އަހަރުތަކަކަށް ފަހު ގައުމީ އިނާމާބެހޭ ކޮމިޓީން، ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު އިސްތިއުފާ ދެއްވައިފި އެވެ.
18 ފެބުރުއަރީ 2024
އަހަރުތަކަކަށް ފަހު ގައުމީ އިނާމާބެހޭ ކޮމިޓީން، ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު އިސްތިއުފާ ދެއްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ސިއްހީ ސަބަބުތަކާ ހެދި އަނީސާ އިސްތިއުފާ ދެއްވުމުން، އެ ކޮމިޓީގެ އިސްވެރިއަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަށިމާ އަހުމަދު ޝާކިރު އައްޔަން ކުރައްވާފައިވާ ކަމަށެވެ.
އަނީސާގެ އިސްތިއުފާ ގަބޫލުފުޅުކުރައްވައި ރައީސް ވަނީ ގައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއާޕާސަންގެ މަގާމުގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކު ދިގު މުއްދަތެއްގައި ކޮށްދެއްވި އަގުހުރި ހިދުމަތަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ގައުމީ އިނާމާ ބެހޭ ކޮމިޓީއަށް އަނީސާ އައްޔަންކުރެއްވީ 2014 ވަނަ އަހަރެވެ. އޭރު އޭނާ ހުންނެވީ ކޮމިޓީގެ މެމްބަރަކަށެވެ. އެ ކޮމިޓީގެ ޗެއާޕާސަނަށް އައްޔަންކުރެއްވީ ޖެނުއަރީ 2018 ގަ އެވެ.
އަނީސާ ވަނީ ގައުމީ އިނާމަށް ހުށަހަޅާ ވަރަށް ގިނަ މީހުންނާ އިންޓަވިއު ކުރައްވައި އަދި އެ މީހުންގެ މަސައްކަތްތައް ބައްލަވަން ވެސް ބައެއް ރަށްރަށަށް ވަޑައިގެންފަ އެވެ.
ރައީސް އޮފީހުން ވަނީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އިބްރާހިމް އިސްމާއިލް އައްޔަންކުރެއްވުމުން، އޭނާގެ ބަދަލުގައި ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ބަދުރުއްނަސީރު ގައުމީ އިނާމާ ބެހޭ ކޮމިޓީއަށް އައްޔަންކުރައްވައިފަ އެވެ.
ބަދުރު ވަނީ ރާއްޖޭގެ ބްރޯޑްކާސްޓިންގެ ދާއިރާގައި 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވެ އެވެ. އެ ދާއިރާ އިން ރާއްޖޭން ބޭރުން ތައުލީމު ހާސިލުކުރެއްވި ފުރަތަމަ ބޭފުޅަކީ ވެސް އޭނާ އެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްކަން ވެސް ކުރެއްވި ބަދުރު ދައުލަތުގެ ހިދުމަތުން ރިޓަޔާ ކުރެއްވީ 2011 ގަ އެވެ.
ވިއްސާރައިގެ ގެއްލުމުން އެނގެނީ މޫސުމީބަދަލުގެ ނުރައްކާ
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 97 ބޭފުޅަކަށް
ސިއްހީ ދާއިރާއިން ޝަރަފްގެ އިނާމު މޫސާ އަންވަރަށް
ދިވެހި ދައުލަތުގެ އިއްޒަތް ޑިމްސް ސޯލިހަށް
ޖުމްހޫރީ ދުވަހު 130 ފަރާތަކަށް އިނާމު ދެނީ
މީޑިއާ ކޮމިޝަނަށް ތިން ބޭފުޅުން އައްޔަން ކުރައްވައިފި
ސްކޭޓް އެރީނާއާ އެކު ޒުވާނުންނަށް ފުރުސަތުތައް ފަހިވާނެ
ގުރުއާން މުބާރާތުގެ 1ވަނަ އިނާމަށް ޕީއެޗްޑީ ސްކޮލަޝިޕް
ރިފަރެންޑަމް ބިލް ރައީސް ތަސްދީގު ކުރައްވައިފި
އެޗްއާރުސީއެމަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި