Roadha Mihaaru
ފިރިހެނުންގެ ބޫޓްކަޓް ޖީންސް އަލުން ޓްރެންޑް ވަނީ

ފިރިހެނުންގެ ބޫޓްކަޓް ޖީންސް އަނެއްކާވެސް ޓްރެންޑް ވަނީ

02 މެއި 2024

ފިރިހެނުންގެ ބޫޓްކަޓް ޖީންސް އަކީ 1970 އާއި 1980ގެ ދުވަސްވަރު މަޝްހޫރުވި ފެޝަނެކެވެ. މި ފެޝަން 2000 ވަނަ އަހަރާ ހަމަ އަށް ވެސް ދިގުލައިގެން ދިޔަ އެވެ. އަދި 2000ގެ ކުރީކޮޅުގައި މަޝްހޫރުވި ފިރިހެނުންގެ ސްކިނީ ޖީންސް އައުމުން ބޫޓްކަޓް ފެޝަން ވަނީ ވަރަށް ބޮޑަށް ފަނޑުވެފަ އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ފިރިހެނުންގެ ބޫޓްކަޓް ޖީންސް އަކީ 1970 އާއި 1980ގެ ދުވަސްވަރު މަޝްހޫރުވި ފެޝަނެކެވެ. މި ފެޝަން 2000 ވަނަ އަހަރާ ހަމަ އަށް ވެސް ދިގުލައިގެން ދިޔަ އެވެ. އަދި 2000ގެ ކުރީކޮޅުގައި މަޝްހޫރުވި ފިރިހެނުންގެ ސްކިނީ ޖީންސް އައުމުން ބޫޓްކަޓް ފެޝަން ވަނީ ވަރަށް ބޮޑަށް ފަނޑުވެފަ އެވެ.

ބޫޓުކަޓް އަލުން އެނބުރި އައީ ކީއްވެ؟

ފެޝަނަކީ އަބަދުވެސް ބަަލުވަމުން އަންނަ އެއްޗެކެވެ. ކުރީގެ މަޝްހޫރު ސްޓައިލްތައް ދޭތެރެއަކުން އަންނާނީ އަނެއްކާ ވެސް ޓްރެންޑްވަމުންނެވެ.

ސްޓައިލިން އަށް ވުރެ ބޮޑަށް މިހާރު މީހުން ބޭނުން ވަނީ ފަސޭހައިން ލައިގެން އުޅޭވޭނެ ކަހަލަ ޖީންސް އެވެ. ބޫޓްކަޓް އަކީ ލައިގެން ހުންނަ އިރު ބަލާލަން ރީތިވެފައި ލައިގެން އުޅެން ފަސޭހަ، އަރާމު ޖީންސެކެވެ.

ބޫޓްކަޓް ހުންނަނީ ފައިކުރިއަށް ފުޅާކޮށެވެ. މިހާރު ޓްރެންޑްވަމުން އަންނަ ޖީންސްތަކުގައި ޑިޒައިނަރުން ހުންނަނީ ޕާލްސް، ސީކުއިންސް ކަހަލަ ގަހަނާ އިން ޖަރީ ވެސް ކޮށްފަ އެވެ.