ކޮރަޕްޝަންގެ ދައުވާތަކެއް ލިބޭ، ސިންގަޕޫރުގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި އެވެ.
ކޮރަޕްޝަންގެ ދައުވާތަކެއް ލިބޭ، ސިންގަޕޫރުގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި އެވެ.
މިނިސްޓަރު އިސްވަރަންގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކާ އެކު މިދިޔަ އަހަރުގެ ޖުލައި މަހު ހައްޔަރުކުރި ނަމަވެސް އޭނާ ހުރީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ. އެ މައްސަލާގައި ކޮރަޕްޝަންގެ 27 ދައުވާއެއް އޭނާގެ މައްޗަށް ކުރެ އެވެ.
އިސްވަރަންގެ މައްޗަށް ރަސްމީކޮށް މިމަހު ދައުވާ އުފުލުމާ އެކު އޭނާ އިސްތިއުފާ ދެއްވާފައިވާކަން ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ހިސިއެން ވަނީ މިއަދު ވަނީ އިއުލާން ކުރައްވައިފަ އެވެ.
އިސްވަރަންގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި، އަގުބޮޑު ސްޕޯޓް އިވެންޓެއްގެ ޓިކެޓްތަކެއް ސިންގަޕޫރުގެ މަޝްހޫރު ބިލިއަނަރެއްގެ އަތުން ހޯއްދެވުމުގެ ތުހުމަތު ހިމެނެ އެވެ.
ނަމަވެސް އެ ތުހުމަތުތަކަށް އިސްވަރަން އިންކާރު ކުރައްވަ އެވެ. އަދި ކޮރަޕްޝަންގެ ތުހުމަތު ކުރެވުނު ފަހުން މިހާތަނަށް ލިބިވަޑައިގަތް މުސާރަ އާއި އިނާޔަތްތައް އަނބުރާ ސަރުކާރަށް ދައްކަވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ކޮރަޕްޝަނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާ ސިންގަޕޫރުގައި ވަޒީރުންނަކީ ނިސްބަތުން ބޮޑު މުސާރައެއް ލިބިވަޑައިގަންނަވާ ބޭފުޅުންނެވެ.
ޝަމްއާނަށް ކުރާ ދައުވާތަކަކީ ސިޔާސީ ފިލްމެއް: ވަކީލް
241 ކޮމިޓީން ހޯދީ ކަސްޓަމްސްގެ ބޮޑެތި އިހުމާލުތަކެއް
ބައްސާމް ހަތަރު އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ހިޔާނާތުގެ ތަހުގީގުތައް ހިނގާ ގޮތް ޕީޖީން ބަލަނީ
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ 12 އަހަރަށް ޖަލަށް
ތުހުމަތުތަކާއެކު އެމްޑީޕީން ބުނީ ސިޔާސީ ރިޕޯޓެއް ކަމަށް
ފެނަކަ ސައީދު ހަތަރު އަހަރަށް ޖަލަށް!
ޔާމީންގެ ތުހުމަތުތައް އަޝްރަފަށް
ބިލިއަނަރު އޮންގު ކުށަށް އިއުތިރާފުވެއްޖެ
އެސްއޯއެފްގެ މައްޗަށް ހުކުމް ތަންފީޒެއް ނުކުރެވުނު