މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ފަރާތުން މި އަހަރުގެ ހައްޖުގެ އަޅުކަމަސް ފޮނުވާ މުވައްޒަފުންނާ މިއަދު ލިޔުން ހަވާލުކޮށްފި އެވެ.
09 މެއި 2024
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ފަރާތުން މި އަހަރުގެ ހައްޖުގެ އަޅުކަމަސް ފޮނުވާ މުވައްޒަފުންނާ މިއަދު ލިޔުން ހަވާލުކޮށްފި އެވެ.
ހުޅުލެ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މުވައްޒަފުންނާ ލިޔުން ހަވާލު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދެވެ. މިއަދުގެ ރަސްމިއްޔާތުގައި މި އަހަރު އެ ކުންފުނިން ހައްޖަށް ފޮނުވާ 10 މުވައްޒަފުންނާ ލިޔުން ހަވާލުކުރި އެވެ.
އެމްއޭސީއެލްގެ އެކްޓިން އެޗްއާރު ހެޑް، ޖެނެރަލް މެނޭޖަރު އަލީ ހުޒައިމް ވިދާޅުވީ، އެ ކުންފުނިން މި ފަހަރު ވެސް ހައްޖުގެ އަޅުކަމަށް މުވައްޒަފުން ފޮނުވާ ސިޔާސަތުގެ ދަށުން، ހައްޖަށް ފޮނުވާ މުވައްޒަފުން ހޮވުމުގައި އިސްކަން ދިނީ އެންމެ ދުވަސްވީ މުވައްޒަފުންނާއި މީގެ ކުރިން ހައްޖަށް ނުދާ މުވައްޒަފުންނާއި ލިޔުންތައް ހަމަކޮށް އެންމެ ކުރިން ހުށަހެޅި މުވައްޒަފުންނަށް ކަމަށެވެ.
ހުޒައިމް ވިދާޅުވީ އެމްއޭސީއެލް އިން މުވައްޒަފުންނަށް ލިބެން ހުރި ފައިދާތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ކުންފުނީގެ ސިޔާސަތުތައް ރިވައިޒް ކުރަން ފަށާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހައްޖު ދަތުރު ޕޮލިސީ ވެސް ހިމެނޭކަން ފާހަގަކުރެއްވި އެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަމަށް އެމްއޭސީއެލް އިން ފޮނުވާ މުވައްޒަފަކާ އެ ކުންފުނީގެ އެމްޑީ ޝަރީފު (ކ) ލިޔުން ހަވާލު ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޝަރީފް ވިދާޅުވީ، މި އަހަރު މުވައްޒަފުން ހައްޖަށް ފޮނުވުމަށް ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް ސަރުކާރާ ގުޅިގެން މުވައްޒަފުންނަށް މި ފުރުސަތު ހޯދައި ދިނީ، އެއީ އެ ކުންފުންޏަށް މުހިންމު ކަމަށް ވާތީ ކަމަށެވެ. ކުރިމަގުގައި ވެސް އެ ޕްރޮގްރާމުގެ ތެރެއިން ހުއްޓުމެއް ނެތި މުވައްޒަފުން ހައްޖަށް ފޮނުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
އެމްއޭސީއެލްއިން އެންމެ ފުރަތަމަ ޕްރޮގުރާމެއްގެ ތެރެއިން މުވައްޒަފުން ހައްޖަށް ފޮނުވީ 1998 ވަނަ އަހަރު އެވެ. އެކަމަކު، އެ ޕްރޮގްރާމް މެދުކަނޑާލުމަށް ފަހު، މުވައްޒަފުން ހައްޖަށް ފޮނުވަން ފެށީ 2017 ވަނަ އަހަރު އެވެ. ކޮވިޑުގެ ސަބަބުން އެ ޕްރޮގުރާމް ހުއްޓުމަކަށް އައުމަށް ފަހު، މި ދިޔަ އަހަރު މި ޕްރޮގުރާމު އަނެއްކާ ފަށައި ފަސް މުވައްޒަފުން ހައްޖުގެ އަޅުކަމަށް ފޮނުވި އެވެ.
އެމްއޭސީއެލްގެ 10 މުވައްޒަފަކު ހައްޖަށް ފޮނުވަނީ
ހައްޖުވެރިންނާއި އާއިލާތަކަށް އެމްޕީއެލް ބަސް ވެސް ހިލޭ
އެމްއޭސީއެލް އިން 10 މުވައްޒަފަކު ހައްޖަށް ފޮނުވަނީ
ނޫރީބެ، ޕޮޕްކޯން ގާޑިޔާ ދޮށުން ގެފުޅާ ހަމައަށް
ސަރުކާރުން ހިލޭ ހައްޖަށް ފޮނުވާ މީހުން ކަނޑައަޅައިފި
މިފަހަރު ކުޑަކުދިން ހައްޖަށް ގެންދިއުން މަނާ
ފައިނުގައި އެއާޕޯޓު އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި
ދިވެހި ހައްޖުވެރިންގެ ދަތުރުތައް ގައުމީ އެއާލައިނުން
އެމްއޭސީއެލްއިން ރޯދައަށް އެއާޕޯޓް ސާފުކުރަނީ
ހައްޖު މެޑިކަލް ޓީމުގައި ރަޖިސްޓްރީވާން ހުޅުވާލައިފި