Roadha Mihaaru
ފީފާގެ ޑިވެލޮޕްމެންޓް ފަންޑް އެފްއޭއެމަށް ނުދިން

ޑިވެލޮޕްމެންޓް ފަންޑް އެފްއޭއެމަށް ނުދީ ފީފާއިން ހިފަހައްޓައިފި

24 މާޗް 2024

ފީފާގެ ޑިވެލޮޕްމެންޓް ފަންޑު، އެފްއޭއެމަށް ނުދީ ހިފަހައްޓައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ފީފާގެ ޑިވެލޮޕްމެންޓް ފަންޑު، އެފްއޭއެމަށް ނުދީ ހިފަހައްޓައިފި އެވެ.

އެ އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވީ، އެ ފަންޑު ހިފަހައްޓާފައި ވަނީ އެކަމާ ގުޅުން ހުރި ކަންތައްތަކެއް ބަލަމުންދާތީ ކަމަށެވެ.

ޑިވެލޮޕްމެންޓް ފަންޑު ނުދީ ފީފާއިން ހިފެހެއްޓި އިރު، އެފްއޭއެމްގެ ވެރިންނަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކުގައި ފައިސާ އަށް ހިޔާނާތްތެރި ވީ ޑިވެލޮޕްމެންޓަށް ފީފާއިން ދިން ފައިސާއިން ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ.

އެކަމަކު އެ ތުހުމަތުތައް މީގެ ކުރިން ވެސް އެފްއޭއެމުން ވަނީ ދޮގުކޮށްފަ އެވެ.

އެފްއޭއެމްގެ މުސާރަ ދިނުމަށް އިތުރު 80،000 ޑޮލަރު

އެފްއޭއެމްގެ މުސާރަ ދިނުމަށް، ފީފާއިން ކުރިން ނިންމާފައި ވަނީ 300،000 ޑޮލަރު ދިނުމަށެވެ. އޭގެ ތެރެއިން 200،000 ޑޮލަރު ފީފާއިން ދެ ފަހަރެއްގެ މަތިން ޖަމާ ކުރުމުން، މުސާރައިގެ މައްސަލަތައް ދިމާވެފައި އޮތް އެސޯސިއޭޝަނުގެ މުސަރައިގެ ބެކް ލޮގް ވަނީ ކުޑަ ކޮށްފަ އެވެ.

ޖައުޝަން ވިދާޅުވީ، ބާކީ ދޭން ހަޖަމެހިފައިވާ 100،000 ޑޮލަރުގެ އިތުރަށް، 81،000 ޑޮލަރު ދޭނެ ކަމަށް ފީފާއިން ބުނެފައިވާ ކަމަށެވެ.

ޖައުޝަން ވިދާޅުވީ ކޮންޓްރެކްޓް އުސޫލުން ޓެކްނިކަލް މަސައްކަތް ކުރި މުވައްޒަފުންގެ މުސާރަތައް ނުދެވި ހުރުމުން، އިތުރު 81،000 ޑޮލަރު ދޭން ހުށަހެޅީ ފީފާއިން އަމިއްލަ އަށް ކަމަށެވެ.