އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް މީގެ ތިން މަސް ކުރިން ފެށިގެން ދެމުން ގެންދާ ހަމަލާތަކުގެ ނުރައްކާ ހާލަތުގައި ގާތްގަނޑަކަށް 20،000 ކުދިން އުފަންވެފައިވާ ކަމަށް އދ. އިން މިއަދު ބުނެފި އެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް މީގެ ތިން މަސް ކުރިން ފެށިގެން ދެމުން ގެންދާ ހަމަލާތަކުގެ ނުރައްކާ ހާލަތުގައި ގާތްގަނޑަކަށް 20،000 ކުދިން އުފަންވެފައިވާ ކަމަށް އދ. އިން މިއަދު ބުނެފި އެވެ.
ޔުނިސެފްގެ ތަރުޖަމާނު ޓެސް އިންގްރަމް ޣައްޒާއަށް ކުރެއްވި ދަތުރަކަށް ފަހު ވިދާޅުވީ ބައެއް މައިން ވިހެއުމުގެ ތެރޭ ލޭ މަނާ ނުވެ މަރުވަމުންދާ ކަމަށެވެ. މަރުވެފައިވާ ތިބި މާބަނޑު ހަ މީހެއްގެ އިމަޖެންސީ ސިޒޭރިއަން އެންމެ ނަރުހަކު ވެގެން ވެސް ހަދާފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކާ އެކު އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކަށް ފަހު މިހާތަނަށް އެތަނުގައި ވިއްސަކަށް ހާސް ކުދިން އުފަންވެފައިވާ ކަމަށް، އދ.ގެ ކުޑަކުދިންގެ ޖަމިއްޔާ، ޔުނިސެފުން ލަފާކުރާއިރު އެއީ ހަނގުރާމައިގެ ކޮންމެ 10 މިނެޓަކުން ކުއްޖެކެވެ.
ތަރުޖަމާނު އިންގްރަމް ވިދާޅުވީ ކުދިންގެ މައިން ތަޖުރިބާކުރަން މި ޖެހޭ ނުރައްކާތެރިކަން ހިތަށް ވެސް ނުގެނެވޭނެ ކަމަށެވެ.
"މަޔަކަށްވާ ވަގުތަކީ އުފާ ފާޅުކުރުމުގެ ވަގުތެއް. ޣައްޒާގައި މިއީ ދަރިއަކު 'އަލިފާނުގެ ތެރެއަށް' ގެންދިއުން،" މިއީ ބައިނަލްއަގުވާމީ މުޖުތަމައުން އަވަސް ފިޔަވަޅު އަޅަންޖެހޭ ކަމެއްކަން ފާހަގަކުރައްވަމުން ވިދާޅުވި އެވެ.
"ބައެއް މައިން ލޭ މަނާ ނުވެ މަރުވާއިރު އަލަށް އުފަންވާ ކުދިން ވޭން އަޅަމުން ދާއިރު އަހަރެމެންނަށް ރޭގަނޑުގެ ނިދި ލިބިގެން ނުވާނެ."
ހަމާސް އިން އިޒްރޭލަށް ހަމަލާދީ 1،140 މީހަކު މަރާލުމާ އެކު ހަމާސް ނައްތާލުމުގެ ނަމުގައި ޣައްޒާއަށް ހަމަލާތައް ދޭން ފަށައި މިހާތަނަށް 24،762 މީހަކު ޝަހީދުކޮށްލާފައި ވާއިރު އޭގެ ތެރެއިން 70 ޕަސެންޓަކީ އަންހެނުންނާއި ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެ އެވެ. --އޭއެފްޕީ
ޣައްޒާގެ 17،000 ކުއްޖަކު ތިބީ އާއިލާއާ ވަކިވެފައި
ޣައްޒާއަށް ފައުޖު ފޮނުވުމުގެ ގަރާރު ސަލާމަތީ މަޖިލީހަށް
"ޣައްޒާގައި އޮތީ ނަސްލު ނައްތާލުމުގެ ހަނގުރާމަ"
ޣައްޒާ ބަނޑަށްޖެހިފައިކަމަށް ބުނާތީ އިޒްރޭލުން އިންޒާރު
ޣައްޒާ ބަނޑަށްޖެހިފައިވާކަން ރަސްމީކޮށް ކަނޑައަޅައިފި
ނޫސްވެރިން މެރުމުގެ ޖަރީމާ އދ. އިން ކުށްވެރިކޮށްފި
އިޒްރޭލުގެ ޣައްޒާ ޕްލޭނަކީ އިތުރު މުސީބާތެއް: އދ
ޣައްޒާގައި އެހީ ހޯދަން ދިޔަ 800 މީހަކު ޝަހީދުކޮށްލި
އދ.ގެ ފަލަސްތީން ރެޕަޓުއާއަށް ދަތިކުރުމުގެ ފިޔަވަޅު
އެހީދޭ ތަންތަނުގައި ދޭ ހަމަލާއަކީ ހަނގުރާމައިގެ ޖަރީމާ