ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް (ޖީއައިއެސް) ގެ އެޑްމިޝަން ފޯމުގައި ޓްރާންސްޖެންޑާ ހިމެނުނީ އޮޅުމަކުން ކަމަށް އެ ސްކޫލުން މިއަދު ބުނެފި އެވެ.
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް (ޖީއައިއެސް) ގެ އެޑްމިޝަން ފޯމުގައި ޓްރާންސްޖެންޑާ ހިމެނުނީ އޮޅުމަކުން ކަމަށް އެ ސްކޫލުން މިއަދު ބުނެފި އެވެ.
ޖީއައިއެސް އިން ނެރުނު ބަޔާނެއްގައި ބުނީ، މި އަހަރު ގްރޭޑް 1 ގެ ދަރިވަރުންގެ އެޑްމިޝަން ފޯމުގައި ޖެންޑާ މެނޫގެ ދަށުން ޓްރާންސްޖެންޑާ އިހުތިޔާރު ކުރުމުގެ އޮޕްޝަން ހިމެނުނީ އިންޑިއާ އާއި އެހެން ގައުމުތަކުގައި ހިންގާ ސްކޫލްތަކުގެ އެދުމުގެ މަތިން އީއާރުޕީ ނިޒާމަށް ގެނައި ބަދަލަކާ ގުޅިގެން ކަމަށެވެ.
އެ ބަދަލު ޖީއައިއެސްގެ ފޯމަށް ވެސް އައިސްފައި ވަނީ ސްކޫލްގެ ފަރާތުން ފޯމުތައް ޗެކް ނުކުރުމުގެ ސަބަބުން ކަމަށް އެ ބަޔާނުގައި ވެ އެވެ.
އެ މައްސަލަ ފާހަގަވުމުން ވަގުތުން އެޑްމިޝަން ބަންދުކޮށް، ޑިވަލޮޕަރުންނަށް އެކަން އަންގައި އިސްލާހު ކޮށްފައިވާ ކަމަށް އެ ސްކޫލުން ބުންޏެވެ.
"...މިދިޔަ 14 އަހަރު ތެރޭގައި އަޅުގަނޑުމެން އަބަދުވެސް މި ގެންދަނީ ރާއްޖޭގެ އަހުލާގީ އަދި ދީނީ ހަމަތައް ހިފަހައްޓައި ގާނޫނާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތައި އިސްލާމީ އުސޫލުތައް ދަމަހައްޓަމުން،" ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ބަޔާނުގައި ބުންޏެވެ.
ޖީއައިއެސް އިން ބުނިގޮތުގައި އެ ސްކޫލްގެ އެޑްމިޝަނަށް އަލުން ހުޅުވާލާނީ އަންނަ އަންގާރަ ދުވަހުގެ ހެނދުނު 8:00 ގަ އެވެ.
ވަޒީފާއަށް އަހުލުވެރިކުރުވަން ޣިޔާސުއްދީންގައި ޕްރޮގްރާމް
ޣިޔާސުއްދީންގެ ކުދިން މާލީ ގޮތުން ހޭލުންތެރި ކުރަނީ
އާ އުސޫލުގައި ގްރޭޑް 9އިން ފެށިގެން ތުނބުޅި ބެހެއްޓޭ
4އިން މަތީގެ ކުދިން އާ ޔުނީފޯމުގައި ހަރުވާޅު މަޖުބޫރު
ޔުނިފޯމު 2027ގައި ބަދަލުވާ ގޮތުގެ ނަމޫނާ ފޮނުވައިފި
އަމިއްލަ ރަށުގެ ތައުލީމު ބަދަލުކޮށްލި ޕްރިންސިޕަލް
ވޮކޭޝަނަލް ތަމްރީނަށް ހާއްސަ ސްކޫލު ހުޅުވައިފި
ކުރު މުއްދަތެއްގައި ޔުނިވާސިޓީތަކަށް ވެވޭނެގޮތް ހަދައިފި
ދިރާސީ ކަލަންޑަރު ޑިޖިޓަލައިޒްކޮށްފި
ސްކޫލްތަކުން ވޭޕް ސްޓިކް ނުފެނެއޭ ބުނާވަރަށް މަދުވެއްޖެ