މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ހުއްދަ ދޫކޮށްފައި ނުވާ ކޯސްތަކެއްގައި "އެމްކިޔުއޭ އެޕްރޫވްޑް" ތަތްގަނޑު ޖަހައިގެން ސްރީ ލަންކާގެ ކޮލެޖަކުން އިސްތިހާރު ކުރަމުން އަންނަ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
23 އެޕްރީލް 2024
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ހުއްދަ ދޫކޮށްފައި ނުވާ ކޯސްތަކެއްގައި "އެމްކިޔުއޭ އެޕްރޫވްޑް" ތަތްގަނޑު ޖަހައިގެން ސްރީ ލަންކާގެ ކޮލެޖަކުން އިސްތިހާރު ކުރަމުން އަންނަ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އެމްކިޔުއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސްރީލަންކާގެ "އެޕެކްސް އެޑް" އިން އެ މަރުކަޒުގައި ހިންގަމުން އަންނަ ކޯސްތައް އެގޮތަށް އިސްތިހާރު ކުރަމުން އަންނާތީ، އެ ކަން ނުކުރުމަށް އެ އޮތޯރިޓީއަށް އަންގާފައިވާނެ ކަމަށެވެ.
އެ މަރުކަޒުން ހިންގަމުން ދަނީ އެމްކިޔުއޭއިން ގަބޫލުކުރާ ކޯހެއް ކަން ދެއްކުމަށްޓަކައި، އެ ކޯހުން ކިޔެވުމަށް ދިވެހި ދަރިވަރަކަށް ދޫކޮށްފައިވާ ލިޔުމަކުން ދަރިވަރުގެ ނަމާއި އެހެނިހެން މައުލޫމާތު އުނިކޮށްގެން ބޭނުން ކުރަމުން އަންނަ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް އެމްކިޔުއޭއިން ބުންޏެވެ.
އެ އޮތޯރިޓީން ބުނީ، އެ އޮތޯރިޓީން ދޫކުރާ ޕްރޮގްރާމް ގަބޫލުކުރާ ކަމުގެ ލިޔުމަކީ އެކަމަށް އެދޭ ދަރިވަރަކަށް ދޫކުރާ ލިޔުމެއް ކަމަށާއި އެ ލިޔުމަކީ އާންމުކޮށް ހުރިހާ ދަރިވަރުންނަށް ދޫކުރާ އެއްޗެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.
އެމްކިޔުއޭއިން ވަނީ ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމުގެ ކުރިން އެމްކިޔުއޭ ގަބޫލުކުރާ ލިޔުން ހޯދުމަަކީ މުހިންމު ކަމެއް ކަން ފާހަގަކޮށް އެކަން ކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ސްރީލަންކާގެ "އެޕެކްސް އެޑް" އަކީ އެ ގައުމުގެ ޓިވެޓްއިން ހުއްދަ ނުދޭ ސަނަދެއް ދޫކުރުމާ ގުޅިގެން ސަސްޕެންޑުކުރުމަށް ފަހު އަލުން ހުއްދަ ދީފައިވާ ތަނެއް ކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ޕައިލެޓް ތަމްރީން ހަދާ ދަރިވަރުން އެކި ގައުމުތަކަށް
ޗަމްޕާ ރިސޯޓްސް އިން ލަންކާ އަށް 10،001 ޑޮލަރު
ޕީއެންސީން ލަންކާއަށް 300،000.ރ ހަދިޔާކޮށްފި
ފަސް ގަޑިއިރުން ޓެލެތޯން އަށް 9 ލައްކަ ރުފިޔާ
"ނުވަރަ އެލިއާއަށް ދިޔަ ދިވެހި އާއިލާގެ ހަބަރެއްނުވޭ"
"ސިލޯނާ އެކު ދިވެހިން" ޓެލެތޯން ފަށައިފި
ޓްރެވެލް އެޑްވައިޒަރީ: އެއާޕޯޓަށް ދިއުމުގެ ކުރިން ގުޅާ
ލަންކާ އަށް އެހީވާން ޓެލެތޯނެއް ބާއްވަނީ
ފްލައިޓްތައް ކެންސަލްވެ، ލަންކާގައި ދިވެހިން ތާށިވެއްޖެ
ލަންކާއަށް އެހީވާން 50،000 ޑޮލަރާއި މަސްދަޅު ދެނީ