މިއުނިކް (ޑިސެމްބަރު 12) - ޖަރުމަންގެ ޗެމްޕިއަން ބެޔާން މިއުނިކް ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި ކުޅޭ މެޗުތަކަށް އެޓީމުގެ ސަޕޯޓަރުން ނުވައްދާ ކުޅެން ޖެހިދާނެ ކަމުގެ އިންޒާރު ޔޫއެފާއިން ދީފި އެވެ.
މިއުނިކް (ޑިސެމްބަރު 12) - ޖަރުމަންގެ ޗެމްޕިއަން ބެޔާން މިއުނިކް ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި ކުޅޭ މެޗުތަކަށް އެޓީމުގެ ސަޕޯޓަރުން ނުވައްދާ ކުޅެން ޖެހިދާނެ ކަމުގެ އިންޒާރު ޔޫއެފާއިން ދީފި އެވެ.
ޗެމްޕިއަންސް ލީގު ހަ ފަހަރު ނަގާފައިވާ ބެޔާނަށް ޔޫއެފާއިން އިންޒާރު ދިނީ ބެޔާންގެ ސަޕޯޓަރުން އަވޭ މެޗުތަކުގައި ގަވާއިދާ ހިލާފަށް ފަޔާވޯކްސް އަރުވައި، ދަނޑަށް އެއްޗެހި އުކާތީ އެވެ. ހާއްސަކޮށް މިދިޔަ އޮކްޓޯބަރު މަހު ޑެންމާކުގައި އެގައުމުގެ ކޯޕަންހޭގަންއާ ދެކޮޅަށް ކުޅުނު މެޗުގައި ބެޔާންގެ ސަޕޯޓަރުންގެ އަމަލުތައް ޔޫއެފާ އިން އިއްޔެ ނެރުނު ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.
މި ސީޒަންގައި މިހާތަނަށް ހިނގާފައިވާ ކަންކަމަށް ބަލައި ޔޫއެފާއިން ވަނީ 43،000 ޑޮލަރުން ބެޔާން މިޔުނިކް ޖޫރިމަނާ ކޮށްފަ އެވެ.
ކުރިއަށް އޮތް އަވޭ މެޗުގައި ބެޔާންގެ ސަޕޯޓަރުންނަށް ޓިކެޓް ނުގަނެވޭ ގޮތަށް ޔޫއެފާއިން ނިންމި ނަމަވެސް، ޔޫއެފާއިން ވަނީ އެ ނިންމުން ދެ އަހަރު ދުވަހަށް ސަސްޕެންޑް ކޮށްފަ އެވެ. މާނައަކީ ކުރިއަށް އޮތް އެއްވެސް މެޗެއްގައި ބެޔާންގެ ސަޕޯޓަރުންގެ ފަރާތުން ގަވާއިދާ ހިލާފް އަމަލެއް ފެނިއްޖެ ނަމަ ވަގުތުން އެ ސަސްޕެންޝަން އުވާލައި، ޓިކެޓް ނުވިއްކަން ނިންމި ނިންމުން ތަންފީޒު ކުރާނެ އެވެ.
ޔޫއެފާއިން ދިން މި އިންޒާރާ އެކު ބެޔާން މިއުނިކުން ވަނީ އެޓީމުގެ ސަޕޯޓަރުންނަށް، އަވޭ މެޗުތަކުގައި ސަޕޯޓް ކުރާއިރު މުބާރާތުގެ ގަވާއިދުތަކަށް ބޯލަނބަން އެދިފަ އެވެ.
ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި އެއް މެޗު ބާކީ އޮއްވައި ބެޔާނުން ވަނީ ގުރޫޕްގެ އެއްވަނަ ޔަގީންކޮށް ދެވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ. ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ އެޓީމުން ރަށުން ބޭރުގައި ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.
ޔުނައިޓެޑުން ވަނީ ޖަރުމަންގައި 4-3 އިން ބެޔާން އަތުން ބަލިވެފަ އެވެ. ކުޅުނު ފަސް މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ޔުނައިޓެޑް އަދި އޮތީ ގުރޫޕްގެ ފުލުގަ އެވެ. ގުރޫޕްގައި ކުރިއަށް ޖެހިލައި، މުބާރާތުގެ އަނެއް ބުރަށް ނުވަތަ ޔޫރޮޕާ ލީގު ނޮކައުޓް ބުރުގެ ޕްލޭއޮފުން ނަމަވެސް ޖާގައެއް ހޯދަން މިރޭގެ މެޗުން މޮޅުވުން ޔުނައިޓެޑަށް ވަރަށް މުހިއްމެވެ.
ތިން މެޗަށް ސަސްޕެންޑްވި ޑިއާޒްގެ އަދަބު ލުއިކޮށްދީފި
ޑޭވިޑް ލުއިޒް، ކުޑަކުޑަ ޓީމަކާއެކު މޮނާކޯ ހުއްޓުވައިފި
ގަދަފަދަ ބެޔާން ބަލިކޮށް އާސެނަލް ފެންވަރު ދައްކާލައިފި
ޔޫރަޕްގެ ބޮޑު ރެކޯޑްގައި ބެޔާން ކުރިއަށް!
ޗެމްޕިއަންސް ލީގުގައި ރޭ ގިނަ ގޯލުތަކެއް
ނެޓްފްލިކްސް އަށް ޗެމްޕިއަންސް ލީގު އަންނަނީ؟
ބަޔާނުން ދުނިޔޭގެ ޗެމްޕިއަން ޗެލްސީ ބަލިކޮށްފި
އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު ފައިނަލް މެޑްރިޑްގައި
ޗެމްޕިއަންސް ލީގުގައި ޕޮގްބާ، ޔުވެންޓަސްއާ ދެކޮޅަށް
ޔޫރަޕިއަން ސެޓް ފުރިހަމަކުރުމުން ޗެލްސީއަށް އެވޯޑް ދީފި