އަމީނީމަގު ހަދަމުންދާތީ ޓްރެފިކަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް، ހިރިޔާ ސްކޫލުގެ އުތުރަށް އޮންނަ ސަބުދެލި މަގު ހުޅުވާލަން ނިންމައިފި އެެވެ.
06 ޖެނުއަރީ 2024
އަމީނީމަގު ހަދަމުންދާތީ ޓްރެފިކަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް، ހިރިޔާ ސްކޫލުގެ އުތުރަށް އޮންނަ ސަބުދެލި މަގު ހުޅުވާލަން ނިންމައިފި އެެވެ.
މީގެ ހަ އަހަރު ކުރިން އެ މަގު ބަންދުކުރީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ލަގްޒަރީ ހައުސިން ޕްރޮޖެކްޓެއް ހިންގުމަށެވެ. ކޮރަަލް ބުލެވާޑުުގެ ނަމުގައި ރަސްފަންނު ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ދޫކޮށްފައިވާ ބިމުގައި މިއަދާ ހަމައަށް ވެސް އެއްވެސް މަސައްކަތެއް ނުކުރެ އެވެ.
ޕަބްލިކް ވޯކްސް މިނިސްޓްރީން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ އެ މަގު ހުޅުވުމުގެ މަސައްކަތަކީ އަމީނީ މަގު ހެދުމުގެ ޕްރޮޖެކްޓާ ގުޅިގެން މާފަންނުގައި ދިމާވެފައިވާ ޓްރެފިކް މައްސަލައަށް ހައްލެއް ގެނައުމައްޓަކައި ރައީސް މުއިއްޒު އިރުޝާދުގެ މަތިން ކުރަން ފެށި މަސައްކަތެއް ކަމަށެވެ.
މާލެ އަމީނީމަގު ހެދުމުގެ ޕްރޮޖެކްޓާއި ގުޅިގެން މާފަންނުގައި ދިމާވެފައިވާ ޓްރެފިކް މައްސަލައަށް ހައްލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއި އެއްގޮތަށް ހިރިޔާސްކޫލާއި އިންވެގެން ބަންދުކުރެވިފައިވާ
— Ministry of Cities, Local Government, Public Works (@MoCLPmv) January 6, 2024
1/2 pic.twitter.com/1DJyiz6h8n
އެ މަގު އަލުން ހުޅުވުމަށް، މަގު ސާފު ކުރުމުގެ މަސައްކަތް މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޔުނިޓުގެ މުވައްޒަފުން ކުރަމުންދާކަމަށް މިނިސްޓްރީން ބުންޏެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިންގަޕޫރު ކުންފުނި ޗަންހުއާ ކޮންސްޓްރަކްޝަނަށް އެ މަޝްރޫއު ހަވާލުކުރީ 2020ގެ ނިޔަލަށް ނިންމުމަށެވެ. އަދި އެ ތަނުގެ ހަތަރު ޓަވަރުން 120 ފްލެޓް ސަރުކާރަށް ދޭން ޖެހޭ ގޮތަށް އެ ތަން ހެދުމަށް އޭރު ބިންގާ ވެސް އެޅި އެވެ.
ނަމަވެސް ފަހުން އެ މަޝްރޫއު ހުޅުމާލެއަށް ބަދަލު ކުރުމުން އެ ބިމުގައި އެއްވެސް މަސައްކަތެއް ނުކޮށް އޮތީ ބަންދުކޮށްފަ އެވެ.
އާ މޭޔަރު ހުވާކުރުން ހޯމަ ދުވަހުގެ ރޭ ދަރުބާރުގޭގައި
ކާނުތައް ސާފުކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށައިފި
ހޯމަ ދުވަހުގެ ނިޔަލަށް މަސްދަޅު ކޭސް ބަހައި ނިންމަނީ
މާލޭގައި 40،000 މަސްދަޅު ކޭސް ބަހައިފި
މަސްދަޅު ބެހުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފި
މަސްދަޅު ކޭސް ޓޯކަން މިއަދު 6 ޖަހާއިރު ދޫކުރަނީ
މާލޭގައި މަސްދަޅު ބަހާ ތަންތަނާއި ވަގުތު ބަދަލުކޮށްފި
އުފާ މިންކުރަން ހެޕިނަސް އިންޑެކްސް އިފްތިތާހުކޮށްފި
"ވިއްސާރައިގެ ގެއްލުންތައް ގާތުން މިދަނީ ބަލަމުން"
ހިރިމަރަދޫން މީހުން ބަަދަލުކުރުން އަވަސްކޮށްދޭން އެދިއްޖެ