މެންޗެސްޓާ (ފެބްރުއައީ 5) - ވެސްޓް ހޭމް ޔުނައިޓެޑް، 3-0 ން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ބަލި ނުވެ ފަސް މެޗު ފުރިހަމަ ކޮށްފި އެވެ.
މެންޗެސްޓާ (ފެބްރުއައީ 5) - ވެސްޓް ހޭމް ޔުނައިޓެޑް، 3-0 ން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ބަލި ނުވެ ފަސް މެޗު ފުރިހަމަ ކޮށްފި އެވެ.
މިއީ އުނދަގޫ ހާލަތެއްގައި އޮތް ޔުނައިޓެޑަށް މި ސީޒަނުގައި އެހާ އާންމު ކަމެއް ނޫނެވެ. މި ތަފާތު ފާހަގަ ކުރެވެން ފެށީ އަލްހެންޑްރޯ ގަނާޗޯ އާއި ރަސްމުސް ހޮލިއުންޑް އަދި ލިސަންޑްރޯ މާޓިނޭޒް އެކު އެކީގައި އެއްވަރަށް ކުޅެން ފެށުމުން ކަމަށް ޔުނައޓެޑްގެ ކޯޗު އެރިކް ޓެންހަގް ބުންޏެވެ.
ރޭ ވެސްޓް ހޭމްއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ލަނޑުތައް ޖެހީ އެ ދެ ކުޅުންތެރިންނެވެ. ގަނާޗޯ ވަނީ ދެ ލަނޑު ޖަހައިފަ އެވެ.
އޭނާ އަށް 21 އަހަރު ފުރުނު ދުވަހު، ރޭ ޔުނައިޓެޑްގެ ފުރަތަމަ ލަނޑު ގަނާޗީ ޖެހީ 23 ވަނަ މިނެޓްގަ އެވެ. ފުރާވަރު އުމުރުގެ ފަހު އަހަރު ގުނަމުންދާ ގަނާޗޯ ލަނޑުތައް ޖެހީ 49 މިނެޓާއި 84 ވަނަ މިނެޓްގަ އެވެ.
ޔުނައިޓެޑް ކޯޗު އެރިކް ޓެން ހަގް ބުނީ ޔުނައިޓެޑްގެ ޒުވާން ތިން ކުޅުންތެރިން އެކުގައި ކުޅެން ފަށައިފިނަމަ ކާމިޔާބާ ހަމައަށް ދެވޭނެ ކަމަށެވެ. އޭނާ ފާހަގަ ކުރި ތިން ޒުވާނުންނަކީ ގަނާޗޯ އާއި ރަސްމުސް ހޮލިއުންޑްގެ އަދި މާޓިނޭޒް އެވެ.
ރޭޣެ މެޗުގައި މާޓިނޭޒް އަށް ލިބުނު އަނިޔާއެއްގައި 71 ވަނަ މިނެޓްގައި އޭނާ ބަދަލު ކުރަން ޖެހުނެވެ.
"އަހަރެމެންނަށް ވަރަށް ގިނަ ކަންކަން ހާސިލު ކުރެވޭނެ. ހުރިހާ ކުޅުންތެރިން ވެސް ދަނީ ވަރަށް ރަނގަޅަށް. ތިން ޒުވާނުން އެކުގައި ދަނީ އުފާފާޅު ކުރަމުން . ސީޒަން ފެށުމުގެ ކުރިން ވެސް އަހަރެމެންނަށް ފެނުނު އެ ގާބިލުކަން އެ ކުޅުންތެރިންގެ ކިބައިގައި ހުރިތަން. މެޗުތައް ގިނައިން ކުޅެވި ތަޖުރިބާ އާއެކު އެކަން ފެންނާނެ،" ޓެން ހަގް ބުންޏެވެ.
ތަށީގެ އުއްމީދު ގެއްލުނީއޭ ބުނަން އާޓެޓާ ބޭނުމެއް ނޫން
ޔުނައިޓެޑްގެ ވަޒީފާ ގެއްލިދާނެތީ އަމޯރިމް ކަންބޮޑެއްނުވޭ
ޕޮޓާއަށް ފެންވަރު ދައްކާލައި ޗެލްސީ އަލުން ހަތަރަކަށް
ރަޝްފޯޑަށްވުރެ 63 އަހަރުގެ ކޯޗު ވެސް ރަނގަޅު
މާޓިނޭޒްގެ ނަސީބު ގޯލުން ޔުނައިޓެޑަށް ހިނިތުންވުން
ލިވަޕޫލް އަތުން ޕޮއިންޓެއް ލިބުނަސް އަމޯރިމް ދެރަވެފައި
ޔުނައިޓެޑް ކުޅުންތެރިން ނަފްސާނީ އުނދަގޫ ކުރިމަތިވެފައި
މެންޗެސްޓާ ޔުނައިޓެޑް ރެލިގޭޓް ވެދާނެ: ކޯޗު
ސިޓީއަށް ލިބުނީ ލުޔެއް، އެކަމަކު ލިވަޕޫލް ދޫނުދިން
ފުރަތަމަ މޮޅާއެކު ނިސްޓެލްރޫއީއަށް ހޫނު މަރުހަބާއެއް