެ ދަށުން އައިސީޕީއަށް ވިޒިޓިން ސައިކޮލަޖިސްޓުންގެ ގޮތުގައި އެ ކްލިނިކަށް ޒިޔާރަތްކުރާނެ އެވެ. އަދި މި އެއްބަސްވުމުގެ ދަށުން އައިސީޕީއަށް ބޭނުންވާ ތަމްރީނާއި ކެޕޭސިޓީ އިތުރުކުރުމަށް ކުރާ މަސައްކަތްތަކުގައި އެ ސެންޓަރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ.
އައިސީޕީއިން ބުނީ މި އެއްބަސްވުމުގެ ސަބަބުން ދެ ސެންޓަރުގެ ދެމެދުގައި ވަސީލަތްތަކާއި ތަޖުރިބާ ހިއްސާކުރުވޭނެ މަގުފަހިވާނެ ކަމަށެވެ.
އައިސީޕީ އާއި އެސްޓާ ލިޓްލް ބްލޫޖޭސްގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އައިސީޕީގެ ޗެއާޕާސަން އަދި ސިމްޑީ ގްރޫޕްގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާ ވަނީ ރާއްޖޭގައި ނަފްސާނީ ފަރުވާއަށް އޮތް ޑިމާންޑު އިތުރުވަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
ޑރ. ޝަކީލާ ވިދާޅުވީ ނަފްސާނީ ފަރުވާ ފޯރުކޮށްދިނުމަކީ ހަމައެކަނި ސަރުކާރުކާރުގެ މަސްއޫލިޔަތެއް ނޫން ކަމަށެވެ. އަދި މި ދާއިރާ ކުރިއެރުވުމުގައި އެންމެންގެ ޝާމިލުވުމާއި އިސްނެގުން ބޭނުންވާކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި މި ހިދުމަތް ދިނުމަށް އައިސީޕީއިން ކުރަމުން އަންނަ މަސައްކަތުގައި ލިޓްލް ބްލޫޖޭސްގެ ފަރާތުން އެއްބާރުލުން ލިބުމަކީ އެ ސެންޓަރުގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް ފުރިހަމަކުރުމަށް ލިބުނު ބޮޑު ބާރެކެވެ.
މި ރަސްމިއްޔާތުގައި ޑީވައިޔޫ ހެލްތްކެއާގެ ޗެއާމަން ޑރ.ޕްރަޝާންތު ގައުޑާ ވަނީ ހެދިބޮޑުވަމުން އަންނަ ދުވަސްވަރާއި ޒުވާން ދުވަސްވަރު ނަފްސާނީ ދުޅަހެޔޮކަމަށް އަހައްމިޔަތުކަން ދިނުމުގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ. އަދި ދިރިއުޅުމުގެ ކޮންމެ މަރުހަލާއެއްގައި ވެސް ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަން ދިނުމަށް އެންމެން ގުޅިގެން މަސައްކަތްކޮށް ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި އައިސީޕީއިން ދާދި ފަހުން ބޭއްވި ޅެން މުބާރާތުގެ ވަނަތަކަށް ދިޔަ ފަރާތްތައް އިއުލާނުކޮށް އެ ފަރާތްތަކަށް އައިސީޕީ އާއި ސިމްޑީ ގްރޫޕުގެ ފަރާތުން ގިފްޓް ހެމްޕާ ވެސް ހަދިޔާކުރި އެވެ.
ތަރުބިއްޔަތު ކުރުމުގައި ގެންގުޅޭ އުސޫލުތަކުގެ އަސަރު
އައިސީޕީއިން ނަފްސާނީ ދުޅަހެޔޮކަމުގެ ޕެނަލް ޑިސްކަޝަނެއް
މެންޓަލް ހެލްތު ފެސްޓިވަލުގައި އައިސީޕީގެ ސްޓޯލެއް
ސިމްޑީގެ ފުރަތަމަ ހަފްތާގެ އިނާމުތައް ދީފި
ރޯދަ ހަދިޔާއަކަށް ފޮނުވާނެ ހަދިޔާ ޕެކުތައް ސިމްޑީގައި
ސިމްޑީގެ ރޯދަ ޕްރޮމޯޝަން ފަށައިފި
ސިމްޑީ ގްރޫޕަށް 24 އަހަރު ފުރުން ފާހަގަކޮށްފި
ސިމްޑީ ރެކްރިއާ ފިހާރައިން ޑިސްކައުންޓު ދެނީ
މާފަންނު ސިމްޑީ ސީޕީޑީ ފިހާރައިން ޑިސްކައުންޓު ދެނީ
އީސްޕޯޓް ޗެމްޕިއަންޝިޕަށް ދިވެހިޓީމް ދިޔައީ ބިއޯންޑްގައި