ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް ރިިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވައިލި މައްސަލައިގެ ޝަރީއަތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރާ ދައުވާގައި އަދީބުގެ ދިފާއީ ހެކިވެރިންގެ ގޮތުގައި 13 މީހެއްގެ ނަން ޝަރީއަތަށް ހުށަހަޅައިފި އެވެ.
16 މެއި 2016
ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް ރިިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވައިލި މައްސަލައިގެ ޝަރީއަތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރާ ދައުވާގައި އަދީބުގެ ދިފާއީ ހެކިވެރިންގެ ގޮތުގައި 13 މީހެއްގެ ނަން ޝަރީއަތަށް ހުށަހަޅައިފި އެވެ.
މިިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ދިން އެ ހަމަލާއާ ގުޅިގެން އަދީބުގެ މައްޗަށް ކޮށްފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެވެ. އެއީ ގޮވާ އެތި ހަރުކުރަން އަދީބު އެ ލޯންޗު ބޭނުން ކުރި ކަމަށް ބުނެ އެވެ.
ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އަދީބުގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅީ ސިފައިންގެ ބަޔަކާއި އަދީބުގެ އޮފީހުގައި މަސައްކަތް ކުރި ބައެއް މުވައްޒަފުންނެވެ.
އެ ހެކިން ހުށަހެޅީ އެ ހާދިސާ ހިނގުމުގެ ކުރިން އަދީބު އާރަށަށް ވަޑައިގެންނެވި އިރު ވަކި ލޯންޗެއް ހަމަޖައްސަން އަދީބު އަންގަވާފައި ނެތްކަން ސާބިތު ކުރުމަށާއި، އާރަށަށް ވަޑައިގަތުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އަންގާފައިވާކަން ސާބިތު ކުރުމަށެވެ. އަދި މާލެ އާއި އާރަށާ ދެމެދު ދަތުރު ކުރުމަށް ނޫނީ އެ ލޯންޗަށް އަދީބު އަރާވަޑައިގެންފައި ނުވާ ކަން ސާބިތު ކުރުމަށާއި ލޯންޗް ގޮއްވައިލި ދުވަހު ސެކިއުރިޓީ ކްލިއަރެންސް ހެދިކަން ސާބިތު ކުރުމަކީ ވެސް އެ ހެކިން ހުށަހެޅި ބޭނުމެކެވެ.
އަދީބުގެ އިތުރުން ދައުލަތުން ވެސް އިއްޔެ ވަނީ އަދީބާ ދެކޮޅަށް ހަ ހެކިވެރިއަކު ހުށަހަޅައިފަ އެވެ. ސިއްރު ހެކިވެރިއަކު ވެސް ހިމެނޭ ގޮތަށް އެ ހެކިން ހުށަހެޅީ ހާދިސާ ހިނގުމުގެ ކުރީ ދުވަހު އަދީބު އާރަށަށް ވަޑައިގަތުމަށް އެ ލޯންޗް ބޭނުން ކުރެއްވި ކަމާއި އެއީ ކުރިން އަމަލުކޮށްފައިވާ ގޮތެއް ނޫން ކަން ސާބިތު ކުރުމަށެވެ.
އެ މައްސަލައިގެ ދެން އޮންނަ އަޑުއެހުން މި މަހުގެ 31 ވަނަ ދުވަހު އޮންނާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ އިއުލާންކޮށްފަ އެވެ.
އެ މައްސަލާގައި އަދީބުގެ އިތުރުން، ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުގެ ވެރިޔާ ކެޕްޓަން އަހުމަދު ފަޔާޒާއި އަދީބުގެ ދެ ބޮޑީގާޑެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ. އެކަމަކު އެ މީހުންގެ ޝަރީއަތް ކުރަނީ ވަކިންނެވެ.
އަދީބު ހެކިން ނުގެނެވުނު، އިތުރު ފުރުސަތެއް ނެތް
އަދީބުގެ ދެ ޝަރީއަތެއް ކެންސަލް
ހެކި ހުށަހަޅަން އަދީބާއި ބޮޑީގާޑުންނަށް ފަހު ފުރުސަތު ދީފި
އަދީބު އެރުއްވި ޓަގުގެ ކެޕްޓަނާއި އިންޖިނިއަރު ޖަލަށް
އަދީބު ތިން މަހާއި 18 ދުވަހަށް ޖަލަށް
ވަކީލް އެދިވަޑައިގަތީ އަދީބު ގޭބަންދަށް ބަދަލުކޮށްދޭން
އަދީބުގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށެއް ނުދިން
އަދީބުގެ 12 އަށްވުރެ ގިނަ މައްސަލަ ޕީޖީއަށް ފޮނުވަނީ
ލޯންޗު ގޮއްވާލި މައްސަލާގައި އަދީބުގެ ހުކުމް ބާތިލް!
ޖަލު ހުކުމް ތަންފީޒުކޮށް ނިމި ފަޔާޒް މިނިވަންވެއްޖެ