ބޮލީވުޑްގެ ތަރި، ރާނީ މުކަރްޖީ ފުލުހެއްގެ ރޯލު ކުޅެމުން އަންނަ ފިލްމު ސީރީޒް "މަރުދާނީ"ގެ ތިންވަނަ ބައެއް ވެސް ގެނެސްދޭން ނިންމައިފި އެވެ.
ބޮލީވުޑްގެ ތަރި، ރާނީ މުކަރްޖީ ފުލުހެއްގެ ރޯލު ކުޅެމުން އަންނަ ފިލްމު ސީރީޒް "މަރުދާނީ"ގެ ތިންވަނަ ބައެއް ވެސް ގެނެސްދޭން ނިންމައިފި އެވެ.
މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ރާނީ ބުނި ގޮތުގައި، އެ ފިލްމުގެ ސްކްރިޕްޓް ނިމި، މިހާރު ކުރަމުން އަންނަ މަސައްކަތަކީ ކާސްޓް ފައިނަލްކުރުމެވެ. އަދި ތިންވަނަ ފިލްމުގެ ސްކްރިޕްޓް ވެސް ލިޔުނީ މިދިޔަ ދެ ފިލްމު ވެސް ލިޔުނު ގޯޕީ ޕުތުރާން އެވެ.
"މަރުދާނީ"ގެ ފުރަތަމަ ދެ ފިލްމަކީ ވެސް ރާނީގެ ފިރިމީހާ، މަޝްހޫރު ޕްރޮޑިއުސަރު އަދި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް)ގެ ވެރިޔާ އަދިތިޔާ ޗޯޕްރާ ޕްރޮޑިއުސްކުރި ފިލްމުތަކެކެވެ.
ރިޕޯޓްތައް ބުނީ ތިންވަނަ ފިލްމު ވެސް ޕްރޮޑިއުސްކުރާނީ ހަމަ ޔަޝް ޗޯޕްރާ ކަމަށާއި ފިލްމުގެ ސްކްރިޕްޓަށް މިހާރު އޭނާ ރުހުން ވެސް ދީފައިވާ ކަމަށެވެ.
"މަރުދާނީ" ގެ ފުރަތަމަ ފިލްމު ގެނެސްދިނީ 2014 ވަނަ އަހަރުގަ އެވެ. އަދި ދެވަނަ ފިލްމު ގެނެސްދިނީ 2019 ވަނަ އަހަރުގަ އެވެ. އެ ދެ ފިލްމަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނެވެ.
ރާނީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އެޕްރީލް މަހުގައި ނުކުތް "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" އެވެ. އެ ފިލްމަށް ވެސް ގިނަ ބައެއްގެ ލޯބި ލިބުނެވެ.
"ކިންގް" އަށް ރާނީ ލިބިއްޖެ
އައިފާގައި އެންމެ މޮޅު ފިލްމަކަށް "އެނިމަލް"
ބޮލީވުޑުން ބޮޑު ތިން ޓްރެއިލާއެއް
ރާނީގެ "ބަންޓީ އޯރް ބަބްލީ 2" ގެ ޓީޒާއެއް
ރަންވީރުގެ އާ ފިލްމު ރިލީޒްކުރުން ހުއްޓުވަން ކޯޓަށް
ދަރޭ ނެތަސް "އަޕްނޭ 2" ގެނެސްދޭނެ: ޕްރޮޑިއުސަރު
"ހައްގު"އަށް ތައުރީފު، ބޮކްސް އޮފީހުގައި ކާމިޔާބު
ރަންދީޕާއި ޝްރައްދާ އެކުގައި ފިލްމެއް ކުޅެނީ
އަނުޝްކާގެ ކްރިކެޓް ފިލްމު ރިލީޒްކުރަނީ؟
ޝާހުގެ "ކިންގް"ގެ ފުރަތަމަ ޓީޒާ ނެރެފި