Roadha Mihaaru
ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ އެންޖީއޯއެއް

ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ އެންޖީއޯއެއް އުފައްދައިފި

19 މެއި 2024

ޓޫރިޒަމް ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ މުވައްޒަފުން އިސްނަގައިގެން "ޑެސްޓިނޭޝަން ފިއުޗާ" ގެ ނަމުގައި އާ އެންޖީއޯއެއް އުފައްދައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޓޫރިޒަމް ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ މުވައްޒަފުން އިސްނަގައިގެން "ޑެސްޓިނޭޝަން ފިއުޗާ" ގެ ނަމުގައި އާ އެންޖީއޯއެއް އުފައްދައިފި އެވެ.

އެ އެންޖީއޯއިން ބުނީ، ޑެސްޓިނޭޝަން ފިއުޗާއިން އެންމެ ބޮޑަށް މަސައްކަތް ކުރާނީ ޓޫރިޒަމް ދާއިރާގައި ދިވެހިން އިތުރުކޮށް، ޓްރެއިނިން ދިނުމަށް ކަމަށެވެ. އަދި ޓޫރިޒަމް ދާއިރާގައި ހުރި ތަފާތު އެކި މައްސަލަތައް ހައްލުކުރުމަށް ވެސް އެ ޖަމިއްޔާއިން މަސައްކަތް ކުރާނެ ކަމަށް ޑެސްޓިނޭޗަން ފިއުޗާ އިން ބުންޏެވެ.

އެންޖީއޯގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ޓޫރިޒަމް ދާއިރާގައި 25-15 އަހަރާ ދެމެދުގެ ތަޖުރިބާ ހުރި މިހާރު ވެސް އިސް މަގާމުތަކުގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ހަމްޒާ ސައީދާއި އަމްޖަދު ތައުފީގާއި އައިޝަތު އަލީ އާއި އިބްރާހިމް އިނާދާއި ހުސެއިން ހަސަން އާއި ރިޔާ ސައީދާއި ނުއާސް މުހައްމަދާއި އަބްދުﷲ ނަބީލެވެ.

އެ ޖަމިއްޔާއާ ގުޅެން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވައިލައިފަ އެވެ.

ރާއްޖޭގެ އިގްތިސާދުގައި އެންމެ ބޮޑު އާމްދަނީއެއް ވަންނަނީ ޓޫރިޒަމް ދާއިރާއިންނެވެ. އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ އަދަދަކީ 15،500 އެވެ. ބިދޭސީންގެ އަދަދަކީ 36،000 އެވެ.