Roadha Mihaaru
މާރާމާރީގައި ބޯ ފެޅުނު ޒުވާނާ މާލެ ފޮނުވަނީ

މާރާމާރީގައި ބޯ ފެޅުނު ޒުވާނާ މާލެ ފޮނުވަނީ

12 ޖޫން 2016

އައްޑޫ ހިތަދޫގައި ރޭ ހިންގި މާރާމާރީގައި ބޯ ފަޅައިގެން ދިޔަ ޒުވާނާ އިތުރު ފަރުވާ އަށް މާލެ ފުރުވާލަން ތައްޔާރުވަމުން އަންނަ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ ހިތަދޫގައި ރޭ ހިންގި މާރާމާރީގައި ބޯ ފަޅައިގެން ދިޔަ ޒުވާނާ އިތުރު ފަރުވާ އަށް މާލެ ފުރުވާލަން ތައްޔާރުވަމުން އަންނަ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އެ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އަނިޔާވެގެން ރޭ ގެންދިޔަ ފަސް މީހުންގެ ތެރެއިން ދެ މީހުން އައިސީޔޫގައި ތިބި އިރު، އަނެއް ތިން މީހުން ރޭ ދޫކޮށްލައިފައިވާ ކަމަށެވެ.

އައިސީޔޫގައި ތިބީ ބޯ ފަޅައިގެން ދިޔަ ޒުވާނާގެ އިތުރުން، ބުރަކައްޓަށް ކަޓަރު ތިލައެއް ވައްދާލައިގެން ޒަހަމްވި މީހާ އެވެ.

"ބުރަކަށި ޒަހަމްވި ކުއްޖާގެ ހާލު ވެސް މިހާރު ރަނގަޅުވަމުން އަންނަނީ. ބޯ ފަޅައިގެން ދިޔަ ކުއްޖާގެ ސީޓީ ސްކޭނެއް ހަދަން ޖެހޭތީ އޭނާ މެންދުރު ފަހު އެއްގަޑި ބައިގައި ފުރުވާލާ ގޮތަށް ހަމަޖެހިފައި ވަނީ،" އޮފިޝަލް ވިދާޅުވި އެވެ. "އޭނާގެ ހާލު ވެސް ގޯހެއް ނޫން މިހާރު."

ރޭ ދަންވަރު ހިތަދޫ ދެ ގްރޫޕެއްގެ މެދުގައި ހިންގި މާރާމާރީ އާ ގުޅިގެން ހަތަރު މީހަކު ފުލުހުން ރޭ ވަނީ ހައްޔަރުކޮށްފަ އެވެ.