01 ނޮވެމްބަރ 2023
ރީޓެއިލް ވިޔަފާރީގައި ރާއްޖޭގައި ވަރުގަދަ ސޮނީ އިން "ސޮނީ ހޯމް މެއިންޓެނެންސް" ނަމުގައި އާ ފިހާރައެއް ހުޅުވައިފި އެވެ.
ރީޓެއިލް ވިޔަފާރީގައި ރާއްޖޭގައި ވަރުގަދަ ސޮނީ އިން "ސޮނީ ހޯމް މެއިންޓެނެންސް" ނަމުގައި އާ ފިހާރައެއް ހުޅުވައިފި އެވެ.
މި ފިހާރަ ހުޅުވީ، ޗާންދަނީމަގުގަ އެވެ. ސޮނީން ބުނީ އެ ފިހާރައިގެ އެންމެ ހާއްސަ ކަމަކީ، ގޭތެރޭގެ މެއިންޓަނަންސަށް ބޭނުންވާ ހުރިހާ ސާމާނެއް އެއް ތަނަކުން ލިބުން ކަމަށެވެ. އޭގެ ތެރޭގައި ބަދިގެއަށް ބޭނުންވާ ސާމާނާއި ސާފުކުރުމަށް ބޭނުންވާ ސާމާނު ވެސް ހިމެނެ އެވެ.
ސޮނީ ހޯމް މެއިންޓަނަންސް ފިހާރަ: އެ ފިހާރައިން ބަދިގެ ސާމާނާއި، ގޭތެރެއަށް އާންމުކޮށް ބޭނުންވާ ހުރިހާ ސާމާނެއް ލިބޭނެ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ސޮނީން ބުނީ، މި ތަނުގައު ހާޑްވެއާ، ހޯމް އިންޕްރޫވްމަންޓް ޓޫލް އަދި ގޭތެރެއަށް ބޭނުންވާ ސާމާނު ވެސް ހުންނާނެ ކަމަށެވެ. އެ ފިހާރައިން ގަންނަ ތަކެތި ހަރުކުރުމާއި މަރާމާތުކުރުމާއި އިންސްޓޯލް ކުރުމުގެ ހިދުމަތް ވެސް އެފިހާރައިން ލިބޭނެ އެވެ. އެތަނުން ގަންނަ ބޮކި، ފެން އިސްކުރު، ތަޅު، ފަންކާ، ސްވިޗް އަދި ޝަވާ ފަދަ ތަކެތި ވެސް ހިލޭ ބަދަލުކޮށްދޭނެ އެވެ. އެ ހިދުމަތް ލިބޭނީ، އެ ފިހާރަ ހުންނަ ނެއިބަހުޑް ނުވަތަ ސަރަހައްދުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ކަމަށް އެ ފިހާރައިން ބުންޏެވެ.
ސޮނީ ހޯމް މެއިންޓެނަންސް ފިހާރައިން ވިއްކާ ބައެއް ތަކެތި: އެފިހާރައިން ގޭތެރެއަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބޭ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ސޮނީ ހޯމް މެއިންޓަނަންސް ފިހާރަ ކޮންމެ ދުވަހެއްގެ 8:00 އިން ރޭގަނޑު 10:00 އަށް ހުޅުވާފައި ހުންނާނެ އެވެ. މިއީ ސޮނީ ހާޑްވެއާގެ އަށް ވަނަ ފިހާރަ އެވެ.
"މިނިސޯ"ގެ ފިހާރައެއް ހުޅުމާލޭގައި ވެސް ހުޅުވަނީ
އެފްއެޗްއޭއެމްގެ ކޯ ސްޕޮންސަރަކަށް ސިމްޑީ ގްރޫޕް
އެފްޓީއޭ ފެށިޔަސް ދިވެހި ވިޔަފާރިތަކަށް ހިމާޔަތް ލިބޭނެ
ހުދުމާ ފިހާރައިގެ ވެރިޔާ ނިޔާވެއްޖެ
ސޮނީ އިން "އިންގްކޯ" ބްރޭންޑުގެ ޓޫލްތައް މާކެޓަށް
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ބޮޑެއް އަތުލައިގެންފި
ޕްލާޒާއިން އަހުމަދު އަލް މަގްރިބީ ބްރޭންޑް ރާއްޖެއަށް
ސޮނީ ހާޑްވެއާގެ ފިހާރައެއް ހުޅުމާލެ ފޭސް 2އަށް
ސޮނީ ހާޑްވެއާއިން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު
ސޮނީ ހާޑްވެއާގެ "ރެޑް ސޭލް" މާދަމާ