04 ޖެނުއަރީ 2024
ވެލެންސިއާގެ އާ ޗެއާމަން އަބްދުﷲ އަޒްމީން އިސްތިއުފާ ދީފައިވާ ސިޓީއެއް އެ ކްލަބްގެ އީމެއިލުން ފޮނުވާފައިވާ ކަމަށް ބުނެ، އެފްއޭއެމުން އޭއެފްސީ އަށް މައުލޫމާތު ދިން ކަން ފަޅާ އަރައިފި އެވެ.
ވެލެންސިއާގެ އާ ޗެއާމަން އަބްދުﷲ އަޒްމީން އިސްތިއުފާ ދީފައިވާ ސިޓީއެއް އެ ކްލަބްގެ އީމެއިލުން ފޮނުވާފައިވާ ކަމަށް ބުނެ، އެފްއޭއެމުން އޭއެފްސީ އަށް މައުލޫމާތު ދިން ކަން ފަޅާ އަރައިފި އެވެ.
އެފްއޭއެމްގެ އިންތިހާބަށް ވާދަ ކުރާ، މިހާރުގެ އެކްސްކޯ މެންބަރު މުފާވިޒް ހާޝިމް، ވެލެންސިއާގެ "ވަގު ސިޓީ"އެއް ތައްޔާރުކޮށް ހުށަހެޅި މައްސަލަ، އަޒްމީން ފެންމަތިކޮށްފައި ވަނިކޮށް، އެފްއޭއެމުގެ އިލެކްޓޯރަލް ކޮމިޓީގެ ރައީސް އަބްދުﷲ އަލީ ސޮއިކޮށް އޭއެފްސީ އަށް ފޮނުވި ސިޓީއެއް ކަމަށް ބުނެ، އާންމުވެފައިވާ ސިޓީގައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ، ވެލެންސިއާގެ ޗެއާމަންކަމުން އަޒްމީން އިސްތިއުފާ ދިންކަން، އެފްއޭއެމްގެ ވަގުތީ ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފްގެ ރަސްމީ މެއިލް އަށް ފޮނުވާފައިވާ ކަމަށެވެ.
ވެލެންސިއާއިން ބުނަނީ މުފާ ގެންގުޅެނީ "ފޯޖް" ސިޓީއެއް ކަމަށް، މައްސަލަ ޕޮލިހަށް https://t.co/FxMzFqqMsz
— Mihaaru (@Mihaarunews) December 31, 2023
އެ ދުވަހަކީ، ވެލެންސިއާގެ ޗެއާމަންގެ މަގާމާ އަޒުމީން ހަވާލުވި ދުވަހެވެ. އެކަން އަޒުމީން އާންމު ކުރީ އެ ދުވަހުގެ މެންދުރު ފަހުންނެވެ.
އިލެކްޓޯރަލް ކޮމިޓީގެ ސިޓީގައި ބުނެފައި ވަނީ، ވެލެންސިއާގެ އީމެއިލްއިން، ޖައުޝަން އަށް ފޮނުވި ކަމަށް ބުނާ ސިޓީ ލިބިފައި ވަނީ، އެ ރޭ 11:32 ގައި ކަމަށެވެ.
އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން އޭއެފްސީ އަށް ފޮނުވި ކަމަށް ބުނާ ސިޓީގައި، އަުމީން އިސްތިއުފާ ދީފައިވާ މެއިލް ލިބިފައިވާ ވާހަކަ
އެކަމާ ބެހޭގޮތުން އަޒުމީން ވިދާޅުވީ، ވެލެންސިއާގެ އެންމެ އިސް މަގާމުން އޭނާ އިސްތިއުފާ ނުދޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ވެލެންސިއާގެ އީމެއިލްގެ އެކްސެސް، ފަސް މީހެއްގެ އަތުގައި އޮވެ އެވެ. އޭގެ ތެރޭގައި އެ ކްލަބްގެ ކުރީގެ ވައިސް ޗެއާމަން އަދި އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ހިމެނޭކަމަށް އަޒުމީން ވިދާޅުވި އެވެ. އަޒުމީން ޗެއާމަންކަމާ ހަވާލުވުމުގެ ކުރިން، އެ މަގާމުގައި ހުންނެވި ބައްސާމްގެ ކޮއްކޮ ރަސްލާން އަދީލް ޖަލީލެވެ.
އަޒުމީން ވިދާޅުވީ އޭނާ އިސްތިއުފާ ދީފައިވާ ކަމަށް ބުނެ އެފްއޭއެމުން އޭއެފްސީ އަށް ދީފައި ވަނީ ދޮގު މައުލޫމާތެއް ކަމަށެވެ. އަދި ވެލެންސިއާގެ އެ އީމެއިލުން، ޖައުޝަން އަށް މެއިލްއެއް ފޮނުވާފައިވާ ކަމުގެ މައުލޫމާތު ލިބުނު ހިސާބުން، މެއިލްގެ ޗެކްކޮށް "ސެންޓް އައިޓަމްސް" ވެސް ބެލި ކަމަށެވެ.
"އެކަމަކު އެ ބުނާ މެއިލްއެއް ފޮނުވާފައި އިން ކަމެއް ފެންނާކަނެތް. ހަމަގައިމުވެސް އަޅުގަނޑެއް ނުފޮނުވަން އިސްތިއުފާއެއް ވެސް ނުދެން،" އަޒުމީން ވިދާޅުވި އެވެ.
ވެލެންސިއާގެ އާ ޗެއާމަނަކަށް ކުޅިވަރު ނޫސްވެރިޔާ އަޒުމީން https://t.co/zvWxCWu08i
— Mihaaru (@Mihaarunews) December 26, 2023
ފީފާ އަށް ވެސް ކޮޕީ ކޮށްފައިވާ އެ ސިޓީ އިލެކްޓޯރަލް ކޮމިޓިން އޭއެފްސީ އަށް ފޮނުވާފައި ވަނީ، މިދިޔަ އާދިއްތަ ދުވަހު އެވެ. ހަމަ އެ ދުވަހު ވެލެންސިއާއިން ވަނީ އެ ކޮމިޓީ އަށް ވެސް ސިޓީއެއް ފޮނުވައި، އެ ކްލަބްގެ ޗެއާމަންގެ މަގާމު އޮޅުވާލައި "ވަގު ސިޓީ" އެއް މުފާ ހުށަހައްޅުއްވާފައިވާކަން އަންގައިފަ އެވެ. އަދި އެ ސިޓީއާ އެކު، ވެލެންސިއާގެ ޗެއާމަންގެ ގޮތުގައި އަޒުމީނުގެ ނަން، ކުޅިވަރު ކްލަބްތަކުގެ ބެލެނިވެރި ފަރާތް ސްޕޯޓްސް ކޮމިޝަނާ އޮފީހުގައި ރަޖިސްޓްރީކޮށްފައިވާކަން ހާމަކުރުމުގެ ގޮތުން، ކޮމިޝަނާ މުހައްމަދު ތޮލާލް ސޮއިކޮށްފައިވާ ލިޔުމެއް ވެސް ހިމަނާފަ އެވެ. ވެލެންސިއާއިން ވަނީ އެ ސިޓީ އާއި ސްޕޯޓްސް ކޮމިޝަނާގެ ލިޔުން ވެސް، ފީފާ އާއި އޭއެފްސީ އަށް ކޮޕީ ކޮށްފަ އެވެ.
އޭއެފްސީގެ ސެކްރެޓަރީ ޖެނަރަލް މެލޭޝިއާގެ ވިންޑޮސާ ޖޯން އަށް އެޑްރެސްކޮށް، އިލެކްޓޯރަލް ކޮމިޓީން ފޮނުވާފައިވާ ސިޓީގައި، ވެލެންސިއާއިން، އެ ކޮމިޓީ އަށް ފޮނުވާފައިވާ ސިޓީގެ އެއްވެސް ވާހަކައެއް ހިމަނާފައެއް ނެތެވެ.
ޓޮމް އާއި މުފާގެ ވެސް ތާއީދު ލިސްޓުގައި ވެލެންސިއާ https://t.co/7bpZvox2j8
— Mihaaru (@Mihaarunews) December 27, 2023
ދެ ކެންޑިޑޭޓުންގެ ފޯމު ސެޓްގައި ވެސް ވެލެންސިއާގެ ސިޓީ އޮތް ކަމަށް ބުނެ، އިލެކްޓޯރަލް ކޮމިޓީން އެދުނީ އޭއެފްސީ އެކަމުގައި ކުރިއަށްދާނެ ގޮތުގެ ލަފާ ދިނުމަށެވެ. އަދި އަންނަ ހޯމަ ދުވަހުގެ ކުރިން، އެކަމަށް ޖަވާބެއް ދިނުމަށް، އެ ކޮމިޓީން އެދިފައި ވެއެވެ.
އެފްއޭއެމްގެ ލެޓާ ހެޑް ގައި ފޮނުވާފައިވާ އެ ސިޓީގެ ސައްހަ ކަމާ މެދު ޖައުޝަން ޓެގްކޮށް، މީޑިއާ ގުރޫޕްގައި ނޫސްވެރިޔަކު ސުވާލު ކުރުމުން، އޭނާ އެއް ވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.
ވެލެންސިއާގެ ސިޓީއާއެކު ޓޮމް އެފްއޭއެމްގެ އިންތިހާބަށް
ވެލެންސިއާގެ "ވަގު ސިޓީ" ގެ މައްސަލަ ޕޮލިހަކު ނެތް
ވެލެންސިއާއިން ބުނާ "ފޯޖް" ސިޓީގެ މައްސަލަ ޕޮލިހަށް
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ފީފާއިން ކޮންގްރެސް ބަލައިނުގަންނާނެކަމުގެ އިޝާރާތް
ބުރަވަނީ އިންތިހާބުގެ ކުރިން ގަވާއިދު އިސްލާހު ކުރަން
އެފްއޭއެމް އިންތިހާބު މަޑުޖައްސާލަން ފީފާއިން އަންގައިފި
އެފްއޭއެމުން ކެންޑިޑޭޓުންގެ ނަން ހާމަކުރަން ދެކޮޅުހަދަނީ
ގަޑުބަޑު އުފެއްދުމަށްފަހު އިންތިހާބު އިއުލާންކޮށްފި
ކޮންގްރެސްގެ ދައުވަތު ވެލެންސިއާ އަށް ނުފޮނުވާ