Roadha Mihaaru
ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ހިލްމީ

ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް ހިލްމީ އައްޔަން ކުރައްވައިފި

13 ޑިސެމްބަރ 2023

ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ހިލްމީ މިއަދު އައްޔަން ކުރައްވައިފި އެވެ.

ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ހިލްމީ މިއަދު އައްޔަން ކުރައްވައިފި އެވެ.

ވައިސް ޗީފްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ. ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އަބްދުއްރަހީމް އައްޔަން ކުރެއްވުމުން ވައިސް ޗީފްގެ މަގާމު އޮތީ ހުސްކޮށެވެ.

ވައިސް ޗީފްގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް ހިލްމީ މިއަދު އައްޔަންކޮށްފައި ވާއިރު، ކުރިން އޭނާ ހުންނެވީ ކޯސްޓްގާޑްގެ ކޮމާންޑަރުގެ މަގާމުގަ އެވެ.

ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް ޗީފްގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވާނީ ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން ރައީސެވެ.

ވައިސް ޗީފްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވިއިރު، އެމްއެންޑީއެފަށް 30 އަށް ވުރެ ގިނަ އަހަރު ހިދުމަތް ކުރެއްވި ދެ މޭޖާ ޖެނެރަލަކު އެ ހިދުމަތުން އިއްޔެ ވަނީ ރިޓަޔާ ކުރައްވައިފަ އެވެ. އެއީ މޭޖާ ޖެނެރަލް ވައިސް ވަހީދާއި މޭޖާ ޖެނަރަލް ހާމިދު ޝަފީގެވެ.