08 އެޕްރީލް 2024
ސައުދީ ސަރުކާރުން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ކަދުރު ބެހުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފި އެވެ.
ސައުދީ ސަރުކާރުން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ކަދުރު ބެހުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފި އެވެ.
ރޯދަމަހާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ސައުދީ އިން ރާއްޖެ އަށް ކަދުރު ހަދިޔާ ކުރެ އެވެ. އާންމުކޮށް ކޮންމެ އަހަރެއްގެ ވެސް ރޯދަމަސް ފެށުމުގެ ކުރިން ނުވަތަ ފުރަތަމަ ހަފުތާގެ ތެރޭގައި ކަދުރު ބަހަ އެވެ.
އެކަމަކު މި ފަހަރު ރޯދަމަސް ނިމެން ގާތްވެފައި ވަނިކޮށް ކަދުރު ބަހަން ފަށާފައިވާއިރު، އިސްލާމިކް މިނިސްޓްރީން ރޭ ވަނީ ކަދުރު ބަހާނެ ގަޑިތައް އިއުލާނުކޮށްފަ އެވެ.
ކަދުރު ބަހާނެ ދުވަސްތަކާއި ގަޑިތައް:
- އޭޕްރީލް 8-9 އަށް، މެންދުރު 1 އިން 3 އަށް
- އޭޕްރީލް 14-18 އަށް، މެންދުރު 1 އިން 3 އަށް
- އޭޕްރީލް 23-25 އަށް ހެނދުނު 9:30 އިން މެންދުރު 12 އަށް
މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި އުޅޭ މީހުންނަށް ކަދުރު ބަހާނީ އިސްލާމިކް މިނިސްޓްރީންނެވެ. ކޮންމެ ގޭބިސީއަކަށް ވެސް އެއް ޕެކެޓް ކަދުރު ދޭން ނިންމާފައިވާއިރު ކަދުރު ބަލައި ދާއިރު އައިޑީކާޑު ގެންދަން ޖެހެ އެވެ.
ރަށް ރަށުގައި ކަދުރު ބަހާނީ ކައުންސިލްތަކާ ހަވާލުކޮށްގެންނެވެ.
މިދިޔަ އަހަރު ސައުދީ އިން ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފަ އެވެ. މިދިޔަ އަހަރު ކަދުރު ބެހީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓް ދިނުމަށް ފަހު، މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ދާ މީހުންގެ ތަރުތީބުންނެވެ. އެގޮތަށް ހެދުމުން ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 26 ޕެކެޓް ކަދުރެވެ.
މިއަހަރު ބަހާނީ 25 ޓަނުގެ ކަދުރު: މިނިސްޓްރީ
ކަދުރު ބަހައި ނުނިމޭ: އިސްލާމިކް މިނިސްޓްރީ
ކަދުރު ބެހުމުގައި ޔޫތު މިނިސްޓްރީގެ ވޮލަންޓިއަރުން
ސައޫދީން ހަދިޔާކުރި ކަދުރު ބަހަން ފަށައިފި
އައްޑު އަށް ބަހަން ލިބުނީ 2،675 ކަދުރު ޕެކެޓު
ސައޫދީން ހަދިޔާ ކުރި ކަދުރު ބަހަން ފަށައިފި
50 ޓަނުގެ ކަދުރު ރާއްޖެ އަށް ސައޫދީން ހަދިޔާކޮށްފި
މަޝްއަރު ޓުއާސްގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅައިފި
ކިޔަވާ ކުދިން، ހާޖީންނަށް އެހީތެރިވުމުގެ ހުއްދަ ދީފި
އިތުރު ކޯޓާ ލިބިއްޖެ ނަމަ ކިއޫ ކުޑަކުރަން ގްރޫޕްތަކަށް