Roadha Mihaaru
ބުޅަލުގެ މައްސަލަ ހައްލުކުރަން އާޒިމްގެ ބޮޑު ޕްލޭނެއް

އާޒިމްގެ މޭޔަރު ކަމުގައި ބުޅަލުގެ މައްސަލަ ހައްލުކުރަން ބޮޑު ޕްލޭނެއް

16 ޑިސެމްބަރ 2023

މާލޭގެ މަގުތަކުގައި އުޅޭ ބުޅަތަކަށް އެކަށީގެންވާ މާހައުލެއް ހޯދައިދީ، ބުޅާ ގިނަވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާދަމް އާޒިމް ދެއްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގެ މަގުތަކުގައި އުޅޭ ބުޅަތަކަށް އެކަށީގެންވާ މާހައުލެއް ހޯދައިދީ، ބުޅާ ގިނަވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާދަމް އާޒިމް ދެއްވައިފި އެވެ.

އެމްޓީސީސީގެ ކުރީގެ ސީއީއޯ އާޒިމް ވަނީ ބުޅާތަކުގެ ހައްގުގައި މަސައްކަތް ކުރާ "ވެލްފެއާ ފޯ އައިލެންޑް ކެޓްސް" (ޑަބްލިޔުއައިސީ) ކޮމިއުނިޓީއާ ބައްދަލުކޮށް، މަޝްވަރާ ކުރައްވައިފަ އެވެ.

އެމްޓީސީސީގެ ކުރީގެ ސީއީއޯ، އާޒިމް ވަނީ ބުޅާތަކުގެ ހައްގުގައި މަސައްކަތް ކުރާ "ވެލްފެއާ ފޯ އައިލެންޑް ކެޓްސް" (ޑަބްލިޔުއައިސީ) ކޮމިއުނިޓީއާ ބައްދަލުކޮށް މަޝްވަރާ ކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާޒިމް ވަނީ އިންސާނުންނެކޭ އެއްގޮތަށް ޖަނަވާރުންގެ ވެސް ހައްގުތަކެއް ވާކަމަށް ވިދާޅުވެފަ އެވެ. ބުޅަލުގެ މައްސަލަ އާޒިމް ހައްލުކުރަން ބޭނުންވަނީ، އިންސާނިއްޔަތުކަމާއި ކުލުނާއި އޯގާތެރިކަމާއެކު ފާހަގަކުރެއްވިއެވެ.

ބުޅަޅުގެ މައްސަލަ ހައްލުކުރަން އާޒިމްގެ ވިސްނުމަކީ ވެޓް ކްލިނިކެއްގެ އިތުރުން ޒަރޫރީ ހިދުމަތްތަކާ އެކު އެކަށީގެންވާ ސަރަހައްދެއްގައި ކެޓް ޕާކެއް ތަރައްގީކުރުމެވެ. ޑަބްލިޔުއައިސީ އާއެކު ބޭއްވި ބައްދަލުވުމުގައި އެ ޖަމިއްޔާއިން ކުރިއަށްގެންދަން ރާވަފައިވާ "ޓީއެންއާރް-ޓްރެޕް، ނިއުޓާ، ރިލީޒް" ޕްރޮގްރާމްގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

މާލެ މޭޔުރަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް "ވެލްފެއާ ފޯ އައިލެންޑް ކެޓްސް"ގެ މެމްބަރުންނާ ބައްދަލުކުރެއްވުން.-- ފޮޓޯ: އެމްޑީޕީ

މާލެ މޭޔުރަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް "ވެލްފެއާ ފޯ އައިލެންޑް ކެޓްސް"ގެ މެމްބަރުންނާ ބައްދަލުކުރެއްވުން.-- ފޮޓޯ: އެމްޑީޕީ

"މާލެ ސަރަހައްދުގެ މަގުތަކުގައި 3000 އަށްވުރެ ގިނަ ބުޅާ އުޅޭނެ. ޑަބްލިޔުއައިސީ އިން އެސްޓިމޭޓްކުރަނީ މާލެ ސަރަހައްދުގައި އުޅޭ ސްޓްރޭ ކެޓްތަކުގެ އަދަދު 3000 އިން 9000 އަށް އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ އިތުރުވެދާނެކަމަށް." އެ ބައްދަލުވުމުގައި ޑަބްލިޔުއައިސީން ބުންޏެވެ.

މާލެ މަގުމަތީގައި އުޅޭ ބުޅާތައް އިތުރުވާ މައްސަލަ ހައްލުކުރަން ވަގުތީ އަދި ދާއިމީ ހައްލުތައް ހޯދަން މަސައްކަތް ކުރެވިދާނެ ކަމަށާއި އެކަމަށް ބޭނުންވަނީ މިނިސްޓްރީއާއި އެންޖީއޯތައް އަދި ސިޓީ ކައުންސިލުން އެކުގައި މަސައްކަތް ކުރުން ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ބުޅަލުގެ މައްސަލަ ހައްލުކުރުމަށް، "ޕްރެކްޓިކަލީ ފެސިލިޓީ އިމްޕްލިމެންޓް" ކުރަން ގިނަ ވަގުތު ނަގާފާނެ ކަމަށެވެ. ނަމަވެސް މިހާރުން މިހާރަށް މައްސަލައަށް ފިޔަވަޅު އެޅުމަށް އިންތިހާބުވާތާ ފުރަތަމަ 3-6 މަސް ދުވަސް ތެރޭ، ބުޅަލުގެ މައްސަލަ ޕްރައޮރަޓައިޒްކޮށް، ވަގުތީގޮތުން ވަކި ސަރަހައްދެއް ހާއްސަ ކުރުމަށް ފަހު، ބުޅާތައް ނިއުޓާ ކުރަން ފެށިދާނެކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމްގެ ވިސްނުމަކީ ސަރުކާރާއި ގުޅުންހުރި އަމިއްލަ ފަރާތްތަކާއި ގުޅިގެން އެކަންތައް ހާސިލްކުރަން މަސައްކަތްކުރުމެވެ. އަދި ރައްޔިތުންގެ ފައިސާ އިސްރާފުނުކޮށް އެންމެ އަވަހަށް ކުރަންޖެހޭ ކަންތައްތައް ޕްރައޮރަޓައިޒްކޮށްގެން މަސައްކަތްކުރާނަމަ، އެއްބާރުލުން ލިބޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި ޒުވާނުންގެ ބައިވެރިވުމާއި އެހީތެރިކަން މިފަދަ ކަންތައް ހާސިލްކުރަން ލިބޭނަމަ، ކާމިޔާބުވާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލުން ވެސް އަމިއްލަ ހަރަދުގައި ވިލިމާލޭގައި ބުޅާ ފެސިލިޓީއެއް ހަދައިދޭނެ ބަޔަކު ހޯދުމަށް ނިންމައި އިއުލާން ކުރި އެވެ. ތިން ފަހަރެއްގެ މަތިން އިއުލާނުކޮށްގެން ވެސް އޭރު ނުލިބުނުނަސް ފަހުން އެކަމަށް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

މާލެ މޭޔުރަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް "ވެލްފެއާ ފޯ އައިލެންޑް ކެޓްސް"ގެ މެމްބަރުންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: އެމްޑީޕީ

މާލެ މޭޔުރަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް "ވެލްފެއާ ފޯ އައިލެންޑް ކެޓްސް"ގެ މެމްބަރުންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: އެމްޑީޕީ

ނަމަވެސް ފަހުން ވީގޮތެއް ނޭނގުނެވެ. ކައުންސިލުން އޭރު ނިންމީ މާލޭ މަގުމަތީގައި އުޅޭ ބުޅާތައް ނުވިހާ ގޮތަށް ހަދައި ބުޅާތައް ބަލަހައްޓަން މަސްވެރިންގެ ޕާކުގައި ވަގުތީ ފެސިލިޓީއެއް ހަދާށެވެ. އެކަމަށް 1.9 މިލިއަން ރުފިޔާގެ ބަޖެޓެއް ސިޓީ ކައުންސިލުން ކަނޑައެޅި އެވެ.