ޕައިލެޓުންނާއި ކެބިން ކްރޫން ރޯދައަށް ތިބެ ދަތުރުކުރުމަކީ އެ މީހުންނާއި ބޯޓުން ދަތުރުކުރާ އެހެން މީހުންގެ ފުރާނައަށް ވެސް އޮތް ނުރައްކަލެއް ކަމަށާއި އެހެންވެ ދަތުރު އޮންނަ ދުވަސްތަކުގައި ޕައިލެޓުންނާއި ކްރޫން ރޯދައަށް ނުތިބުމަށް ޕާކިސްތާންގެ ގައުމީ އެއާލައިނުން ލަފާ ދީފި އެވެ.
ޕައިލެޓުންނާއި ކެބިން ކްރޫން ރޯދައަށް ތިބެ ދަތުރުކުރުމަކީ އެ މީހުންނާއި ބޯޓުން ދަތުރުކުރާ އެހެން މީހުންގެ ފުރާނައަށް ވެސް އޮތް ނުރައްކަލެއް ކަމަށާއި އެހެންވެ ދަތުރު އޮންނަ ދުވަސްތަކުގައި ޕައިލެޓުންނާއި ކްރޫން ރޯދައަށް ނުތިބުމަށް ޕާކިސްތާންގެ ގައުމީ އެއާލައިނުން ލަފާ ދީފި އެވެ.
ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންގެ ކޯޕަރޭޓް ސޭފްޓީ މެނޭޖްމަންޓާއި އެއާކްރޫ މެޑިކަލް ސެންޓަރުގެ ލަފާގެ މަތިން ދިން އިރުޝާދުގައި ބުނެފައިވަނީ ރޯދަޔަށް ތިބެގެން ދަތުރުކުރުމަކީ ނުކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަކު ރޯދައަށް ތިބެ ދަތުރުކުރުމުގެ ރައްކާތެރިކަން ކުޑަ ކަމަށެވެ.
އޭގައި ބުނެފައިވަނީ އިމަޖެންސީ ހާލަތެއްގައި ކުއްލި ނިންމުންތައް ނިންމަންޖެހޭއިރު އެފަދަ ވަގުތެއްގައި ގޯސް އަދި އެކަށީގެންވާ ވަރަށްވުރެ ލަހުން ނިންމުންތައް ނިންމުމަކީ ރޯދައަށް ތިބޭ ނަމަ މެދުވެރިވެދާނެ ހާލަތެއް ކަމަށެވެ.
"ރޯދައިގެ މަތިވެރިކަމަކީ އެކަމާ މެދު ބަހުސެއް ނެތް ކަމެކެވެ. ނަމަވެސް ރޯދަ ހިފާ މީހާގެ އާންމު ދިރިއުޅުމަށް ބަދަލުތައް އާދެ އެވެ. އެހެންކަމުން، ދަތުރުކުރާއިރު ރޯދަ ހިފުމުގައި ކަނޑައެޅިފައިވާ ލުއިތަކެއް ހުރުމުން ރޯދަޔަށް ތިބެ ދަތުރުކުރުމަކީ ދީނީ ކަމެއްގެ ގޮތުގައި ނުބެލެވެ އެވެ." ކްރޫންނަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
ރޯދަޔަށް ހުންނައިރު ސަމާލުކަން ކުޑަވުމާއި ނިންމުންތައް ނިންމުމުގެ ގާބިލުކަން ދަށްވުމާއި ހަރަކާތްތައް ލަސްވުން ފަދަ ކަންކަން ދިމާވާ ކަމަށާއި އަދި ހަކަތަ ވެސް ދަށްވެފައި ހުންނަ ހުރުމަށް ބަލާއިރު ރޯދަ ހިފައިގެން ތިބެ ވައިގެ ދަތުރުތައް ކުރުމަކީ ބޯޓުގައި ތިބޭ މީހުންގެ އިތުރުން ގްރަންޑް ސްޓާފުންނަށް ވެސް ނުރައްކަލެއް ކަމަށް ވަނީ ބުނެފަ އެވެ.
އެހެންވެ އިރުޝާދުގައި ލަފާ ދީފައިވަނީ ޕައިލެޓުންނާއި ކްރޫން ރޯދަޔަށް ތިބެ ދަތުރު ނުކުރުމަށެވެ.
މިގޮތަށް އަމަލުކުރުމަށް އަންގާފައިވާކަން އެއާލައިނުން ކަށަވަރުކޮށްދީފައި ވާއިރު އެ ގައުމުގެ ސިވިލް އޭވިއޭޝަން ރޫލްގައި ވެސް އޮންނަނީ އެގޮތަށް އަމަލުކުރުމަށެވެ.
ރާއްޖެ-ޕާކިސްތާނާ ދެމެދު އަލުން ސީދާ ދަތުރުތައް ފަށަނީ
ޕާކިސްތާނުގައި ފެން ބޮޑުވެ މަރުވި އަދަދު 400 އަށް
ޕާކިސްތާނުގައި ފެންބޮޑުވެ 200 މީހުން ގެއްލިފައި
ވިއްސާރާގައި 48 ގަޑިއިރުތެރޭ ޕާކިސްތާނުން 320 މަރު
އާ ޓާމިނަލުގެ ދެވަނަ އެއާލައިނަކަށް އެއާ އަރަބިއާ
އިމްރާންގެ ޕާޓީގެ 108 މެންބަރަކު ޖަލަށް ލައިފި
ކަޝްމީރުގައި ހަމަލާދިން އެންމެ މަރާލައިފިން: އިންޑިއާ
ޕާކިސްތާނުގެ ކޯޗަކަށް ނިއުކާސަލްގެ ކުރީގެ ތަރި ސޮލާނޯ
ޓާމިނަލް ހުޅުވަން ދަތުރުތައް ދޮޅުގަޑިއިރަށް ހުއްޓާލަނީ
ވިއްސާރާގައި 24 ގަޑިއިރުތެރޭ ޕާކިސްތާނުން 54 މަރު