ހިޔާނާތާއި މަނީ ލޯންޑްރިންގެ ތުހުމަތުކޮށް، ދައުލަތުން ދައުވާ ކޮށްފައިވާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ބައްދަލުވުމަކަށް ގަތަރަށް ދާން ޕާސްޕޯޓް ދޫކުރަން އެދުމުން ވެސް އޭނާގެ ޕާސްޕޯޓް ދޫނުކުރަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
07 ފެބުރުއަރީ 2024
ހިޔާނާތާއި މަނީ ލޯންޑްރިންގެ ތުހުމަތުކޮށް، ދައުލަތުން ދައުވާ ކޮށްފައިވާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ބައްދަލުވުމަކަށް ގަތަރަށް ދާން ޕާސްޕޯޓް ދޫކުރަން އެދުމުން ވެސް އޭނާގެ ޕާސްޕޯޓް ދޫނުކުރަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
އެފްއޭއެމްއަށް ލިބެންޖެހޭ ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް، ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ ކޮށްފައިވާއިރު އެ މައްސަލާގައި އޭނާގެ ޕާސްޕޯޓް ތަހުގީގު މަރުހަލާއިން ފެށިގެން އޮތީ ހިފަހައްޓައިފަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ގަތަރުގައި އޮތް އަންނަ ހުކުރު ދުވަހު އޭއެފްސީގެ ބައްދަލުވުމަކަށް ދާން ބައްސާމަށް ދައުވަތު ލިބިފައިވާތީ ޕާސްޕޯޓް ދޫކުރަން އޭނާ ފަރާތުން ކްރިމިނަލް ކޯޓުގައި އެދުމުން މިއަދު ބޭއްވި އަޑުއެހުމުގައި އެކަމަށް ދައުލަތުން ދެކޮޅު ހަދާފައިވާ ކަމަށެވެ.
ބައްސާމްގެ ފަރާތުން އެދުނީ މާދަމާއިން ފެށިގެން އަންނަ ހޯމަ ދުވަހާ ހަމައަށް ޕާސްޕޯޓް ދޫކުރުމަށެވެ.
ޕީޖީ އޮފީހުން ބުނީ އެކަމަށް ދެކޮޅު ހެދީ އެފްއޭއެމްގެ ފަރާތުން އެހެން މީހަކު ވެސް އެ ބައްދަލުވުމަށް ދިއުމުގެ ފުރުސަތު އޮތުމާއި ބައްސާމްގެ ޕާސްޕޯޓް ދޫކުރަން އޭއެފްސީ އާއި ސްޕޯޓްސް ކޮމިޝަނަރު ނުވަތަ އެފްއޭއެމްއިން ވެސް ރަސްމީކޮށް އެދިފައިނުވާތީ ކަމަށެވެ.
ޕީޖީ އޮފީހުން ބުނިގޮތުގައި ބައްސާމްގެ ފަރާތުން ހުށަހެޅި ކަންކަމާއި ދައުލަތުގެ ވާހަކަތަކަށް ރިއާޔަތްކޮށް، ބައްސާމްގެ ޕާސްޕޯޓް ދޫނުކުރަން ކޯޓުން މިއަދު ނިންމާފައިވާ ކަމަށެވެ.
އެފްއޭއެމްއަށް ލިބެންޖެހޭ ފައިސާތަކުގެ މައްސަލާގައި އެފްއޭއެމްއަށް މިދިޔަ އަހަރު ފުލުހުން ވަދެ، ބައެއް ލިޔުންތައް ވެސް ގެންދިޔަ އެވެ.
ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
ބައްސާމް ހަތަރު އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ބައްސާމަށް ބުދަ ދުވަހު ހުކުމް ކުރަނީ
ބައްސާމްގެ ޝަރީއަތް ނިމުމަކަށް، ދެން އޮތީ ހުކުމް
ބައްސާމް ނަގާ ދިފާއުއަކީ ހުރާފާތެއް: ޝަމީމް
ބައްސާމް ނެންގެވި ފީފާގެ ދިފާއުގެ މައްސަލަ ހައި ކޯޓަށް
އަގީލް ބަންދެއް ނުކުރެވުނު، ބައްސާމް ޝަރީއަތް ކެންސަލް
ޖަލު ހެދުން ނުލުމުން ބައްސާމް ގެނައީ ކުލަ ހެދުމުގައި
ބައްސާމް ދެކޮޅު ހެދީ ޖަލު ހެދުން ލައްވައި ބިޑިއަޅުވާތީ
ބައްސާމް ގޮޅިން ނުކުންނަން ދެކޮޅު ހަދަނީ