Roadha Mihaaru
އިލެކްޓޯރަލް ކޮމިޓީ ސައްހައެއް ނޫން، ތޯރިގު ފީފާއަށް!

އިލެކްޓޯރަލް ކޮމިޓީ ސައްހައެއް ނޫން، ތޯރިގު ފީފާ އަށް!

14 ޖެނުއަރީ 2024

އެފްއޭއެމްގެ އިންތިހާބާ ގުޅޭ އިލެކްޓޯރަލް ކޮމިޓީ ސައްހަ ނޫން ކަން ބަޔާން ކުރައްވައި، ފީފާ އަށް މައްސަލަ ހުށަހަޅުއްވާފަައި ވާނެ ކަމަށް، އެ އިންތިހާބުގައި ވާދަކުރައްވާ އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ އިންތިހާބާ ގުޅޭ އިލެކްޓޯރަލް ކޮމިޓީ ސައްހަ ނޫން ކަން ބަޔާން ކުރައްވައި، ފީފާ އަށް މައްސަލަ ހުށަހަޅުއްވާފަައި ވާނެ ކަމަށް، އެ އިންތިހާބުގައި ވާދަކުރައްވާ އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.

އިންތިހާބުގައި ވާދަކުރައްވަނީ އެފްއޭއެމްގެ ރައީސްގެ މަގާމުގެ ވެސް ކުރިން ފުރުއްވި ޓޮމްގެ އިތުރުން ކްލަބް އީގަލްސްގެ ވައިސް ޗެއާމަން މުފާވިޒް ހާޝިމް (މުފާ) އެވެ. ނަމަވެސް ޓޮމްގެ ކެންޑިޑެސީ ބާތިލް ވުމާ ގުޅިގެން އޭނާ ވަނީ އެ މައްސަލަ އެޕީލް ކުރައްވައިފަ އެވެ.

ޓޮމްގެ އެޕީލާ މެދު ގޮތެއް ނިންމުން އޮންނާނީ މާދަމާގެ ނިޔަލަށެވެ. ނަމަވެސް އިލެކްޓޯރަލް އެޕީލް ކޮމިޓީއެއް ނެތުމުން މިހާތަނަށް ޖަލްސާއެއް ބާއްވާފައި ނުވާ ކަމަށާއި "އެފްއޭއެމްގެ އަސާސީ ގަވައިދާ ހިލާފު އިލެކްޓޯރަލް ކޮމިޓީއަކުން އިންތިހާބާ ގުޅޭ އެއްވެސް ކަމެއް ކުރިއަށް ނުގެންދެވޭނެ ކަމަށް" ބަޔާން ކުރައްވައި ފީފާ އާއި އޭއެފްސީ އަށް މައްސަލަ ހުށަހަޅުއްވާފައިވާނެ ކަމަށް ޓޮމް މިއަދު ނެރުއްވި ބަޔާނުގައި ވެ އެވެ.

އިންތިހާބާ ގުޅޭގޮ ތުން ޓޯމް ފާހަގަ ކުރެއްވި ނުކުތާތައް:

• އިންތިހާބަށް ހުޅުވައިލި ފުރުސަތުގައި އެފްއޭއެމްގެ 18 މެންބަރު ކުލަބުގެ ތެރެއިން 9 ކުލަބުގެ ތާއީދާ އެކު، ހުށަހެޅި ކެނޑިޑެސީ ބާތިލްކުރި. އެއީ ކުލަބުގެ ވެލެންސިއާގެ ދ ސިޓީ ވެސް ސައްހަ ކަމަށް ނިންމައި، ފީފާގެ އަސާސީ ގަވާއިދުގެ މާއްދާއަކަށް ރިއާޔަތްކޮށް.

• އެފްއޭއެމްގެ އިންތިހާބީ ގަވާއިދުގެ 12 ވަނަ މާއްދާގައި ބުނާ އިލެކްޓޯރަލް އެޕީލް ކޮމިޓީ ކޮންގްރެސްގައި ނިންމާފައި ނެތް ކަމަށް ފާހަގަކުރަމުން ޖެނުއަރީ 12 ގައި އިސްތިއުނާފު ކޮށްފައި ވާނެ. އަދި އޭގެ ޖަވާބު މާދަމާ ލިބެން ވާނެ ކަމަށް ބަޔާންކުރޭ، ނަމަވެސް ކޮމިޓީއެއް ނެތުމުން ޖަލްސާއެއް ނުބޭއްވޭ.

• އެފްއޭއެމް އިލެކްޓޯރަލް ކޯޑުގެ 4 ވަނަ މާއްދާގައި ބުނަނީ އިލެކްޓޯރަލް ކޮމިޓީގެ މެންބަރުން ޖެހިޖެހިގެން ދެ ދައުރަށް އިންތިހާބު ކޮށްގެން ނުވާނެ ކަމަށް. ނަމަވެސް އިލެކްޓޯރަލް ކޮމިޓީ އިތުރު ދައުރަކަށް މިދިޔަ އަހަރުގެ ކޮންގްރެސްގައި އިންތިހާބު ކޮށްފައިވޭ.

• އިލެކްޓޯރަލް ކޮމިޓީގެ ޗެއާ އަބްދުﷲ އަލީ (ބޯށިމާގެ، ނ. ވެލިދޫ) ޖެހިޖެހިގެން ތިން ދައުރު ގަވާދާއި ހިލާފަށް މެންބަރުކަން ކޮށްފައިވޭ. ވައިސް ޗެއާ އަހްމީމް އަބްދުއްރައްޒާގު (އޯކިޑް، ބ. އޭދަފުށި) އަދި އަބްދުﷲ އަލީ (މާލެ ދަފްތަރު 6090) ދެވަނަ ދައުރަކަށް އިލެކްޓޯރަލް ކޯޑާ ހިލާފަށް ކޮންގްރެސް އިން އިންތިހާބު ކޮށްފައިވޭ.

އެފްއޭއެމްގެ އިންތިހާބު ބާއްވަން ނިްމާފައި ވަނީ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރު ނިމެން ބާކީ ހަ މަސް އޮއްވަ އެވެ.

އެފްއޭއެމްގެ ހިންގުމާއި އިންތިހާބުގެ ކަންކަމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން، ކޮމިޝަނަރު އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ވެސް ވަނީ މި ވަގުތަށް އިންތިހާބު ފަސްކުރަން އެފްއޭއެމަށް އަންގަވައިފަ އެވެ. އެކަމަކު ސްޕޯޓްސް ކޮމިޝަނަރުގެ ލަފަޔަކަށް ބެލުމެއް ނެތި އެފްއޭއެމުން ދަނީ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަމުންނެވެ.