އާޓްސް ކުރިއެރުވުމަށް ޒަމާނީ ވަސީލަތްތައް ހިމެނޭ އިންޓަނޭޝަނަލް ސްކޫލެއް އަޅާނެ ބަޔަކު ހޯދަން އިކޮނޮމިކް މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.
28 އެޕްރީލް 2024
އާޓްސް ކުރިއެރުވުމަށް ޒަމާނީ ވަސީލަތްތައް ހިމެނޭ އިންޓަނޭޝަނަލް ސްކޫލެއް އަޅާނެ ބަޔަކު ހޯދަން އިކޮނޮމިކް މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ކްރިއޭޓިވް އާޓްސް ސްކޫލް ތަރައްގީ ކުރަނީ މައިގަނޑު ތިން ކަމަކަށް އިސްކަންދީގެން ކަމަށެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖޫން 30 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް އެންގުމަށް ވަނީ މުއްދަތު ދީފަ އެވެ.
ކްރިއޭޓިވް އާޓްސް ސްކޫލް ހަދަން ނިންމާފައިވަނީ އެ ދާއިރާތަކުން މަސައްކަތް ކުރާނެ މީހުން ނެރުމާއި ޓްރެއިނިން އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ތަމްރީނުތައް ދިނުމުގެ އިތުރުން އުފެއްދުންތެރި ފަންނުވެރިންނަށް ހިތްވަރު ދިނުމަށް ގެލެރީތަކާއި މިއުޒިއަމްތައް އިންޓަގްރޭޓްކޮށް އާއްމުންނަށް ޒިޔާރަތްކުރެވޭ ގޮތަށެވެ.
އިއުލާނުގައި ބުނީ އެ ސްކޫލު ހަދާނީ ދަރިވަރުންނަށް ތިބެވޭ ގޮތަށް ހޮސްޓެލް ވެސް ހިމެނޭ ގޮތަށް ކަމަށެވެ. އޭގެ އިތުރުން ވިޝުއަލް އާޓްސް އެންޑް ކްރާފްޓްސް، އޯޑިއޯ ވިޝުއަލް އެންޑް އިންޓަރެކްޓިވް މީޑިއާ، ޓެކްނޮލޮޖީ، އަދި ޑިޒައިންނާ ގުޅޭ ތަފާތު އެކި ކަންތައްތައް ދަސްކޮށްދޭނެ ކަމަށް ވެސް ބުންޏެވެ.
މީގެ އިތުރުން އުފެއްދުންތެރި ހިދުމަތްތަކާއި ފަންނުވެރިކަން ކުރިއެރުވުމަށްޓަކައި ޕަބްލިކޭޝަން އަދި އިލްމު ފެތުރުމާއި އުފެއްދުންތެރި ހިޔާލު ފާޅުކުރެވޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ.
މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ސްކޫލް އެޅުމަށް ހުށަހަޅާ ކަންކަމަށް ބެލުމަށްފަހު ސްޕެޝަލް އިކޮނޮމިކް ޒޯން ފްރޭމްވޯކްގެ ދަށުން ލުއިތައް ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އަމީނިއްޔާގެ މައުރަޒުން ފެނުނު އަމީން ދީދީގެ ކޮލާޖު
ބިދޭސީން ހިންގި 11 ވިޔަފާރިއެއް ބަންދުކޮށްފި
އާ އުސޫލުގައި ގްރޭޑް 9އިން ފެށިގެން ތުނބުޅި ބެހެއްޓޭ
ހުއްދަ ނުނަގައި ދުންފަތް ވިއްކާ ތަނެއް ބަންދުކޮށްފި
ޔުނިފޯމު 2027ގައި ބަދަލުވާ ގޮތުގެ ނަމޫނާ ފޮނުވައިފި
ސްކޫލު ރަސްމީ ޔުނީފޯމް 2027އިން ފެށިގެން ބަދަލުވަނީ
އަމިއްލަ ރަށުގެ ތައުލީމު ބަދަލުކޮށްލި ޕްރިންސިޕަލް
ވޮކޭޝަނަލް ތަމްރީނަށް ހާއްސަ ސްކޫލު ހުޅުވައިފި
ބިދޭސީންގެ ގާނޫނާ ހިލާފު ވިޔަފާރި ރިޕޯޓުކުރަން އެދިއްޖެ
މައުލޫމާތު ނުދޭތީ ގާފަރު ސްކޫލަށް ދައުވާކުރަން އެދިއްޖެ