ސަރުކާރުން ކުރިއަށް ގެންދާ އިންފްރާސްޓްރަކްޗާގެ ގިނަ މަސައްކަތްތަކެއް ހަވާލުކޮށްފައިވާ އެމްޓީސީސީ އަށް ބާރު ބޮޑުވާތީ، އެ މައްސަލަ ހައްލުކުރުމަށް އިތުރު ކުންފުންޏެއް އުފައްދަން ސަރުކާރުން ނިންމައިފި އެވެ.
14 ޖެނުއަރީ 2024
ސަރުކާރުން ކުރިއަށް ގެންދާ އިންފްރާސްޓްރަކްޗާގެ ގިނަ މަސައްކަތްތަކެއް ހަވާލުކޮށްފައިވާ އެމްޓީސީސީ އަށް ބާރު ބޮޑުވާތީ، އެ މައްސަލަ ހައްލުކުރުމަށް އިތުރު ކުންފުންޏެއް އުފައްދަން ސަރުކާރުން ނިންމައިފި އެވެ.
މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގެ ތަފުސީލުތައް ދެއްވަމުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، އެމްޓީސީސީ އަށް ގިނަ އަދަދެއްގެ ޕްރޮޖެކްޓުތައް ހަވާލުކޮށްފައިވާތީ ގިނަ މަސައްކަތް މިހާރު ހުރި ފުނިޖެހިފައި ކަމަށެވެ.
"އެ ބޭފުޅުންނަށް ކުރެވޭ ވަރަށް ވުރެ މަސައްކަތްތަކުގެ އަދަދު ގިނަވެ މަސައްކަތްތައް ބޮޑުވެފައިވާތީވެ، އެ ކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކުރެވުނު މަޝްވަރާއެއް [އެއީ]،" ނާޒިމް ވިދާޅުވި އެވެ.
ނަމަވެސް އޭނާ ވިދާޅުވީ، އޭގެ މާނައަކީ އެމްޓީސީސީ އަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުން ނޫން ކަމަށާއި މައްސަލައަކީ އެއް ކުންފުންޏަކަށް ނުކަތާ ވަރަށް މަސައްކަތްތައް ޖަމާވެފައި ހުރުން ކަމަށެވެ.
ނާޒިމް ވިދާޅުވި ގޮތުގައި، އާ ކުންފުންޏެއްް އުފެއްދުމުގެ މަގުސަދަކީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ބާރު ސްޕީޑުގައި ކޮށް ނިންމައި ދިނުމެވެ.
ކެބިނެޓުގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ކުންފުނިތައް ގިންތި ކުރެވޭ އުސޫލުތައް ތިން މަސް ތެރޭގައި މުރާޖައާކޮށް ނިންމުމަށާއި ކުންފުނިތަކުން ގައުމީ އަދި ޕަބްލިކް ކުންފުނިތަކާއި ހިއްސާ ވިއްކައިގެން ހިންގާނެ ކުންފުނިތައް ދެނެގަތުމަށް ނިންމައިފި އެވެ.
ޒަމީރު ފިނޭންސަށް އައްޔަންކޮށް ކެބިނެޓަށް ބަދަލުތަކެއް
ބޭންކިންގެ އުސޫލާ ހިލާފަށް ލޯނެއް ނުދެން: ބީއެމްއެލް
މަސައްކަތް ހިނގާތަން ކޮންމެ ރަށަކުން މިހާރު ފެންނާނެ
206 މަޝްރޫއުގެ މައްސަލަ އޭސީސީއަށް ހުށަހަޅައިފި
"206 މަޝްރޫއަށް ލޯނު ދޫކުރާނީ އުސޫލުގެ ތެރެއިން"
ބިލިއަނެއްހާ ރުފިޔާގެ މަޝްރޫއު ބޯހިޔާވަހިކަމަށް
206 ޕްރޮޖެކްޓުގެ އަގަކީ 2.7 ބިލިއަން ރުފިޔާ!
206 މަޝްރޫއު 21 ދުވަސް ތެރޭގައި ފަށަންޖެހޭ
205މަޝްރޫއެއްގައި އަމިއްލަ ކުންފުނިތަކާއެކު ސޮއިކުރަނީ
ތިން ރަށް ގުޅާލާ ކޯޒްވޭގެ މަސައްކަތް ފަށައިފި