Roadha Mihaaru
ގަނާޗޯގެ މޮޅު ގޯލުން ރޮނާލްޑޯއާ އެއްފަދަ ކުރަނީ

ގަނާޗޯގެ ބައިސްކަލް ކިކް ގޯލުން ރޮނާލްޑޯ އާއި ރުނީއާ އެއްފަދަ ކުރަނީ

27 ނޮވެމްބަރ 2023

އެވަޓަން (ނޮވެމްބަރު 27) - މެންޗެސްޓާ ޔުނައިޓެޑްގެ އަލްހެންޑްރޯ ގަނާޗޯ، ރޭ އެވަންޓަން ކޮޅަށް ވައްދާލި ބައިސްކަލް ކިކް ގޯލުން، ޔުނައިޓެޑްގެ ދެ ލެޖެންޑުން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ވޭން ރޫނީއާ އެއްފަދަ ކުރަން ފަށައިފި އެވެ.

އެވަޓަން (ނޮވެމްބަރު 27) - މެންޗެސްޓާ ޔުނައިޓެޑްގެ އަލްހެންޑްރޯ ގަނާޗޯ، ރޭ އެވަންޓަން ކޮޅަށް ވައްދާލި ބައިސްކަލް ކިކް ގޯލުން، ޔުނައިޓެޑްގެ ދެ ލެޖެންޑުން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ވޭން ރޫނީއާ އެއްފަދަ ކުރަން ފަށައިފި އެވެ.

މެޗު ފެށިގެން ތިންވަނަ މިނެޓްގައި އުމުރުން 19 އަހަރުގެ ގަނާޗޯ ވަނީ ޑިއޭގޯ ޑަލޮޓް ނަގައި ދިން ހުރަހުން ބައިސްކަލް ކިކަކުން ބޯޅަ ގޯލްގެ އެތެރެއިން މަތީ ދާގަނޑަށް ފޮނުވައިލައިފަ އެވެ.

މީގެ ކުރިން ރޫނީ އާއި ރޯނާލްޑޯ ވެސް ވަނީ އެފަދަ ގޯލްތަކެއް ޖަހައިފަ އެވެ. ރޫނީ ވަނީ 2011 ގައި މެންޗެސްޓާ ސިޓީ ކޮޅަށް ހަމަ އެކަހަލަ ގޯލެއް ޖަހައިފަ އެވެ. އަދި ރެއާލް މެޑްރިޑްގައި 2018 ގައި ރޮނާލްޑޯ ވެސް ވަނީ ޔުވެންޓަސް ކޮޅަށް ވެސް ހަމަ އެކަހަލަ ގޯލެއް ވައްދައިލައިފަ އެވެ.

މޮޅު ގޯލާ އެކު، އިނގިރޭސި މީޑީއާ އިން ވެސް ގަނޯޗޯއާ، ރޮނާލްޑޯ ރޫނީއާ އަޅުކިޔަމުން ދިޔަ އެވެ. ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް ވެސް ބުނީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔަކަށް ވުމުގެ ގާބިލުކަން އާޖެންޓީނާ އަށް ނިސްބަތްވާ ގަނާޗޯގެ ކިބައިގައި ހުރި ކަމަށް ބުނެފަ އެވެ.

އެކަމަކުފުޓްބޯޅައިގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ދެ ކުޅުންތެރިންނާ، ގަނާޗޯ އަޅާކިޔާކަށް ޓެންހަގް ބޭނުމެއް ނުވެ އެވެ.

"އަޅާނުކިޔާ އަހަރެން ގަބޫލެއް ނުކުރަން އެއީ ރަނގަޅު ކަމެއް ކަމަކަށް،" " މެޗަށް ފަހު ޓެން ހަގް ބުންޏެވެ.

އެ އެންމެންގެ [ރޮނާލްޑޯ އާއި ރޫނީ ވެސް] އަމިއްލަ އައިޑެންޓިޓީއެއް އޮންނާނެ. އެކަމަކު ގާނާޗޯ އެ ކުޅުންތެރިންނާ އެއްގޮތަށް ކުރިއަށް ދާން އޭނާ އަދި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ. މެދުކެނޑުމެއް ނެތި އަބަދުވެސް އެ މަސައްކަތުގައި ދެމިހުންނަން ޖެހޭ އަދި މިހާތަނަށް އޭނާ އެކަމެއް ނުކުރޭ.

"އެކަމަކު ޔަގީނުން ވެސް އޭނާގެ ކިބައިގައި އާދަޔާ ހިލާފް ކަންތައްތަކެއް ހާސިލު ކުރުމުގެ ގާބިލުކަން އެބަހުރި. މިއީ އަހަންނަށް މިމަންޒަރު [މިފަދަ ގޯލެއް] ފެނުނު ފުރަތަމަ ފަހަރެއް ނޫން. އަހަންނަށް މިހާރު ވެސް ވަރަށް ގިނަ އިން (ވީޑިއޯ) އިން (އެ ދެ ގޯލްގެ) މަންޒަރު ފެނޭ. ނަމަވެސް ރޫނީ ނުވަތަ ރޮނާލްޑޯ ފަދަ ކުޅުންތެރިއަކަށް ވާން ބޭނުންނަމަ ކޮންމެ ސީޒަނެއްގައި ވެސް ޕްރިމިއާ ލީގުގައި 20، 25 ގޯލް ޖަހަން ޖެހޭ އެއީ ފަސޭހައިން ހާސިލު ކުރެވޭ ކަމެއް ނޫން. ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ،. އުނދަގޫ އުފުލަން ޖެހޭނެ. އެހެންވީމާ، ވަރަށް ގިނަ ކަންތައްތަކެއް އަންނާނެ. އެކަމަކު އެ ގާބިލުކަން އޭނާ [ގަނޯޗޯ] ގެ ކިބައިގައި އެބަހުރި."

އެވަޓަންގެ ކޯޗު ޝޯން ޑައިޗޭ ބުނީ ގާނާޗޯގެ ހަމަލާއަކީ މުޅި އުމުރުގައި ވެސް ނުފެންނަވަރުގެ މޮޅު ގޯލެއް ކަމަށެވެ. ޓެން ހަގް ބުނީ މިއީ މިހާރުވެސް ސީޒަންގެ އެންމެ މޮޅު ކަމަށެވެ.

އެވަޓަންގެ ގޫޑިސަން ޕާކްގައި ކުޅުނު މެޗު، ޔުނައިޓެޑުން ކާމިޔާބު ކުރީ 3-0 ންނެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ޖެހީ މާކޯސް ރަޝްފޯޑް އެވެ. އޭނާ ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ. އަނެއް ލަނޑު ޖެހީ އެންތޮނީ މާޝިއަލް އެވެ.