Roadha Mihaaru
މިއީ އަހަންނަށް އެންމެ ގޯސް ދުވަސް: ޓެންހަގް

ސިޓީ އަތުން ބަލިވުން؛ މިއީ ޔުނައިޓެޑްގައި އަހަންނަށް އެންމެ ގޯސް ދުވަސް: ޓެން ހަގް

30 އޮކްޓޯބަރ 2023

މެންޗެސްޓާ (އޮކްޓޯބަރު 30) - މެންޗެސްޓާ ސިޓީ އަތުން 3-0 އިން ރޭ ވީ ބައްޔަކީ، މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ އާ ކުރިމަތިވި އެންމެ ގޯސް ދުވަސްކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެންގަގް ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެންޗެސްޓާ (އޮކްޓޯބަރު 30) - މެންޗެސްޓާ ސިޓީ އަތުން 3-0 އިން ރޭ ވީ ބައްޔަކީ، މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ އާ ކުރިމަތިވި އެންމެ ގޯސް ދުވަސްކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެންގަގް ބުނެފި އެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑްގައި ރޭ ކުޅުނު މެޗުގައި ސިޓީގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އާލިންގް ހާލަންޑެވެ. ފުރަތަމަ ހާފުގައި ޕެނަލްޓީ އަކުން ޖެހި ލަނޑުން އޭނާ ސިޓީ އަށް ލީޑް ނަގައިދިނެވެ. އަދި ދެވަނަ ހާފުގެ ކުރީކޮޅު އިތުރު ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ބޮޑު ކުރި އެވެ. އެ ޓީމުގެ ތިންވަނަ ލަނޑު 80 ވަނަ މިނެޓްގައި ޖެހީ ފިލް ފޮޑެން އެވެ.

ޔުނައިޓެޑްގެ ކޯޗުކަމުގައި ޓެންހަގަށް ވަނީ މީގެ ކުރިން ވެސް ގޯސް ނަތީޖާތަކާ ކުރިމަތި ވެފަ އެވެ. އެކަމަކު ރޭ ޕެޕް ގާޑިއޯލާގެ ޓީމު އަތުން ވީ ބައްޔަކީ ޔުނައިޓެޑްގައި އޭނާގެ އެންމެ ގޯސް ދުވަސް ކަމަށް ޓެންހަގް ބުންޏެވެ.

ސިޓީ އަށް ލަނޑު ޖަހައިދިނުމަށް ފަހު ހާލަންޑް އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

ސިޓީ އަށް ލަނޑު ޖަހައިދިނުމަށް ފަހު ހާލަންޑް އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

"ހަމަ ޔަގީނުންވެސް އެއީ މާޔޫސްކަމެއް. އެކަމަކު މިދިޔަ އަހަރު އަހަރެމެންނަށް ވަރަށް ގިނަ ރަނގަޅު ކަންތައްތަކެއް ފެނިގެންދިޔަ. މިކަހަލަ ގޮތަކަށް ޑާބީއަކުން ބަލިވުމުން އެއީ މާޔޫސްކަމެއް،" ޓެންހަގް ބުންޏެވެ.

ޓެންހްގް ބުނީ ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ގޭމް ޕްލޭން ވަރަށް ރަނގަޅަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ދެން ލިބުނު ޕެނަލްޓީން ހާލަތު ބަދަލުވީ ކަމަށް ޓެންހަގް ބުންޏެވެ. އޭނާ ބުނީ ދެން ދެވަނަ ހާފުގައި ޑިފެންސަށް އެހާ ބޮޑު ސަމާލުކަމެއް ނުދީ ކުޅުންތެރިން އިޚްތިޔާރު ކުރީ އެޓޭކަށް ކަމަށެވެ.

"އޭގެ ފަހުން 2-0 މާ އަވަހަށް ނަތީޖާ ބަދަލުވީ. އެ ހިސާބުން ފެށިގެން ކުރިމަތިވީ އުނދަގޫ މެޗެއް،" ޓެންހަގް ބުންޏެވެ.

ޔުނައިޓެޑް ރޭ ވީ ބައްޔާ އެކު ލީގުގައި އެ ޓީމުގެ ފުރަތަމަ 10 މެޗުގެ ތެރެއިން ފަސް މެޗުން ބަލިވީ އެވެ. އެއީ 37 އަހަރަށް ފަހު ލީގުގެ ފުރަތަމަ 10 މެޗުގެ ތެރެއިން ޔުނައިޓެޑް ފަސް މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. އެ ޓީމު އަށްވަނައިގައި އޮތީ ލީގުގެ އެއްވަނައިގައި އޮތް ޓޮޓެންހަމް އަށް ވުރެ 11 ޕޮއިންޓް ފަހަތުގަ އެވެ.

ސީޒަންގައި މިހާތަނަށް ކުޅުނު 14 މެޗުން، ހަތް މެޗުން ބަލިވި ނަމަވެސް ޓެން ހެގް ބުނީ އޭނާގެ ޓީމަށް ކުރިއެރުންތަކެއް ހޯދަމުންދާ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މިހާރު އަނިޔާގައި ތިބި ކުޅުންތެރިން ރަނގަޅުވެގެން އައުމުން ޔުނައިޓެޑަށް އިތުރަށް ކުރިއެރުން އަންނާނެ ކަމަށް އޭނާ ބުންޏެވެ.

ރޭ ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު، ލިވަޕޫލް ކާމިޔާބު ކުރީ 3-0 އިންނެވެ. ވެސްޓްހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު އެވަޓަން ކާމިޔާބު ކުރީ 1-0 އިންނެވެ.