Roadha Mihaaru
އަކުއަ ވީޓާގެ އެޕާޓްމަންޓުތައް ނިންމައި ވިއްކަނީ

އަކުއަ ވީޓާގެ އިންތިޒާރަށް ނިމުން: އެޕާޓްމަންޓުތައް ނިންމައި ވިއްކަނީ

06 ފެބުރުއަރީ 2024

ލަގްޒަރީ, ހިތްފަސޭހަ, ރީތި ސްޓައިލިޝް އެޕާޓްމަންޓަކަށް ބޭނުންވެ ކެތްމަދުވެފައި ތިބި ގިނަ ބަޔަކަށް މީގެ އަހަރުތަކެއް ކުރިން އަކުއަ ވީޓާ ރެޒިޑެންސާ ގުޅޭ ގޮތުން ލީފްލެޓުތަކުން ފެނުނު އެޕާޓްމަންޓުތައް ގިނަ ބަޔަކަށް ކަމުދިޔަ އެވެ. ލީފްލެޓުން އޭރު އެތަން ނިމުމުން ހުންނާނެ ގޮތް ކަމަށް ފެނުނު އެ އެޕާޓްމަންޓުތަކުގެ ހިތްގައިމުކަމުން, އެ ތަނުގެ އެޕާޓްމަންޓުތައް އޭރުން ފެށިގެން ޑިމާންޑު ބޮޑުވެ, އެޕާޓްމަންޓުތައް ވިއްކުމަށް ހުޅުވާލި ފުރުސަތުގެ ބޭނުން ހިފައި ގިނަ ބަޔަކު ގިނަ އެޕާޓްމަންޓުތައް ގަތެވެ.

ލަގްޒަރީ, ހިތްފަސޭހަ, ރީތި ސްޓައިލިޝް އެޕާޓްމަންޓަކަށް ބޭނުންވެ ކެތްމަދުވެފައި ތިބި ގިނަ ބަޔަކަށް މީގެ އަހަރުތަކެއް ކުރިން އަކުއަ ވީޓާ ރެޒިޑެންސާ ގުޅޭ ގޮތުން ލީފްލެޓުތަކުން ފެނުނު އެޕާޓްމަންޓުތައް ގިނަ ބަޔަކަށް ކަމުދިޔަ އެވެ. ލީފްލެޓުން އޭރު އެތަން ނިމުމުން ހުންނާނެ ގޮތް ކަމަށް ފެނުނު އެ އެޕާޓްމަންޓުތަކުގެ ހިތްގައިމުކަމުން, އެ ތަނުގެ އެޕާޓްމަންޓުތައް އޭރުން ފެށިގެން ޑިމާންޑު ބޮޑުވެ, އެޕާޓްމަންޓުތައް ވިއްކުމަށް ހުޅުވާލި ފުރުސަތުގެ ބޭނުން ހިފައި ގިނަ ބަޔަކު ގިނަ އެޕާޓްމަންޓުތައް ގަތެވެ.

މިތަން ނިމޭނެ ދުވަހެއްގެ އިންތިޒާރުގައި ކެތް މަދުވެ ތިއްބައި, އެ ތަނުގެ ޒަމާނީ އެޕާޓްމަންޓުތައް, އޭގެ އެންމެ ފުރިހަމައަށް ނިންމައި އެ ތަނުގައި ބާކީ ހުރި އެޕާޓްމަންޓުތައް ވިއްކަން މިހާރު ވަނީ ހުޅުވާލައިފަ އެވެ.

މި އެޕާޓްމަންޓުތަކުގެ ތެރޭގައި 1،167 އަކަފޫޓާއި 1،090 އަކަފޫޓުގެ 1+2 ބެޑްރޫމުގެ އެޕާޓްމެންޓާއި 1،427 އަކަފޫޓުގެ 1+3 ބެޑްރޫމުގެ އެޕާޓްމަންޓު ހިމެނެ އެވެ.

އަކުއާ ވީޓާގެ އެޕާޓްމަންޓް ބިލްޑިން. -- ފޮޓޯ: އަކުއަ ވީޓާ

އަކުއާ ވީޓާގެ އެޕާޓްމަންޓް ބިލްޑިން. -- ފޮޓޯ: އަކުއަ ވީޓާ

އަކުއަ ވީޓާގެ އެޕާޓްމަންޓުތަކަކީ ހިތްފަސޭހަ ދިރިއުޅުމަކަށް ކޮންމެހެން ބޭނުންވާނެ ހުރިހާ ކަމެއް ހިމަނައިގެން ފަރުމާކޮށްފައިވާ ތަނެކެވެ. އެ ތަނުގައި ބޭރަށް ހުޅުވޭ ދޮރުތައް ވެސް ހިމެނޭ ގޮތުން، އެޕާޓްމަންޓުތަކުގެ ހުރިހާ ކުޑަދޮރުތަކެއްގައި 10 މިލިމީޓަރު ޑަބަލް ގްލޭޒްޑް ބިއްލޫރި ބޭނުންކޮށްފައިވެ އެވެ. މި ބިއްލޫރި އަކީ އަވި ދިނުމުގެ ސަބަބުން އެޕާޓްމަންޓުގެ އެތެރެއަށް ގުދުރަތީ ގޮތުން ވާ ހޫނު 73 ޕަސެންޓާ ހަމައަށް ކުޑަކޮށްދޭ ބިއްލޫރިއެކެވެ. އަދި އެއިން މަގުމަތީގެ ޓްރެފިކާއި އެ ނޫން ވެސް ބޭރުން އިވޭ އަޑުތަކުގެ 70 ޕަސެންޓް ދަށްކޮށްދެ އެވެ. މި ތަނަކީ މި ފަދަ މަތީ ފަންތީގެ ތަކެއްޗާ އެކު, އެންމެ ފަހުގެ ޓެކްނޮލަޖީގެ އެހީގައި އެންމެ ހިތްފަސޭހަ ދިރިއުޅުމެއް ލިބޭނެ ގޮތަށް ހަދާފައިވާ ތަނެކެވެ.

މި ތަނުގެ އެޕާޓްމަންޓްތަކުގައި އެންމެ ފަހުގެ ހާޑްވުޑް ފްލޯރިން ވަނީ އަޅައިފަ އެވެ. މި ފްލޯރިން އަކީ ތަށިމުށިތަކުގެ ދޭތެރެތަކުގައި ހިރަފުހާއި ކުނިކޮޅުކޮޅު ތާށިވުމުގެ މައްސަލަ ހައްލުކޮށްދީ, ދިގު މުއްދަތަކަށް ތަނުގެ ފްލޯރިން ރީތިކޮށް ދަމަހައްޓާދޭނެ ފްލޯރިންއެކެވެ.

އަކުއާ ވީޓާގެ އެޕާޓްމަންޓެއްގެ ލިވިން ރޫމް. -- ފޮޓޯ: އަކުއަ ވީޓާ

އަކުއާ ވީޓާގެ އެޕާޓްމަންޓެއްގެ ލިވިން ރޫމް. -- ފޮޓޯ: އަކުއަ ވީޓާ

ޖާގަ ތަނަވަސް ބަދިގެއެއް އަކުއަ ވީޓާގެ އެޕާޓްމަންޓުތަކުގައި ހިމެނޭއިރު, ބަދިގޭގައި ބޭނުން ކޮށްފައި ވަނީ އިޓަލީގެ ލަގްޒަރީ ބްރޭންޑެއް ކަމަށްވާ "ކަމަގްނީ" ބްރޭންޑުގެ ކަބަޑު ސެޓެވެ. ހަމަ އެ ބްރޭންޑުގެ އުނދުނާއި ހުޑެއްގެ އިތުރުން އަވަނެއް ވެސް މި ކަބަޑުސެޓާ އެކު ހުރެ އެވެ. އަދި ދަތިކަމެއް ނެތި ގޭސް ފޯރުކޮށްދިނުމަށް މި ތަނުގައި ވަނީ ގޭހާއި ފެނާއި ކަރަންޓުގެ ހިދުމަތް ވެސް ދޭ ގޮތަށް، ކޮންމެ އެޕާޓްމަންޓަކަށް ވަކިން ހޮޅި އަޅައިފަ އެވެ. މިއީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ސެންޓްރަލް ގޭސް ނިޒާމެކެވެ.

ވަކިވަކި އެޕާޓްމަންޓްތަކުން ލިބޭ ހިތްފަސޭހަކަމާއި ފެންވަރު ރަނގަޅު ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ، އިމާރާތުގައި އެކުލެވޭ ވަސީލަތްތަކުންނެވެ. ފަތާލަން ބޭނުންވާ މީހުންނަށް ޕޫލެއް އޮންނާނެ އެވެ. ކަސްރަތު ކޮށްލަން ވެސް މި އިމާރާތުން ބޭރަށް ދާކަށް ނުޖެހޭނެ އެވެ؛ އެންމެ ފެންވަރު ރަނގަޅު އާލާތްތައް ހިމެނޭ ޖިމެއް އަކުއާ ވީޓާގައި ހުންނާނެ އެވެ. ޕާޓީއެއް ނުވަތަ ހަފްލާއެއް ބާއްވަން ބޭނުން ނަމަ، އެކަން ކުރަން ހާއްސަ ތަނެއް ވެސް 14 ބުރީގެ މި ޓަވަރުގައި ހުންނާނެ އެވެ. މުނިފޫހިފިލުވާލައި ތަފާތު ކުޅިވަރުތައް ކުޅެލެވޭނެ ކްލަބް ހައުސްއެއްގެ ބޭނުން ވެސް އަކުއަ ވީޓާގައި ދިރިއުޅޭ ފަރާތްތަކަށް ލިބޭނެ އެވެ.

މި ތަނަކީ މިހާރު އޮތް ވާދަވެރި ރިއަލް އެސްޓޭޓް މާކެޓުގައި ލިބޭނެ ރަނުގެ ފުރުސަތެކެވެ. މި ތަނުން އަހަރު ކުލީގެ އާމްދަނީގެ ގޮތުގައި 11 ޕަސެންޓު ލިބޭނެ ކަމަށް ބެލެވެ އެވެ. މި ތަނަކީ ޑެންޝަލް ރިއަލް އެސްޓޭޓްގެ ދާއިރާއިން ހަރުދަނާ އަދި ބޮޑު ފައިދާއެއް ލިބޭ އެސެޓެއް ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިންވެސްޓުކުރަން އޮތް އެންމެ ފުރިހަމަ އެއް އޮޕްޝަނެވެ.

މި ތަނުގެ އެޕާޓްމަންޓުތަކުގެ މައުލޫމާތު 7395554 އަދި 7388866 އިންނާއި އަކުއަ ވީޓާގެ ވެބްސައިޓުން ލިބޭނެ އެވެ.

ނޯޓު: މިއީ އަކުއަ ވީޓާގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.