Roadha Mihaaru
ހައިވޭގެ ސޯލާޕެނަލްތަކުގައި ޖެހި ކާރަކަށް ގެއްލުންވެއްޖެ

ސިނަމާލެ ބްރިޖުގެ ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ސޯލާޕެނަލްތަކުގައި ޖެހި ގެއްލުންތަކެއް!

02 ފެބުރުއަރީ 2024

ހުޅުލެ-ހުޅުމާލެ ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުގައި ޖެހި ކާރަކަށް މިއަދު ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ހުޅުލެ-ހުޅުމާލެ ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުގައި ޖެހި ކާރަކަށް މިއަދު ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

މިއަދު މެންދުރު ހިނގި މި އެކްސިޑެންޓްގައި މީހަކަށް އަނިޔާއެއް ނުވެ އެވެ.

ނަމަވެސް، ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ދަގަނޑުތަކުގައި ޖެހުނު ކާރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު ސޯލާ ޕެނަލްތައް ވެސް ހަލާކުވި އެވެ. ކާރުގެ ކުރީކޮޅު އެއްކޮށް ކަހަލަ ގޮތަކަށް އޮތީ ހަލާކުވެފަ އެވެ. އަދި ސޯލާ ޕެނަލްތަކުގެ ބޮޑު ބައެއް ވެސް އޮތީ ވެއްޓިފައި ކަހަލަ ގޮތަކަށެވެ.

މީގެ ކުރިން ވެސް ބައެއް ކާރުތައް ކޮންޓްރޯލް ނުވެ ގޮސް ސޯލާ ޕެނަލްތަކުގައި ޖެހިފަ އެވެ.

ވޯލްޑް ބޭންކްގެ އެހީގެ ދަށުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި މި މަޝްރޫއުގެ ދަށުން ހައިވޭގެ ދެ އަރިމަތީގައި އަދި މެދުގައި ވެސް ވަނީ ސޯލާ ޕެނަލްތައް ހަރުކުރަން ފަށައިފަ އެވެ.

ނަމަވެސް، މި ސަރުކާރުން ނިންމާފައިވަނީ އެ ސޯލާ ޕެނަލްތައް އެ ތަނުން އެހެން ތަނަކަށް ބަދަލުކުރާށެވެ.