މާލޭގައި ދިރިއުޅޭ އުމުރުން 13 އަހަރުގެ ލޯބިވެރިޔާ ހުންނަ ގޭގެ މީހުން އެ ކުއްޖާ "އެބިއުޒް" ކުރާ ކަމަށް ބުނެ އެ އަންހެންކުއްޖާ ސަލާމަތް ކުރުމަށްޓަކައި ލޯންޗެއް ވަގަށް ނަގައިގެން އެކަނި އެ ދުއްވާފައި މާލެ އައި އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖާ އަދިވެސް ނުފެންނަ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
01 މެއި 2024
މާލޭގައި ދިރިއުޅޭ އުމުރުން 13 އަހަރުގެ ލޯބިވެރިޔާ ހުންނަ ގޭގެ މީހުން އެ ކުއްޖާ "އެބިއުޒް" ކުރާ ކަމަށް ބުނެ އެ އަންހެންކުއްޖާ ސަލާމަތް ކުރުމަށްޓަކައި ލޯންޗެއް ވަގަށް ނަގައިގެން އެކަނި އެ ދުއްވާފައި މާލެ އައި އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖާ އަދިވެސް ނުފެންނަ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
މ. އަތޮޅުގެ ރަށެއްގައި ދިރިއުޅޭ އެ ފިިރިހެންކުއްޖާ ރޭ ދަންވަރު މާލެ އައީ އެ ރަށުގެ ބަނދަރުގައި އަޅާފައި އޮތް ސިނަމަން ހަކުރާ ރިސޯޓުގެ ލޯންޗެއް ވަގަށް ނަގައިގެން ކަމަށް ވެ އެެވެ. އެއީ ވައްކަންތައް މަދު ރަށަކަށް ވުމުން ލޯންޗުތަކުގައި ތަޅުދަނޑި ޖެހުމަކީ އާންމު ކަމަކަށް ވާތީ އެ ލޯންޗުގައި ވެސް ހުރީ ތަޅުދަނޑި ޖަހައިފަ އެވެ.
ދެ ގަޑިއެއްހާއިރު ވަންދެން އެކަނިމާއެކަނި ލޯންޗު ދުއްވާފައި އެ ކުއްޖާ މާލެ އައީ އޭނާގެ ލޯބިވެރިޔާ އަށް ގޭތެރެއިން ލިބެމުންދިޔަ އަނިޔާ އިން ސަލާމަތް ކުރަން ކަމަށް ބުނެ އެވެ.
ނަމަވެސް އޭނާ މާލެ އައި ފަހުން އަންހެންކުއްޖާ ގެއްލިގެން އާއިލާ އިން ފުލުހުންނަށް ރިޕޯޓު ކުރި ކަމަށް އެނގިފައި ވެ އެވެ. މައުލޫމާތު އެނގޭ މީހަކު ބުނިގޮތުގައި، ރޭ ދަންވަރު ހުޅުމާލެ އަށް ލޯންޗު ކައިރި ކުރުމަށް ފަހު، އެ އަންހެންކުއްޖާއާ އެކު ލޯބިވެރިޔާ ފިލީ އެވެ.
ފިރިހެން ކުއްޖާ ދަތުތުކުރި ލޯންޗު.
އެކަމަކު، އިތުބާރު ހުރި ފަރާތަކުން "މިހާރު" އަށް މިރޭ ބުނީ ހުޅުމާލޭގެ ހިޔާ ފްލެޓެއްގައި އާއިލާއާ އެކު ދިރިއުޅޭ އެ އަންހެން ކުއްޖާ މިހާރު ފުލުހުން ހޯދާފައިވާ ކަމަށެވެ. އެކަމަކު، ފިރިހެން ކުއްޖާ އަދި ވެސް ނުފެންނަ ކަމަށް އޭނާ ބުންޏެވެ.
މިކަމާ ގުޅޭގޮތުން އެއްވެސް އިދާރާއެއްގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.
އެ ފިރިހެންކުއްޖާގެ ބައްޕައަކީ ޑިންގީ ދުއްވާ މީހެއް ކަމުން ލޯންޗުފަހަރު ދުއްވަން އެ ކުއްޖާ އަށް ވެސް އެނގޭ ކަމަށް ވެ އެވެ.
ފުލުހުން މީގެ އިރުކޮޅެއް ކުރިން ބުނީ، ހުޅުމާލޭގެ ފެރީ ޓާމިނަލް ކައިރިން ފަޅުތެރޭގައި އެ ލޯންޗު އޮއްވައި ފެނިފައިވާ ކަމަށެވެ.
އެ ކުއްޖާ ހުޅުމާލެ ފަޅުތެރެއަށް ލޯންޗާ އެކު ކައިރިކޮށް، އެ އުޅަނދު ދޫކޮށްލާފައި ރަށުތެރެއަށް ފޭބީ އެވެ.
ކުއްޖާ އެ ރަށުން މާލެ އައީ ދަބަހަކަށް ހެދުން އަޅައިގެން ކަމަށް އެ ރަށުގެ މީހުން ބުނެ އެވެ. މާލެ އައި ލޯންޗު މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި މިހާރު އަޅާފައިވާއިރު، އެ ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ލޯންޗުގެ ފަޅުވެރިއަކު ކޮށްފައިވާ ޕޯސްޓެއްގައި ވެ އެވެ.
ލޯބިވެރިޔާ ސަލާމަތްކުރަން ލޯންޗެއް ވަގަށް ނަގައި މާލެ
ލޯންޗު ވަގަށް ނެގި ކުއްޖާ އާއިލާއާ ހަވާލުކޮށްފި
މެލޭޝިއާއިން ގެއްލިގެން ހޯދާ މީހާގެ ވޮލެޓް އެމްބަސީގައި
ކުއްޖަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ސަސްޕެންޑްކޮށްފި
ދެމީހަކު ތަކުރާރުކޮށް ކުއްޖަކާ ބެހުނު މައްސަލަ ބަލަނީ
ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ނުފެނޭ
ގެއްލުނު ޗައިނާ މީހާ އަދިވެސް ނުފެނޭ: ޕޮލިސް
ރިސޯޓެއްގެ މުވައްޒަފަކު މޫދަށް ގެއްލުނުތާ 24 ގަޑިއިރު
3 އަހަރުގެ ކުއްޖަކަށް މެއިޑަކު އަނިޔާކުރި މައްސަލައެއް
ސަފާރީއަކުން ކަނޑަށް ވެއްޓުނު ދިވެއްސަކު ހޯދަނީ