ލައިސަންސް ނެތި، ޓުއާ އޮޕަރޭޓަރުންނަށް ހިދުމަތް ނުދެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދަތުރު ރާވައި ހިންގުމުގެ ހިދުމަތާ ގުޅޭ ބިލް އަނބުރާ ގެންގޮސްފި އެވެ.
19 މާޗް 2024
ލައިސަންސް ނެތި، ޓުއާ އޮޕަރޭޓަރުންނަށް ހިދުމަތް ނުދެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދަތުރު ރާވައި ހިންގުމުގެ ހިދުމަތާ ގުޅޭ ބިލް އަނބުރާ ގެންގޮސްފި އެވެ.
ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ ޕީއެންސީގެ މެމްބަރު ހަސަން ޒަރީރު ހުށަހެޅުއްވި ބިލްގެ ފުރަތަމަ ކިޔުން ތަޅުމަށް އިއްވީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އޭގެ ފަހުން އެ ބިލްގެ މަސައްކަތް ކުރިއަށް ގެންދަން އެޖެންޑާ ކުރި ނަމަވެސް ކޯރަމް ހަމަނުވާތީ ބިލްގެ މަސައްކަތް އިތުރަށް ކުރިއަށް ނުގެންދެވުނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ މަޖިލީހުގެ ގަވައިދުގެ 92 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މި ބިލް ސަރުކާރުން އިއްޔެ އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
މި ބިލަކީ ދިވެހިރާއްޖޭގައި ޓޫރިޒަމާ ގުޅުން ހުރި ދަތުރުތައް ރާވައި ހިންގުމުގެ ހިދުމަތް ދޭ ފަރާތްތަކަށް ލައިސަންސް ދިނުމުގެ އުސޫލުތަކާއި އެފަދަ ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުގެ މިންގަނޑުތައް ބަޔާންކުރާ ބިލެކެވެ. ބިލުގައިވާ ގޮތުން، އެ ހިދުމަތާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ރެގިއުލޭޓުކޮށް، މޮނިޓާ ކުރުމުގެ ހަރުދަނާ ގާނޫނީ އޮނިގަނޑެއް އެކުލަވައިލަން ޖެހެ އެވެ.
ބިލްގައިވާ ގޮތުން ޓޫރިޒަމާ ގުޅުން ހުރި ދަތުރުތައް ރާވައި ހިންގުމުގެ ހިދުމަތް ދެވޭނީ ހަމައެކަނި ލައިސަންސް އޮންނަ ފަރާތްތަކަށް އެކަންޏެވެ. ލައިސަންސް ދިނުމެ ޝަރުތުތަކާއި ގިންތި ކުރާނެ ގޮތް ވެސް މި ބިލްގައި ބަޔާން ކޮށްފައިވެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މައިނޯރިޓީ ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ، ބިލް އަނބުރާ ގެންދިޔައީ އިތުރު އިސްލާހުތައް ހުށަހެޅުމަށް ކަމަށެވެ.
ގޮނޑި ގެއްލޭ އިސްލާހު ސައްހަކަމަށް ކަނޑައަޅަން އެދެފި
ގޮނޑީގެ މައްސަލާގައި ނިންމީ ޝަރީއަތް ކުރިއަށް ގެންދަން
ގާނޫނުއަސާސީއާ ކުޅެވޭނީ މަޖިލީހަށް އެކަނި: އިމްތިޔާޒު
ގާނޫނުއަސާސީއަށް ގެންނަ ބަދަލު ކޯޓުތަކަށް ނުބެލޭނެ:އޭޖީ
ގޭންގްތައް ކަނޑައެޅުން ކޮމިޓީއަށް ދޭ މާއްދާ އުނިކޮށްފި
އޭޖީ އޮފީސް ސިވިލް ސާވިސް އިން ވަކިކުރަނީ
މަދަނީ އަދުލުގެ ނިޒާމު ހުއްޓިފައި، އިސްލާހު ހުށަހަޅަނީ
ޖޫރިމަނާގެ ފައިސާ ނުދައްކާ ބޯޓުތައް ފުރައިގެންދަނީ
އޭޖީ ނުހިމަނާ ބާ ކައުންސިލް އެކުލަވާލަން ފާސްކޮށްފި
ބާ ކައުންސިލުން އޭޖީ އުނިކުރަން ގާނޫނު އިސްލާހު ކުރަނީ