Roadha Mihaaru
ސޮނީ ސްޕޯޓްސް ފޭސް 2 އަށް، ބޮޑެތި ޑިސްކައުންޓްތަކެއް

ސޮނީ ސްޕޯޓްސް ފޭސް 2 އަށް، ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭނެ

25 މެއި 2024

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސްޕޯޓްސް އަދި ލައިފްސްޓައިލް ބްރޭންޑްތަކުގެ އުފެއްދުންތައް ވިއްކަމުން އަންނަ ސޮނީ ސްޕޯޓްސްގެ އާ ފިހާރައެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސްޕޯޓްސް އަދި ލައިފްސްޓައިލް ބްރޭންޑްތަކުގެ އުފެއްދުންތައް ވިއްކަމުން އަންނަ ސޮނީ ސްޕޯޓްސްގެ އާ ފިހާރައެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވައިފި އެވެ.

މިއަދު ހަވީރު ހުޅުވި "ސޮނީ ސްޕޯޓްސް ލައިފްސްޓައިލް" ފިހާރައިން ގިނަ އަދަދެއްގެ ބާވަތްތައް ލިބެން އެބަހުއްޓެވެ.

ސޮނީ ސްޕޯޓްސް އާ ފިހާރަ. އެ ފިހާރައިން ސޮނީއިން ވިއްކާ މަޝްހޫރު ހުރިހާ ބްރޭންޑެއްގެ ތަކެތި ލިބޭނެ އެވެ.

ސޮނީ ސްޕޯޓްސް އާ ފިހާރަ. އެ ފިހާރައިން ސޮނީއިން ވިއްކާ މަޝްހޫރު ހުރިހާ ބްރޭންޑެއްގެ ތަކެތި ލިބޭނެ އެވެ.

ސޮނީ ސްޕޯޓްސްގެ މާކެޓިން މެނޭޖަރު، މުހައްމަދު ޝަހުލީން ވިދާޅުވީ، އަލަށް ހުޅުވި ފިހާރައިގެ އެންމެ ބޮޑު ހާއްސަ ކަމަކީ، ސޮނީ ސްޕޯޓްސްއިން ވިއްކާ ހުރިހާ ބްރޭންޑެއް އެއް ތަނަކުން ލިބުން ކަމަށެވެ.

އޭނާ ވިދާޅުވީ، މީގެ ކުރިން ކުޅިވަރަށް ހާއްސަކޮށް އަދި ލައިފްސްޓައިލްގެ އުފެއްދުންތައް ސޮނީ ސްޕޯޓްސްގެ ވަކި ވަކި ފިހާރަތަކުން ވިއްކަމުން އަޔަސް، ފޭސް 2 ގައި ހުޅުވި ފިހާރައިން ހުރިހާ ބާވަތްތަކެއް ލިބޭނެ އެވެ.

މިއީ ސޮނީ ސްޕޯޓްސްގެ 14 ވަނަ ފިހާރަ އެވެ. އެ ފިހާރައިން އެޑިޑަސް، ނައިކީ، ކުއިކްސިލްވާ، ރޮކްސީ، ބިލަބޮންގް، ޑީސީ ޝޫޒް، އާރްވީސީއޭ އާއި ލިވައިސް ބްރޭންޑްގެ އުފެއްދުންތައް ލިބޭނެ އެވެ.

އާ ފިހާރައިން ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭ އިރު، ވިއްކާ ބައެއް އުފެއްދުންތަކުން 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެ ފިހާރައިން ބުންޏެވެ. މިއަދުން ފެށިގެން 10 ދުވަސް ވަންދެން އެ ފިހާރައިން ހާއްސަ ޑިސްކައުންޓްތައް ލިބޭނެ އެވެ.