ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 އިން ދޫކޮށްފައިވާ ގޯތިތަކުގެ އިންފާރު ވަކިކޮށްދޭން އެޗްޑީސީން މިއަދު ފަށައިފި އެވެ.
23 މާޗް 2024
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 އިން ދޫކޮށްފައިވާ ގޯތިތަކުގެ އިންފާރު ވަކިކޮށްދޭން އެޗްޑީސީން މިއަދު ފަށައިފި އެވެ.
ގޯތިތައް ސާވޭ ކުރުމަށްފަހު، އިން ވަކިކުރުމުގެ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ހަރަކާތަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، މިއީ އަބަދުވެސް ކުރަމުން އަންނަ މަސައްކަތެއް ކަމަށާއި އެ ކުންފުނިން މި ފަހަރު ބިންވެރިންނަށް ފަސޭހަ ކޮށްދިނީ ކަމަށެވެ.
މީގެ ކުރިން އަމަލު ކުރަމުން އަންނަ ގޮތުން ނަމަ ގޯތީގައި އިމާރާތް ކުރަން ފެށުމުގެ ކުރިން ތިން މަރުހަލާއެއް ފުރިހަމަ ކުރަން ޖެހޭ ކަމަށާއި ނަމަވެސް މިހާރު އިންފާރު ވަކިކޮށްފައި ދިނުމުން ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދައިގެން ރާނަން ފެށޭ ވަރު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދު އައިސް މި ގާތައް އިންފާރުގައި އަތުރައި ދީފައި މި ދެނީ މިހާރު. އޭގެ މާނައަކީ އެ ބޭފުޅުންނަށް ހުއްދަ ހަމަ ދޫކޮށްލާއިރަށް މި އިންފާރުގައި މާކް ކޮށްފައި ހުރި އޭރިއާގައި އިންފާރު ވަކިކުރުމުގެ ދަތިކަމެއް ނާންނާނެ،" ފަޒުލް ވިދާޅުވި އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތަކުގެ އިންފާރު ވަކިކުރުމުގެ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ހަރަކާތުގައި އެ ކުންފުނީގެ އެމްޑީ ފަޒުލް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އޭނާ ވިދާޅުވީ އެޗްޑީސީން މަސައްކަތް ކުރަމުން އަންނަނީ ހުޅުމާލޭގެ ތިން ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ނިމެންވާއިރަށް، މިހާރު ދޫކޮށްފައި ހުރި ގޯތިތަކަށް ދިމާވެފައިވާ މައްސަލަތައް ވީ އެންމެ އަވަހަކަށް ހައްލުކޮށް، ގޯތިތަކުގައި އިމާރާތް ކުރުމުގެ ހުއްދަ ދިނުމަށް ކަމަށެވެ.
ކަރަންޓާއި ފެނުގެ ނެޓްވޯކަށް އަރާ ގޮތަށް ދޫކޮށްފައިވާ ގޯތިތަކާއި ވެއްޔާއި ހިލަފުނިތައް މަތިން ދޫކޮށްފައިވާ ގޯތިތައް ވެސް ބިންވެރިޔާ އަށް ބޭނުން ކުރެވޭނެ ގޮތަށް، އެ މަސައްކަތްތައް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ފަށާފައިވާ ކަމަށް ފަޒުލް ވިދާޅުވި އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތަކުގެ އިންފާރު ވަކިކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"ނިސްބަތުން ބަލާއިރު މާ ގިނަ ދުވަހެއް ނުވާނެ ބިން ދޭކަށް. ނުދެވިގެން އުޅެނީ 150 ވަރަކަށް ޕްލޮޓު،" އޭނާ ވިދާޅުވި އެވެ.
އިންފާރު ވަކިކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާއިރު، ގޯތިތައް ލިބުނު މީހުންނަށް އެ ބިންތައް ހަވާލުކުރުމަށް އެތަން ސާފުކޮށް ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތް ވެސް އެޗްޑީސީން އަންނަނީ ކުރަމުންނެވެ.
2،100 ފްލެޓާ އެކު އެޗްޑީސީގެ ބިޔަ 15 ޕްރޮޖެކްޓެއް
ފަޒުލްއަށް ކުރަނީ ލިޔުންތަކެއް ނައްތާލިކަމުގެ ތުހުމަތު
ފުރުން މަނާކުރި ނުވަ މީހެއްގެ ޕާސްޕޯޓު ދޫކޮށްލައިފި
ޒުހޫރުގެ ސިޓީ ލިބުނު ނަމަ ފިޔަވަޅު އަޅާނަން: ރައީސް
އެޗްޑީސީގެ އެމްޑީ ފަޒުލް އިސްތިއުފާ ދެއްވައިފި
ނުހައްގު ގޯތި ހޯދި ފަޒީލްގެ ބިމެއް މާލޭގައި އޮވޭ
ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
3 ބިމެއްގެ މައްސަލަ މިހާތަނަށް ފާހަގަވެފައިވޭ: ޕޮލިސް
ލިޔުން ދިނީ ކުރީގެ ސަރުކާރުން ކަމަށް ބުނޭ: ފުލުހުން
ފަޒުލް އަށް އަދި އެއްވެސް ތުހުމަތެއް ނުކުރަން: ފުލުހުން