Roadha Mihaaru
97 އަހަރުތެރޭ އަޔެކްސް އަށް އެންމެ ބޮޑު ބަލި

97 އަހަރުތެރޭ އަޔެކްސް އަށް އެންމެ ބޮޑު ބައްޔާ ކުރިމަތިވެއްޖެ

08 އެޕްރީލް 2024

ރޮޓާޑަމް (އޭޕްރީލް) – ވާދަވެރި ފައިނޯޑް އަތުން 6-0 ން ބަލިވެ، 97 އަހަރުތެރޭ އަޔަކްސް އަށް އެންމެ ބޮޑު ބައްޔާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ރޮޓާޑަމް (އޭޕްރީލް) – ވާދަވެރި ފައިނޯޑް އަތުން 6-0 ން ބަލިވެ، 97 އަހަރުތެރޭ އަޔަކްސް އަށް އެންމެ ބޮޑު ބައްޔާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ނެދަލެންޑްސްގެ އެންމެ ކާމިޔާބު ކްލަބް އަޔެކްސް އަށް މި ސީޒަނުގައި މާ އެދެވޭ ކަމެއް ނުކުރެވެ އެވެ. ލީގުގެ ގަދަ ހަތަރެއްގެ ތެރޭގައި ވެސް އެ ޓީމު ނެތެވެ.

އަމިއްލަ ދަނޑުގައި ކުޅެ ފައިނޯޑުން ކޮންމެ ހާފެއްގައި ތިން ލަނޑު ޖެހި އެވެ. އިގޯ ޕައިކްސްއޯ އާއި ނިއުކާސަލްގެ ލޯނު އުސޫލުން ކުޅެމުންދާ ޔަންކުބާ މެންޓޭ، ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖެހި އެވެ. އަނެއް ދެ ލަނޑު ޖެހީ ޑޭވިޑް ހެންކޯ އާއި ކުއިންޓެން ޓިމްބާ އެވެ.

އަޔެކްސްގެ މުޅި ސީޒަން އޮތީ ކުރިން ހަރާބުވެފަ އެވެ. ރޭގެ ބައްޔަކީ ލީގުގައި އެ ޓީމުގެ އަށްވަނަ ބައްޔެވެ. ލީގުގައި މޮޅު ނުވެ 17 މެޗެވެ. މި ސީޒަނުގައި މޮޅެއް ނުހޯދި ކައިރިކައިރީގައި 10 މެޗު އެ ޓީމަށް ދިޔަ އެވެ.

މިހާރުގެ ކޯޗު ޖޯން ވޭންޓަކީ، މި ސީޒަނުގައި އެ ޓީމަށް ކޯޗުކޮށްދޭ ހަތަރުވަނަ ކޯޗެވެ.

މީގެ ކުރިން އަޔެކްސް އަށް ކުރިމަތިވި އެންމެ ބޮޑު ބައްޔަކީ މީގެ 97 އަހަރު ކުރިން، ޑަޗު ކަޕްގައި އިންޝެޑީސް ބޯއީސް އަތުން 9-3 ވީ ބައްޔެވެ. އޭގެ ފަހުން އިއްޔެގެ މެޗާ ހަމައަށް ހަ ލަނޑުގެ ތަފާތުން އެ ޓީމު ބަލިވެފައެއް ނެޔެވެ.