Roadha Mihaaru

ޝިފާނާއާ އެކު "މިހާރު" ބަދިގެ: ވޮފުލްސް

25 މާޗް 2024

ވޮފުލްސްއަކީ ރާއްޖެ ނޫނަސް، ދުނިޔޭގެ އެހެން ހިސާބުތަކުގައި ވެސް މަގުބޫލު އެއްޗެކެވެ. ފޮނިކޮށާއި ލޮނުކޮށް ކެއުމަށް ވޮފުލްސް ބޭނުން ކުރެ އެވެ.

ވޮފުލްސްއަކީ ރާއްޖެ ނޫނަސް، ދުނިޔޭގެ އެހެން ހިސާބުތަކުގައި ވެސް މަގުބޫލު އެއްޗެކެވެ. ފޮނިކޮށާއި ލޮނުކޮށް ކެއުމަށް ވޮފުލްސް ބޭނުން ކުރެ އެވެ.

ފިޓްނަސް ދާއިރާގައި ގިނަ ބައެއްގެ މަގްބޫލް ޝިފާނާ ވަޖީހް މިއަދު ކިޔައިދިނީ ހަށިގަނޑަށް ފައިދާ ހުރި "ވޮފުލްސް" ތައްޔާރުކުރާނެ ގޮތެވެ.

އަލުވިން ލިބިދޭ ސިއްހީ ފައިދާތަކުގެ ތެރޭގައި ހަޖަމުކުރަން ފަސޭހަވުން ހިމެނޭ މާއްދާތައް ކަމުގައިވާ ފައިބަރު ހުރެ އެވެ. އޭގެ ސަބަބުން ގޮހޮރުގެ ހަރަކާތް އިތުރުކޮށް ހަޖަމުކުރުން ހަލުވިކޮށްދެ އެވެ. އަދި އަލުވިއަކީ ބަނޑުހިކުމުން ރައްކާތެރިކޮށްދީ ގޮހޮރާއި ފުރަގަސްފަރާތުގެ ކެންސަރުން ރައްކާތެރިކޮށް ދެ އެވެ. މިއީ ބަރުދަން އިތުރު ކުރަން ބޭނުންވާ މީހުން ކެއުމަށް ވެސް ވަރަށް ރަނގަޅު ތަރުކާރީއެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި މުރަނގަފަތަކީ ހަށިގަނޑުގައި ސަރުބީ ޖަހާ މިންވަރު ދަށްކޮށްދޭ ބާވަތެކެވެ. ބަނޑަށް ކުރާ ވައިގެ އުނދަގޫތަކުން ވެސް ދުރުކޮށްދޭ މި ފަތަކީ ބަރުދަން ލުއިކުރަން އުޅޭއިރު ބޭނުން ކުރަން ހަމަ އެންމެ ރަނގަޅު އެއް ބާވަތެވެ. ގިނަ އަދަދަކަށް ވިޓަމިން އޭ ހިމެނޭ މި ފަތުގާ ވިޓަމިން ކޭ، ވިޓަމިން ޑީ، އަދި ވިޓަމިން އީ ވެސް ހުރެ އެވެ.

ވޮފުލްސް

ވޮފުލްސް

ބޭނުންވާ ތަކެތި:

1 ފިޔާ

1/2 ގިތެތޮ މިރުސް

ލޮނު (ރަހާލާ ވަރަށް)

1 ލުނބޯގެ ހުތް

2 އަލުވި(މަޑު ކޮއްފަ)

1 ދަޅު މަސް

3 ބިސް

1 ޖޯޑު މުރަނގަ ފަތް

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ ފިޔާ، މިރުސް، ލޮނު، ލުނބޯހުތް އެޅުމަށް ފަހު ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު މަސްދަޅު އަޅާ އަލުވިކޮޅާ އެކު ހުރިހާ އެއްޗެއް ރަނގަޅަށް އެއްވެލަންދެން މޮޑެލާށެވެ. އޭގެ ތެރެއަށް ބިސް އަޅާ މޮޑެލުމަށް ފަހު މުރަނގަ ފަތްކޮޅު އަޅާލާ އެއްކޮށްލާށެވެ.

އެއަށް ފަހު ފިހެލާށެވެ.