ކުރިއަށް އޮތްތަނުގައި އެއާޕޯޓްގެ ޑޮމެސްޓިކް ޓާމިނަލުން ޓެކްސީ ނެގޭނެ ގޮތް ވެސް ހަމަޖައްސާނެ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެ އެވެ.
10 ޑިސެމްބަރ 2023
ކުރިއަށް އޮތްތަނުގައި އެއާޕޯޓްގެ ޑޮމެސްޓިކް ޓާމިނަލުން ޓެކްސީ ނެގޭނެ ގޮތް ވެސް ހަމަޖައްސާނެ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާ ޓެކްސީތަކަށް ޑޮމެސްޓިކް ޓާމިނަލާ ހަމައަށް މިއަދުން ފެށިގެން މަޑުކުރެވޭނެ އެވެ. އެކަން އިފުތިތާހު ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޝަރީފު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެއާޕޯޓުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ވީ އެންމެ ފަސޭހައިން ހިދުމަތް ލިބޭނެ ގޮތްތައް ފަހި ކުރުން ކަމަށެވެ. ޑޮމެސްޓިކް އެއާޕޯޓާ ހަމައަކަށް ޓެކްސީ މަޑުކުރެވޭ ގޮތަށް ބަދަލު ގެނެސްފައި ވަނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ، ޑޮމެސްޓިކް އެއާޕޯޓާ ހަމައަށް ޓެކްސީ ޑްރޮޕް އޮފް ކުރުމުގެ އިތުރުން އެ ސަރަހައްދުން ޓެކްސީ ނެގޭނެ ގޮތް ހަމަޖައްސާނީ، ޑޮމެސްޓިކް ޓާމިނަލް މަގު އިތުރަށް ހަދައިގެން ކަމަށެވެ.
"އެރައިވަލް މީހުންނަށް މިތަނުން ޓެކްސީ ނެގޭނެ ގޮތް ހަދައިދޭނަން. އެއީ މިހާރު ހަދަމުން އަންނަ މަގުތައް ޕޭވްކޮށް ހުރިހާ ކަމެއް ނިމުނީމަ. އަޅުގަނޑު ޔަގީންކޮށް އަރުވަނީ ދުވަހެއް ދުވަހަކަށް އެމްއޭސީއެލް އިން ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަވާނެ ގޮތްތައް ހޯދުމުގައި އެމްއޭސީއެލް އާއި އެމްއޭސީއެލްގެ މެނޭޖްމެންޓާއި މުވައްޒަފުން އަބަދުވެސް ދެމިތިބޭނެކަން،" އޭނާ ވިދާޅުވި އެވެ.
ޑޮމެސްޓިކް ޓާމިނަލާ ހަމައަށް އެއް ފަހަރާ ތިން ޓެކްސީ އަށް މަޑުކުރެވޭނެ ޖާގަ ވަނީ ކަނޑައަޅައިފަ އެވެ. އަދި އެ ޓާމިނަލަށް ދާ ޓެކްސީތަކުން، ޔޫ ޓާން ނަގަން ޖެހޭނީ ކާގޯ އޭރިއާއާ ހިސާބުން އެކަމަށް ހާއްސަކޮށްފައިވާ ސަރަހައްދުންނެވެ. ޓެކްސީތަކުގެ ޓްރެފިކް ފްލޯ ބެލެހެއްޓުމަށް އެ ސަރަހައްދުގައި އެމްއޭސީއެލްގެ މުވައްޒަފުން ހަރަކާތްތެރިވާނެ އެވެ.
ޑޮމެސްޓިކް ޓާމިނަލަށް ޓެކްސީތަކަށް ދެވޭ ގޮތް ހެދި ނަމަވެސް، ކުރިން ވެސް ޓެކްސީ މަޑު ކުރުމަށް ހާއްސަ އިންޓަނޭޝަނަލް ޓާމިނަލްގެ ޑިޕާޗާ އޭރިއާއަށް ވެސް ޓެކްސީތަކަށް މަޑުކުރެވޭނެ އެވެ. އަދި ޓެކްސީ ނަގަން ބޭނުންވާ ފަރާތްތަކުން ދާން ޖެހޭނީ ޓެކްސީ ކިއު އޭރިއާއަށެވެ.
ޝަރީފު ވިދާޅުވީ، ހިދުމަތް އިތުރަށް ލުއި ފަސޭހަކޮށްދިނުމަށް އާ ކަންކަން ތައާރަފްކުރަނެ ކަމަށެވެ. އެގޮތުން މިމަހުގައި އަންނަ އެންމެ ޕީކް ދުވަސް ވަރަށް ތައްޔާރުވުމުގެ ގޮތުން އެކަމުގެ މަސައްކަތްތައް ވެސް އެމްއޭސީއެލް އިން ރާވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑްރޯންތައް ވެއްޓުނު މައްސަލަ ތަހުގީގުކުރަން އެދިއްޖެ
ޓާމިނަލްގެ 70 ޕަސެންޓް ނިންމީ މި ސަރުކާރުން: ޝަރީފު
އާ ޓާމިނަލާ އެކު އާމްދަނީ 7-8 ޕަސެންޓަށް އިތުރުވާނެ
އާ ޓާމިނަލް ފުލް އޮޕަރޭޝަނަށް ގެންނާނީ ސެޕްޓެމްބަރުމަހު
ގޮންޖެހުންތަކަށްފަހު ޓާމިނަލުން ހިތްގައިމު އުދުހިގަތުމެއް
ވީއައިއޭގެ އާ މާސްޓަޕްލޭން ސެޕްޓެމްބަރަށް ނިމޭނެ
އާ ޓާމިނަލް އޮޕަރޭޓް ކުރުމުގެ ހުރިހާ ކަމެއްގައި ދިވެހިން
ޓާމިނަލް ހުޅުވާ ހަފުލާއަށް ހުރިހާ ރައީސުންނަށް ދަައުުވަތު
އާ ޓާމިނަލުގެ ޗެކް-އިން ސިސްޓަމް ޓެސްޓުކޮށްފި
ޖެޓެކްސް އަށް ވީއައިޕީ ޓާމިނަލް ދޭކަށް ނޫޅޭ: ޝަރީފު