Roadha Mihaaru
ގޯލްޑެން ގްލޯބްސް ނޮމިނޭޝަންތަކުގެ ކުރީގައި ބާބީ

ގޯލްޑެން ގްލޯބްސް ނޮމިނޭޝަންތަކުގެ ކުރީގައި "ބާބީ" އާއި "އޮޕެންހައިމާ"

12 ޑިސެމްބަރ 2023

އަންނަ އަހަރުގެ ގޯލްޑެން ގްލޯބްސް އެވޯޑްސްގެ އެންމެ ގިނަ ނޮމިނޭޝަންތައް ލިބުނު ފިލްމުތަކަކަށް "ބާބީ" އާއި "އޮޕެންހައިމާ" ވެއްޖެ އެވެ.

އަންނަ އަހަރުގެ ގޯލްޑެން ގްލޯބްސް އެވޯޑްސްގެ އެންމެ ގިނަ ނޮމިނޭޝަންތައް ލިބުނު ފިލްމުތަކަކަށް "ބާބީ" އާއި "އޮޕެންހައިމާ" ވެއްޖެ އެވެ.

ގްރެޓަ ގޭވިގްގެ ޑައިރެކްޝަނެއް ކަމަށްވާ "ބާބީ" އަށް ވަނީ 10 ނޮމިނޭޝަނެއް ލިބިފަ އެވެ. އެ ފިލްމާ އެންމެ ގާތުން ވާދަކުރަނީ ކްރިސްޓޮފާ ނޯލަން ޑައިރެކްޓުކުރި ފިލްމު "އޮޕެންހައިމާ" އެވެ. އެ ފިލްމަށް އަށް ނޮމިނޭޝަނެއް ވަނީ ލިބިފަ އެވެ.

"ބާބީ" އާއި "އޮޕެންހައިމާ" އަކީ އެއް ދުވަހެއްގައި ރިލީޒްކޮށް، ބޮކްސް އޮފީހުގައި ވެސް ވަރަށް ވާދަވެރިކޮށް ދިޔަ ދެ ފިލްމެވެ. މި ދެ ފިލްމަށް ވެސް ގިނަ ބައެއްގެ ލޯބި ލިބުނެވެ.

ޑްރާމާގެ ކެޓަގަރީން މިފަހަރު އެންމެ މޮޅު ފިލްމަށް ވާދަކުރަނީ "އޮޕެންހައިމާ"، "ކިލާސް އޮފް ދަ ފްލާވާ މޫން"، "ޕާސްޓް ލައިވްސް"، "މެއިސްޓްރޯ"، "އެނަޓޮމީ އޮފް އަ ފޯލް" އަދި "ދަ ޒޯން އޮފް އިންޓްރެސްޓް" އެވެ.

ކޮމެޑީ އެންޑް މިއުޒިކަލްގެ ކެޓަގަރީން އެންމެ މޮޅު ފިލްމަށް ވާދަކުރަނީ "ބާބީ"، "ޕުއާ ތިންގްސް"، "ދަ ހޯލްޑްއޯވާސް"، "އެމެރިކަން ފިކްޝަން"، "މޭ ޑިސެމްބާ" އަދި "އެއާ" އެވެ.

އެންމެ މޮޅު އެނިމޭޓެޑް ފިލްމުގެ ކެޓަގަރީން ވާދަކުރަނީ "ދަ ބޯއީ އެންޑް ދަ ހީރޯން"، "އެލެމެންޓަލް"، "ސްޕައިޑަމޭން: އެކްރޮސް ދަ ސްޕައިޑަ ވާސް"، "ދަ ސުޕަ މާރިއޯ ބްރޯސް މޫވީ"، "ސުޒުމީ" އަދި "ވިޝް" އެވެ.

މިފަހަރު އެންމެ މޮޅު ޑައިރެކްޓަރުންގެ ގޮތުގައި ނޮމިނޭޓްވެފައި ވަނީ "އޮޕެންހައިމާ"ގެ ކްރިސްޓޮފާ ނޯލަން، "ބާބީ"ގެ ގްރެޓަ ގޭވިގް، "ކިލާސް އޮފް ދަ ފްލަވާ މޫން"ގެ މާޓިން ސްކޯސެސީ، "ޕުއާ ތިންގްސް"ގެ ޔޯގޯސް ލަންތިމޯސް، "މެއިސްޓްރޯ"ގެ ބްރެޑްލީ ކޫޕާ އަދި "ޕާސްޓް ލައިވްސް"ގެ ސެލީން ސޯންގެވެ.

މިއީ ގޯލްޑެން ގްލޯބްސް އެވޯޑްސް ދޭ 81 ވަނަ އަހަރެވެ.

އަންނަ އަހަރުގެ ގޯލްޑެން ގްލޯބްސް އެވޯޑްސްގެ ހަފުލާ ބާއްވަން ނިންމާފައި ވަނީ އަންނަ މަހު ހަތެއްގަ އެވެ.