Roadha Mihaaru
ސައުދީ ލީގުގެ ނަން ހަޑިވާނެތީ ބެންޒެމާއަށް ދޮރު ބަންދު

ސައުދީ ލީގުގެ ނަން ކިނލަބުވެދާނެތީ ބެންޒެމާ އަށް ޔޫރަޕްގެ ދޮރު ބަންދު

30 ޖެނުއަރީ 2024

ރިޔާދް (ޖެނުއަރީ 30) - ސައުދީ ޕްރޯ ލީގުގެ އަލް އިއްތިހާދަށް ކުޅެމުންގެންދުގެ ފޯވާޑް ކަރީމް ބެންޒޭމާ، އެ ލީގު ދޫކޮށް އަލުން ޔޫރަޕަށް ބަދަލުވުމަކީ ލީގުގެ ނަން ކިލަނބުވެދާނެ ސަބަބެއް ކަމަށްވާތީ ޔޫރަޕަށް ބަދަލުވުމުގެ ދޮރު އޭނާ އަށް ބަންދުކޮށްފި އެވެ.

ރިޔާދް (ޖެނުއަރީ 30) - ސައުދީ ޕްރޯ ލީގުގެ އަލް އިއްތިހާދަށް ކުޅެމުންގެންދުގެ ފޯވާޑް ކަރީމް ބެންޒޭމާ، އެ ލީގު ދޫކޮށް އަލުން ޔޫރަޕަށް ބަދަލުވުމަކީ ލީގުގެ ނަން ކިލަނބުވެދާނެ ސަބަބެއް ކަމަށްވާތީ ޔޫރަޕަށް ބަދަލުވުމުގެ ދޮރު އޭނާ އަށް ބަންދުކޮށްފި އެވެ.

ސައުދީ ލީގުގައި ސީޒަން މެދަކާ ހިސާބަށް ދިޔަ ފަހުން އިއްތިހާދު ދޫކޮށްލަން ބޭނުންވާކަން ބެންޒެމާ މީގެ ދެ ހަފުތާ ކުރިން ވަނީ އަންގައިފަ އެވެ. އެހާ ހިސާބުން އޭނާގް ޓްރާންސްފާ ޔޫރަޕްގެ ކްލަބްތަކާ ގުޅުވައިގެން ވާހަކަތައް ދެކެވުނެވެ. އިނގިރޭސި ނުވަތަ ފްރާންޗު ލީގަށް އޭނާ ބަދަލުވެދާނެ ކަމުގެ އަޑުތަކެއް ވެސް ފެތުރުނެވެ.

ނަމަވެސް އިއްތިހާދުން، ޔޫރަޕްގެ ކްލަބަކަށް ބެންޒެމާ ފޮނުވާކަށް ބޭނުމެއް ނުވެ އެވެ. ސަބަބަކީ ބެލޮންޑިއޯ އެވޯޑް ހޯދާފައިވާ ކުޅުންތެރިޔަކު ސައުދީ ލީގު ދޫކޮށްލުމަކީ، އެ ލީގުގެ ނަން ކިލނބުވެދާނެ ސަބަބެއް ކަމަށް އެ ގައުމުން ދެކޭތީ އެވެ. ބެލޮންޑިއޯ 2022 ގައި ހޯދި ބެންޒެމާގެ އެހެން ލީގަކަށް ބަދަލުވާން އިއްތިހާދުން ބޭނުން ނުވާ ސަބަބަކީ އެއީ ކަމަށް ފްރާންސްގެ މީޑިއާތަކުން ބުންޏެވެ.

އެކަމަކު ރިޔާދްގެ އެހެން ކްލަބަކަށް އޭނާ ބަދަލުވުމާ މެދު އިއްތިހާދުން އިއުތިރާޒު ނުކުރެ އެވެ. ފްރާންސްގެ ލެކީޕު ނޫހުން ބުނީ ރިޔާދްގެ އެހެން ކްލަބަކަށް ބެންޒެމާ ބަދަލު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެކަމަކު އެ ކްލަބްގެ ނަމެއް ހާމައެއް ނުކުރެ އެވެ.

ސައުދީގެ ލީގު ވަރުގަދަ ކުރަން ފެށީ 2030 ވަނަ އަހަރާ ހަމައަށް ދާއިރު ދުނިޔޭގެ އެންމެ ވަރުގަދަ ލީގަށް ހެދުމުގެ އަމާޒުގަ އެވެ. ޔޫރަޕްގެ މަޝްހޫރު ތަރިން ބޮޑު އަގުގައި އެ ލީގުގައި މިހާރު ކުޅެމުންދެ އެވެ. އެ ގައުމުގައި ކުޅެމުންދާ އެންމެ މަޝްހޫރު ކުޅުންތެރިޔަކީ އައް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން، ބެންޒެމާ އިއްތިހާދަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގަ އެވެ. ސައުދީގެ ޗެމްޕިއަން ޓީމަށް އޭނާ ބަދަލުވީ، އަހަރަކު ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ މުސާރައަކަށެވެ. އެ އަގުބޮޑު ހުށަހެޅުން ބަލައިގަންނަން، ފްރާންސްގެ ކުރީގެ ފޯވާޑް ނިންމީ ރެއާލްގެ ކޮންޓްރެކްޓް އޭނާ އަމިއްލަ އަށް އެދިގެން އުވާލުމުންނެވެ.