11 މާޗް 2024
ރިސޯޓްތަކުގެ ވިލާތައް މޮޑިފައިކޮށްގެން މި ރަށުގައި ހަދާފައިވާ އިމާރާތްތަކާއި ބޯގަންވިލާގެ ނަލަ މަގުތަކުން ފެންނަނީ ޒަމާނީ ވިސްނުންތަކެވެ. އެ މަސައްކަތްތަކުން ށ. ކަނޑިތީމަކީ ހުނަރުވެރިން ތިބި ރަށެއްކަން އެނގެ އެވެ. ގެތައް ކުރިން އިމާރާތްކުރި ޑިޒައިންތައް މި ރަށުން އެއްކޮށް ދޫކޮށްލަނީ އެވެ. ދިރިއުޅޭ ގެ ގިނަ ބަޔަކު ހަދަނީ ގެސްޓްހައުސް ހިންގޭ ގޮތަށެވެ. މި މަންޒަރުން ކެމެރާ ދުރު ނުކުރެވި އުޅެނިކޮށް އަހަރެމެންނަށް ވަދެވުނީ ދޫނި ބައިގަނޑެއްގެ ތެރެއަށެވެ.
ރިސޯޓްތަކުގެ ވިލާތައް މޮޑިފައިކޮށްގެން މި ރަށުގައި ހަދާފައިވާ އިމާރާތްތަކާއި ބޯގަންވިލާގެ ނަލަ މަގުތަކުން ފެންނަނީ ޒަމާނީ ވިސްނުންތަކެވެ. އެ މަސައްކަތްތަކުން ށ. ކަނޑިތީމަކީ ހުނަރުވެރިން ތިބި ރަށެއްކަން އެނގެ އެވެ. ގެތައް ކުރިން އިމާރާތްކުރި ޑިޒައިންތައް މި ރަށުން އެއްކޮށް ދޫކޮށްލަނީ އެވެ. ދިރިއުޅޭ ގެ ގިނަ ބަޔަކު ހަދަނީ ގެސްޓްހައުސް ހިންގޭ ގޮތަށެވެ. މި މަންޒަރުން ކެމެރާ ދުރު ނުކުރެވި އުޅެނިކޮށް އަހަރެމެންނަށް ވަދެވުނީ ދޫނި ބައިގަނޑެއްގެ ތެރެއަށެވެ.
އާދަޔާ ޚިލާފަށް ގިނަ ދޫނި ޕެރޭޑަށް އަހަރެމެން ގެއްލުނީ އެވެ. ގައިގައި ޖެހިފައި ކަހަލަ ގޮތަކަށް އުދުހިގަނެގެން ގޮސް އެ ދޫނިތައް ވަންނަނީ އެތާ ކައިރީގައި ހުރި ގެއަކަށެވެ. އެއް ބަޔަކު ވަންނައިރަށް އެ ގޭތެރެއިން އަނެއް ބަޔަކު ނުކުމެ އުދުހި ގަނެ އެވެ.
ހަމްދޫން ގެންގުޅޭ ދޫނިތަކެއް ކޮށީގައި: އެސޮރުމެން އުޅޭ ގޮތާއި ސަރަހައްދުތަކާއި ކާން އަންނަ ގަޑިތަކާއި ހާލި ހެދުމާއި ކުދި ދޫނިތައް ހާލިން ނެރެ ކޮއްޓަށް ލުމާ ހަމައަށް ވަރަށް ޝައުގުވެރިކަމާ އެކު ހަމްދޫން އަހަރެމެންނަށް ކިޔައިދިން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ހިތްގައިމު މަންޒަރެކެވެ. މިއީ މި ރަށަށް އަރާ މީހުންނާއި ރަށުގެ ރައްޔިތުންނަށް, ޒުވާން ހަމްދޫން އަފީފް ދޭ ހިތްހަމަޖެހުމެވެ. އޭނާ ކާންދީ ވަރަށް ލޯބިން ގެންގުޅޭ ދޫނިތައް ރަށު ތެރެއަށް ދޫކޮށްލައިގެން އުޅެނީ އެހެން މީހުންނަށް ވެސް އުފާވެރިކަން ހޯދައިދޭށެވެ.
"ދޫނި ގެންގުޅުމަކީ، އެ ދެން އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ރަށުތެރެއަށް ދޫކޮށްލީ ދޫނި ގެންގުޅެގެން މިލިބޭ އުފާވެރިކަން އެހެން މީހުންނާ ވެސް ހިއްސާކުރަން. ދޫނި ގެންގުޅޭ ރައްޓެހިންނާ ދެކެވޭ ވާހަކަތަކުގެ ތެރެއިން އަސްލުގައި ރަށު ތެރެއަށް ދޫކޮށްލުމުގެ ވިސްނުން އައީ،" ހަމްދޫން ބުންޏެވެ.
އޭނާ ގަބޫލުކުރާ ގޮތުގައި, އަމިއްލައަށް އުފާވާ ކަމަކުން އެހެން މީހަކަށް ނުވަތަ ބަޔަކަށް އުފާވެރިކަން ހޯދައިދިނުމުން ނޫނީ އަމިއްލައަށް ބޭނުންވާ މަގްސަދު ހާސިލެއް ނުވާނެ އެވެ. ދޫނިތައް ރަށުތެރެއަށް ދޫކޮށްލައިގެން އޭނާ ބޭނުންވާ ހިތްހަމަޖެހުން ލިބެ އެވެ.
ހަމްދޫންގެ ގޭތެރޭގައި ހުރި ގަހުގައި ދޫނިތައް ހާލި ހަދައިގެން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެހެން ރަށްތަކުގައި ތިބި ދޫނިގެންގުޅޭ އޭނާގެ ރައްޓެހިން ވެސް ރަށު ތެރެއަށް މިގޮތަށް ދޫނި ދޫކޮށްލަން ފަށައިފި އެވެ. މި ރަށުގައި މިކަން، ފަސޭހަވީ، ހަމްދޫން ބުނި ގޮތުގައި، ޒުވާނުން އެކަކު އަނެކަކަށް ދޭ އެއްބާރުލުމާއި އެހީތެރިކަމުންނެވެ. އެކަކު ކުރާ ކަންކަމުގައި އަނެކަކު އެހީގެ އަތެއް ދިއްކޮށްލާނެ ކަމުގެ ޔަގީންކަން އޮންނާތީ އެވެ.
ހަމްދޫން ކިޔައިދިން ގޮތުގައި މި ރަށަށް އަރާ ވަރަށް ގިނަ ބަޔަކަށް މި ދޫނިތައް ހާއްސަ އެވެ. އެހެންވެ އޭނާގެ ގެ ވެސް އޮތީ ދޫނި ބަލަން ބޭނުންވާ މީހުންނަށް ހުޅުވާލައިފަ އެވެ. ދޮރާށިން ވަދެ ފުރަތަމަ ފިޔަވަޅާ އެކު އެ މީހަކަށް މަރުހަބާ ކިޔާނީ ހަމްދޫންގެ ދޫނިތަކެވެ.
ކުޑަކުދިންގެ ޕާކާ ޖެހިގެން ހުރި ނިކަ ގަހުގައި ހަމްދޫންގެ ދޫނިތައް ހާލި ހަދާފައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ގޭތެރޭގައި ހައްދާފައި ހުރި ބިޔަ ގަހުގައި ވެސް ދޫނިތައް ތިބީ ހާލި ހަދައިގެންނެވެ. ބޮޑު ސަރަހައްދެއްގައި ހުރީ ދޫނި ކޮށިތަކެވެ. ގޭތެރެއިން އެކި ރާގު ރާގަށް އިވެނީ ދޫނިތައް ގޮވާ އަޑެވެ.
އެ ގޮވުމުގެ އަޑު ކޮންމެ ދުވަހަކު ވެސް އެ ގެއިން ކެނޑެނީ އިރޮއޮއްސޭ ފަހުންނެވެ.
"މަތިން ތި އަންނަނީ ހާއްޔަށް ވަންނަން އަންނަ ދޫންޏެއް. ހައުސް ޕެރޯތަކާއި ވީވާތައް ވެސް އެ އުޅެނީ ކާން ވަންނަން. ކާގަޑިއަށް، ފެންބޯގަޑިއަށް، އައިސް ކޮއްޓަށް ވަންނާނެ. އަނެއްކާވެސް ނުކުމެގެން ގޮސް ރަށު ތެރޭގައި އެ އުޅޭތާކު އުޅެލާފައި ނިދާ ގަޑިއަށް އަންނާނެ," އޭނާގެ ދޫނިތަކުގެ ހަރަކާތްތައް ފަރިތަކަމާ އެކު އަހަރެމެންނަށް ކިޔައިދިނެވެ.
ހަމްދޫން "މިހާރު"އާ ވާހަކަ ދައްކަނީ. -- ފޮޓޯ : ފަޔާޒް މޫސާ | މިހާރު
ކޮކްޓެއިލްތަކާއި ވީވާ އާއި ހައުސް ސްޕެރޯ އިން ފެށިގެން އެތައް ދޫންޏެއްގެ ނަން އޭނާ ކިޔަސް ދޫނި ފެނުނުލެއް ގިނަކަމުން ހަނދާން ހުންނަވަރެއް ނުވި އެވެ. އެސޮރުމެން އުޅޭ ގޮތާއި ސަރަހައްދުތަކާއި ކާން އަންނަ ގަޑިތަކާއި ހާލި ހެދުމާއި ކުދި ދޫނިތައް ހާލިން ނެރެ ކޮއްޓަށް ލުމާ ހަމައަށް ވަރަށް ޝައުގުވެރިކަމާ އެކު އަހަރެމެންނަށް ކިޔައިދިނެވެ.
އަހަރެމެން އަހާނެ ވާހަކައެއް ނެތެވެ؛ ބޭނުންވާ ހުރިހާ މައުލޫމާތެއް އެއްފަހަރާ ދެ އެވެ.
ދޫނި ނުގެންގުޅޭ ހަނދާނެއް އޭނާގެ ނެތެވެ. މަސް ގެންގުޅުމާއި ދޫނި ގެންގުޅުމަކީ ހަމްދޫންގެ ދިރިއުޅުމުގެ އެއް ބައެކެވެ.
ފުރަތަމަ ދެތިން ހަތަރު ވައްތަރެއްގެ ދޫނި ގެންގުޅުނަސް ގިނަ ކުރަމުން ގޮސް ހަމްދޫންގެ ކޮށީގައި މިހާރު ވަރަށް ގިނަ ވައްތަރުތަކުގެ ދޫނި އެބަތިއްބެވެ. ރަށުތެރޭގައި އުދުހޭ ދޫނިތައް ގިނައިން އުޅެނީ ކުޑަކުދިންގެ ޕާކާ ޖެހިގެން ހުންނަ ނިކަގަހުގަ އެވެ.
"ނިކަގަހުގައި ހަދާ ހާލީގައި ވިހައިގެން ޅަ އެއްޗެހި ގޮވައިގެން އަންނާނެ ގެއަށް, ހައުސްޕެރޯ މިއުޅެނީ ގޭގެ އަސްކަނި ދަށުގައި މި ހުންނަ ބިސްއަޅައިގެން. ބުރަކަށް ހަތަރު ފަސް އެތި ބާލާނެ ކޮއްޓަށް," ހަމްދޫން ކިޔައިދިނެވެ.
ހަމްދޫން ދޫނިތަކަށް ކާންދެނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެގޮތަށް ދޫކޮށްލައިގެން އުޅެނީ ހަމްދޫން ބުނިގޮތުގައި ރަށުގެ މީހުން ވެސް ބޭނުންވާތީ އެވެ. އެއްވެސް މީހެއްގެ އުނދަގުލެއް ދޫނިތަކަށް ނުފޯރަ އެވެ. ގިނަ ބަޔަކު ދެކެނީ ވެސް މި ދޫނިތަކަކީ މި ރަށަށް ހާއްސަ ކަމެއްގެ ގޮތުގަ އެވެ.
"މީހުން ވަރަށް ހިތްހަމަޖެހޭ މިގޮތަށް ދޫކޮށްލާފައި ތިބީމަ. ދޫނިތައް މިހެން އުދުހިފައިދާތަން ފެންނާތީ މި ރަށުގެ މީހުން ވެސް ކަމުގޮސްގެން އެ ވާހަކަ ދައްކާ,"
ހަމްދޫންގެ ދޫނިތައް ކޮށީގައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ގިނަ ކޮށިތައް ހަދައިގެން މީހުން އާއްމުކޮށް ދޫނި ގެންގުޅެނީ އާމްދަނީ ހޯދަން ނަމަވެސް ހަމްދޫންގެ އެ ވިސްނުމެއް ނެތެވެ. ސަރުކާރު ކުންފުންޏެއްގެ ވަޒީފާގައި އުޅޭ ހަމްދޫން ބޭނުންވަނީ ވީހާވެސް ގިނަ ދޫނި އަދިވެސް ރަށުތެރެއަށް ދޫކޮށްލާށެވެ.
ދޫނި ގެންގުޅެގެން ހޯދަން ބޭނުންވާ އެއަށް ވުރެން ބޮޑު އުފާވެރިކަމެއް އޭނާގެ ނެތެވެ.
ޒަރީރުގެ ތާރީޚީ ހަޒާނާއިން ބައެއް ވާހަކަތައް
މިލިއަނުން ކިޔަސް ނުވިއްކާނެ، އެހާ ތަފާތު ދޫންޏެއް
ވަޒީފާ ދޫކޮށްލާފައި ދޫނިތަކުގެ މަންމައަކަށް!
ހާފިޒެއް، އިމާމެއް، ދަނޑުވެރިއެއް
ބިޝާ:މޭކަޕް ކުރުމުގެ ދާއިރާއިން ރާއްޖޭގެ އެންމެ އުހަށް
އުފާވެރިކަން މާޒީ އަށް، މިއީ ހިތްދަތި ހަޔާތެއް
ޝަބާނާ ކުރި ތަޖުރިބާއިން ވަރުގަދަ ވިޔަފާރިއެއް
ނަސީރު: ފެހުމުގައި މި ސަރަހައްދުގެ އެންމެ ވަރުގަދަ ނަން!
ވަހީދުބެ: އުމްރާވެރިންގެ ދިވެހި "މާސްޓަޝެފް"
ހުސެންގެ ދުނިޔެ އަނދިރިވީ ހަމަ ކުއްލިއަކަށް