Roadha Mihaaru

އަބްދުﷲ ޝާހިދުގެ ބައްޕާފުޅު އަވަހާރަވެއްޖެ

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބައްޕަ މޫސާ ޖަމީލް މިއަދު އަވަހާރަވެއްޖެ އެވެ.

އަބްދުﷲ ޝާހިދުގެ ބައްޕާފުޅު އަވަހާރަވެއްޖެ
މޫސާ ރަޝީދު
މޫސާ ރަޝީދު

24 އެޕްރީލް 2024

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބައްޕަ މޫސާ ޖަމީލް މިއަދު އަވަހާރަވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މޫސާ ޖަމީލް އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އަދި މި ފަހުން ގެންދެވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންނެވެ.

ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި އޭނާގެ ބައްޕަ 88 އަހަރުގައި އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

މޫސާ ޖަމީލު ދީދީއަކީ، ޝައިހު މުހަންމަދު ޖަމީލް ދީދީގެ އެއް ބަފާ ކޮއްކޯފުޅެވެ. އަދި އޭނާ އަކީ ހުސެއިން ސަލާހުއްދީނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެއް ވެސް މެ އެވެ.

މޫސާ ޖަމީލްގެ ޖަނާޒާ އޮންނާނީ މިއަދު އަސުރު ނަމާދަށް ފަހު ގަލޮޅު ސަހަރާގަ އެވެ. މޫނުދެއްކުން އޮންނާނީ އިސްލާމީ މަރުކަޒުގަ އެވެ.