ބަންގްލަދޭޝާއި ނޭޕާލް އަދި ގެމްބިއާގެ ކޯޗުން ވެސް ހިމެނޭގޮތަށް، އޭއެފްސީ އޭ ލައިސެންސް ކޯޗިން ކޯސް އެފްއޭއެމުން އިއްޔެ ފަށައިފި އެވެ.
ބަންގްލަދޭޝާއި ނޭޕާލް އަދި ގެމްބިއާގެ ކޯޗުން ވެސް ހިމެނޭގޮތަށް، އޭއެފްސީ އޭ ލައިސެންސް ކޯޗިން ކޯސް އެފްއޭއެމުން އިއްޔެ ފަށައިފި އެވެ.
ޖުމުލަ 24 ކޯޗުން ބައިވެރިވާ ކޯހުގައި 6 ބައިވެރިންނަކީ ބޭރުގެ ކޯޗުންނެވެ. އެއީ ބަންގްލަދޭޝްގެ ތިން ކޯޗުން، ނޭޕާލްގެ ދެ ކޯޗުން އަދި ގެމްބިއާގެ އެއް ކޯޗެވެ. އަދި މުބާރާތުގައި ތިން އަންހެން ވެސް ބައިވެރިވެ އެވެ.
މި ކޯހުގައި ކިޔަވައި ދޭނީ، އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓާ އިންގްލެންޑް ޕޯލް ތޯމަސް ސްމޯލީ އެވެ.
މިއީ ރާއްޖޭގައި ބާއްވާ، ތިންވަނަ އޭ ލައިސެންސް ކޯޗިން ކޯހެވެ. މީގެ ކުރިން އޭ ލައިސެންސް ކޯޗިން ކޯހެއް ބޭއްވީ 2016 ގަ އެވެ.
މި ފަހަރުގެ ކޯޗިން ކޯހަށް އައުމުގެ ކުރިން އެފްއޭއެމުން ވަނީ ގިނަ އަދަދެއްގެ ކޯޗުން ބީ ލައިސެންސް ކޯޗިން ކޯހާ ހަމައަށް ތަމްރީނުކޮށްފަ އެވެ.
ތަޖުރިބާކާރު ކޯޗު މުހައްމަދު ޝާޒްލީ އާއި އެފްއޭއެމްގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓާ އަހްމަދު ޝަރީފް (ޑުންގާ) ކިޔަވައިދިން ބީ ލައިސެންސް ކޯޗިން ކޯސްތައް މަޝްހޫރު ކޯޗުން ފުރިހަމަ ކުރި އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ފަށަން އޮތް ކޯހުގެ ތާރީހު އެކި ފަހަރު މަތިން ބަދަލުވަމުން އައިސް އިއްޔެ ފެށި ކޯހުން ނުފެނުނު މަޝްހޫރު ކޯޗަކީ ކްލަބް ވެލެންސިއާގެ ކޯޗު އިސްމާއީލް އާސިފް (ކުޑަ ހީނާ) އެވެ.
އެފްއޭއެމުން ކޯހެއްގެ ފެންވަރު ވައްޓާލި މައްސަލައެއް
ނިއު މޮޅުވާން އޮޑިން ފުރުސަތެއް ނުދިން
އަންހެން ފުޓްބޯޅައިގެ ފުރަތަމަ މެޗު ވިކްޓަރީ އަށް!
އަންހެން ލީގުގެ ކޮންމެ ޓީމަކަށް 100،000ރ.
ގައުމީ ކޯޗުކަމުގައި މޯހަންގެ ފަހު މެޗުތަ؟
ސާފްގައި ރާއްޖެއަށް އިތުބާރު ހޯދަން ފިޔަވަޅުތަކެއް!
ހަނިމާދޫ ބަލިކޮށް ހދ.ގެ ޗެމްޕިއަންކަން ކުޅުދުފުއްޓަށް
ފަލަސްތީނުގެ ޓީމުގެ ހަރަދުތަކަށް 546،000ރ.
ފަލަސްތީނުގެ ޓީމަށް އެހީވާން ސްވެނިއާ ޓިކެޓް ވިއްކަނީ!
ޓްރޭނިން ކޭމްޕަށް ފަލަސްތީނުގެ ޓީމު މާދަމާ ރާއްޖެއަށް