އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ބިލިއަނަރަކަށް ވެއްޖެ އެވެ.
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ބިލިއަނަރަކަށް ވެއްޖެ އެވެ.
ބްލޫމްބާގް ބިލިއަނާސް އިންޑެކްސްގައިވާ ގޮތުގައި ޓޭލާގެ މިލްކިއްޔާތުގައި މިހާރު 1.1 ބިލިއަން ޑޮލަރު އެބަހުއްޓެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ޓޭލާގެ މިލްކިއްޔާތަށް ކުއްލި ބޮޑު ކުރިއެރުމެއް އައި މައިގަނޑު އެއް ސަބަބަކީ އޭނާ މިހާރު ފަށާފައިވާ "އިރާސް ޓުއާ" އެވެ. އެ ޓުއާގެ ތެރެއިން އެމެރިކާ އާއި ދުނިޔޭގެ އެކި ގައުމުތަކުގައި ބާއްވާ ޝޯތަކަށް ޓިކެޓް ވިއްކައިގެން އޭނާ އަށް ވަނީ ބޮޑު އާމްދަނީއެއް ލިބިފަ އެވެ.
އެ ޓުއާގެ ތެރެއިން އޭނާ މިހާތަނަށް 56 ޝޯއެއް ދީފައިވާއިރު، އާމްދަނީގެ ގޮތުގައި 780 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.
މި މަހު 13 ގައި ނެރުނު އޭނާގެ ކޮންސެޓް ފިލްމު "ޓޭލާ ސްވިފްޓް: ދި އީރާސް ޓުއާ"އަށް ވެސް ބޮޑު އާމްދަނީއެއް ވަނީ ލިބިފަ އެވެ. ބޮކްސް އޮފީހުގައި އެ ފިލްމަށް ވަނީ 181.5 މިލިއަން ޑޮލަރު ލިބިފަ އެވެ.
މި އަހަރު މާޗުގައި ފެށި ޓޭލާގެ "އިރާސް ޓުއާ"ގެ ތެރެއިން އަންނަ އަހަރު ދުނިޔޭގެ އެކި ގައުމުތަކުގައި ޝޯތައް ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ. މިއީ ޓޭލާގެ ހަވަނަ ޓުއާ އެވެ. މި ޓުއާގައި މުޅި ޖުމްލަ 146 ޝޯ ދޭން އޭނާ ވަނީ ނިންމައިފަ އެވެ. އެ ހުރިހާ ޝޯއެއްގެ ޓިކެޓް ވެސް މިހާރު ވަނީ ވިކި ހުސްވެފަ އެވެ.
ޓޭލާ ސްވިފްޓްގެ ޑޮކިއު ސީރީޒްގެ ޓްރެއިލާ އާންމުކޮށްފި
އީލޮން މަސްކް، ފުރަތަމަ ޓްރިލިއަނަރަށް ވުމާ ދިމާއަށް
ޝާހު ބިލިއަނަރަކަށްވެ، އެންމެ މުއްސަނދި އެކްޓަރަށް
އެންމެ މުއްސަނދި މީހާގެ މަގާމު މަސްކަށް ގެއްލެނީ
ޓޭލާގެ ކައިވެނި އިއުލާންކޮށްފި
ޓޭލާ ސްވިފްޓުގެ އާ އަލްބަމް އޮކްޓޯބަރުގައި ގެނެސްދެނީ
ދައުވާކުރުމުން 55 ބިލިއަން ޑޮލަރު ގެއްލިއްޖެ: އަދާނީ
ބިލިއަނަރު އަދާނީއަށް އެމެރިކާއިން ދައުވާކޮށްފި
ޓްރަމްޕުގެ ޓްވީޓެއް: އައި ހޭޓް ޓޭލާ ސްވިފްޓް
ޓޭލާ ލަވަކިޔަނިކޮށް އަނގަޔަށް މެއްސެއް ވަދެއްޖެ