Roadha Mihaaru
މިޔަރެއް ހަމަލާދީ މީހެއްގެ އަތް ޒަހަމްކޮށްލައިފި

މިޔަރެއް ހަމަލާދީ މީހެއްގެ އަތް ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި

06 ފެބުރުއަރީ 2024

ހއ. އަތޮޅުގައި މިއަދު ފާނަ މަސްވެރިކަން ކުރަމުން އައި ދޯންޏެއްގެ މަސްވެރިޔަކަށް މިޔަރެއް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހއ. އަތޮޅުގައި މިއަދު ފާނަ މަސްވެރިކަން ކުރަމުން އައި ދޯންޏެއްގެ މަސްވެރިޔަކަށް މިޔަރެއް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.

މި ހާދިސާގައި އަނިޔާވީ 28 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

އެ މީހާއަށް ހއ. ހޯރަފުށީ ހެލްތު ސެންޓަރުގައި މިއަދު ހެނދުނު ފަރުވާދިނުމަށް ފަހު މިހާރު ވަނީ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.

ކުޅުދުއްފުށި ހޮސްޕިޓަލުން ދެންމެ ބުނީ އޭނާގެ ކަނާތުގައި ވަރަށް ފުން ޒަހަމްތަކެއް އެބަހުރި ކަމަށާއި އޭނާގެ އަތުން އަދިވެސް ލޭމަނާ ނުވާ ކަމަށެވެ.

މިޔަރު ހަމަލާގައި އަނިޔާވި މީހާ ކުޅުދުއްފުށި ހޮސްޕިޓަލަށް ގެންދިއުމަށް ސީއެމްބިއުލެންސް އަށް އަރުވަނީ.-- ފޮޓޯ: އިހަވަންދޫ މަސްވެރިން އެފްބީ ޕޭޖް

މިޔަރު ހަމަލާގައި އަނިޔާވި މީހާ ކުޅުދުއްފުށި ހޮސްޕިޓަލަށް ގެންދިއުމަށް ސީއެމްބިއުލެންސް އަށް އަރުވަނީ.-- ފޮޓޯ: އިހަވަންދޫ މަސްވެރިން އެފްބީ ޕޭޖް

އެނގިފައިވާ ގޮތުގައި، ފާނަ މަސްވެރިކަން ކުރަމުން އައި އެ ދޯންޏަކީ ފ. ފީއަލީގެ ދޯންޏެކެވެ.

މިޔަރަކީ ކަނޑުގައި އުޅޭ އެންމެ ނުރައްކާތެރި އެއް މަހެވެ. މިޔަރު ހަމަލާތަކުގެ ސަބަބުން މީގެ ކުރިން ވެސް ރާއްޖޭގައި ވަރަށް ގިނައިން ފުރާނައަށް ނުރައްކާ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.