Roadha Mihaaru

ބީއެމްއެލްގެ އެހީގައި ގައުމީ ކުތުބުހާނާ އަޕްގްރޭޑް ކޮށްފި

ބީއެމްއެލްގެ އެހީގައި ގައުމީ ކުތުބުހާނާ އަޕްގްރޭޑް ކޮށްފި އެވެ.

ބީއެމްއެލްގެ އެހީގައި ކުތުބުހާނާ އަޕްގްރޭޑް ކޮށްފި
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

29 ނޮވެމްބަރ 2023

ބީއެމްއެލްގެ އެހީގައި ގައުމީ ކުތުބުހާނާ އަޕްގްރޭޑް ކޮށްފި އެވެ.

ގައުމީ ކުތުބުހާނާ އަޕްގްރޭޑުކުރުމަށް ބީއެމްއެލްގެ އެހީގައި ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އޭގެ ތެރޭގައި އެ ތަނުގައި ފޮތް ކިއުމަށް އާއްމުކޮށް ބޭނުންކުރާ ތަނާއި ތަރިކައާ ގުޅުން ހުރި ލިޔުންތަކާއި ފޮތްތައް ހުންނަ ކޮޓަރި ތަރައްގީކުރުމާއި މަޝްވަރާތައް ކުރުމަށް ހުންނަ ބަޔާއި ސައިލެންޓް ރީޑިން ރޫމެއް ހެދުން ހިމެނެ އެވެ.

މި ޕްރޮކެޖްޓުގެ ދަށުން އެ ތަނުގައި ޒަމާނީ ވަސީލަތްތަކާ އެކު އޯޑިއޯ ރިކޯޑު ކުރެވޭނެ ބޫތެއް ވެސް ވަނީ ހަދައިފަ އެވެ. އަދި މި ތަނުގެ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން ޒަމާނީ ސެކިއުރިޓީ ގޭޓެއް ވަނީ ބަހައްޓައިފަ އެވެ.

އަޕްގްރޭޑިންގެ މަސައްކަތްތަކުގެ ތެރެއިން މި ތަނުގައި އިނގިރޭސިފޮތް ބަހައްޓާފައި ހުންނަ ސެކްޝަނާއި ދިރާސާތައް ކުރުމަށް ހާއްސަކޮށްފައިވާ ކޮޓަރި ވަނީ ތަރައްގީކޮށްފަ އެވެ. އަދި އެ ތަނުގައި ހުރި ކޮމްޕިއުޓަރުތައް ވެސް ވަނީ އަޕްގްރޭޑު ކޮށްފަ އެވެ.

ބީއެމްއެލްގެ އެހީގައި ކުތުބުހާނާއަށް ގެނައި ބަދަލުތައް ބެލުމަށް އެ ބެންކުގެ ސީއީއޯ ކާލް ސްޓުމްކަ ވަނީ ކުތުބުހާނާ އަށް މިއަދު ޒިޔާރަތްކުރައްވައިފަ އެވެ.

ބީއެމްއެލްގެ އެހީގައި ގައުމީ ދާރުލްއާސާރުގައި ވެސް އަޕްގްރޭޑިންގެ ބޮޑެތި މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.