ބޮޑުބައެއް ނިމިފައިވާ ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކުއްލިއަކަށް ހުއްޓާލި ކަމަށް ބުނެ، އެ ރަށުގައި ސިލްސިލާ މުޒާހަރާތައް ކުރަން ފަށައިފި އެވެ.
31 މާޗް 2024
ބޮޑުބައެއް ނިމިފައިވާ ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކުއްލިއަކަށް ހުއްޓާލި ކަމަށް ބުނެ، އެ ރަށުގައި ސިލްސިލާ މުޒާހަރާތައް ކުރަން ފަށައިފި އެވެ.
އެ ރަށު ކައުންސިލުން މިއަދު ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ މަގޫދޫގައި ހަދަމުން އަންނަ ޑޮމެސްޓިކް އެއާޕޯޓު ނިމުމަކާ ގާތްވެފައިވަނިކޮށް، "ކުއްލިއަކަށް އެ ތަން ހުއްޓާލުމުން" ވަރަށް ކަންބޮޑުވާ ކަމަށެވެ. އެކަމުގައި، ކައުންސިލުން މީގެ ކުރިން ވެސް ރައީސް އޮފީހަށް ސިޓީ ހުށަހެޅި ކަމަށާއި އެކަމަކު، 2-3 މަސް ވެގެން ދިޔައިރު ވެސް ޖަވާބެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން ހުއްޓާ، އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުން ސޮއިކޮށް، ގޭގައި މަޑުކުރަން އެންގުމުން ކަންބޮޑުވާ ކަމަށް ވިދާޅުވެ، އޭނާ ވަނީ، މަގޫދޫ އެއާޕޯޓު ހުއްޓާލައި، އެ ރަށާ ކައިރީގައި އޮންނަ ނިލަންދޫގައި އެއާޕޯޓެއް އަޅަން ނިންމައި އެ މަސައްކަތް އަވަސްކުރުމަކީ، ރައީސްގެ ކޮއްކޯފުޅު ފާތިމަތު ސައުދާގެ ކެމްޕެއިނެއް ދިން ހަދިޔާއެއް ކަމަށް ތުހުމަތުކުރައްވައިފަ އެވެ.
ސައުދާ ގެންދަވަނީ އަންނަ މަހު ބާއްވާ މަޖިލިސް އިންތިހާބުގައި ނިލަންދޫ ދާއިރާ އަށް ވާދަކުރައްވަން ކެމްޕެއިން ކުރައްވަމުންނެވެ.
އެއާޕޯޓު މަސައްކަތް ހުއްޓާލުމުން މަގޫދޫގައި މުޒާހަރާކުރަނީ.-
އެކަންކަމާ ހެދި، މަގޫދޫގެ ރައްޔިތުން ވަނީ އެއާޕޯޓާ އަލުން ފަށައި ނުވަތަ ޖަވާބެއް ލިބެންދެން ކޮންމެ ރެއަކު މުޒާހަރާކުރަން ނިންމައިފަ އެވެ. އޭގެ ދެ ވަނަ މުޒާހަރާ، އެއާޕޯޓު ސަރަހައްދުގައި ރޭ ވަނީ ކޮށްފަ އެވެ.
"މުޒާހަރާތަކުގައި ދެ ޖިންސުގެ ކުދި ބޮޑު އެންމެން ބައިވެރިވޭ. ރައްޔިތުން ނިންމާފައިވަނީ ކޮންމެ ރެއަކު 9:30 ގައި މުޒާހަރާ އަށް ނުކުންނަ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ އެއާޕޯޓު ޕްރޮޖެކްޓް ހުއްޓާލަން އެމްޓީސީސީ އަށް އަންގާފައިނުވާ ކަމަށެވެ.
"އެމްޓީސީސީގެ އަމިއްލަ ކަމަކާ ގުޅިގެން މަޑުޖައްސާލީ ކަމަށް ވެދާނެ. ސީދާ ސަރުކާރުގެ އެއްވެސް އިންސްޓްރަކްޝަނެއް ނެތް މަގޫދޫ އެއާޕޯޓުގެ މަސައްކަތް މަޑުޖައްސާލާކަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާއީ ސަރަހައްދަކުން ވިޔަސް 30 މިނެޓުގެ ތެރޭގައި ދެވޭ ދުރުމިނުގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމްކޮށް، ޑޮމެސްޓިކް އެއާޕޯޓު ވިއުގަ ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ނިލަންދޫގައި ހަދާ އެއާޕޯޓަށް ބިން ހިއްކަން މިދިޔަ ބުދަ ދުވަހު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.
އޭގެ ދަށުން 42.6 ހެކްޓަރުގެ ބިން ހިއްކައި، 2،098 މީޓަރު ބޮޑު ހިލަ ރިވެޓްމަންޓް ޖަހައި 1،400 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ޖަހާނެ އެވެ.
ލޯންޗެއްގައި މަގޫދޫން ނިލަންދު އަށް ފަސް މިނިޓުން ދެވޭނެ އެވެ. ލަކުޑި ފެރީއެއްގައި ވެސް 20-25 މިނެޓުގެ ތެރޭގައި ދެވޭނެ އެވެ.
ނިލަންދޫ އެއާޕޯޓް އަޅަން އީއައިއޭ ހަދަން އެމްޓީސީސީއަށް
ރަސްފަންނު އާންމުންނަށް ވަގުތީގޮތުން ހުޅުވާލައިފި
ރިޕޯޓު ހުށަނާޅާތީ ތިނަދޫ އެއާޕޯޓު މަޝްރޫއު މަޑުޖެހިއްޖެ
އައްޑޫ ބްރިޖުުގެ މަސައްކަތަށް ލަފާދޭނެ ބަޔަކު ހޯދަނީ
ފްލެޓް ލިސްޓް ޝަކުވާއަށް ހުޅުވާލައިފި
ރަސްފަންނު މަރާމާތުކުރަން މިނިސްޓްރީން ފަށަނީ
ހަންކެޑެ ބްރިޖް އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ
ރަށްރަށުގައި 12،000 ހައުސިން އަޅާނެ ބަޔަކު ހޯދަނީ
ނިއުމާ ދިޔައީ ނިލަންދުއަށް!
ފްލެޓް މައްސަލަ ދިގުލައިގެން ދިއުމުން މާފަށް އެދިއްޖެ