Roadha Mihaaru
ރަހީނު ކުރި މައްސަލަ؛ ދޫކޮށްލި މީހާ އަލުން ހައްޔަރަށް

ރަހީނު ކުރި މައްސަލާގައި ބަންދުން ދޫކޮށްލި މީހާ އަލުން ހައްޔަރު ކޮށްފި

28 މެއި 2024

މާލޭގެ ގެސްޓް ހައުސްއެއްގައި މީހަކު ރަހީނުކުރި މައްސަލާގައި ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން ދޫކޮށްލި މީހާ އަލުން ހައްޔަރު ކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގެ ގެސްޓް ހައުސްއެއްގައި މީހަކު ރަހީނުކުރި މައްސަލާގައި ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން ދޫކޮށްލި މީހާ އަލުން ހައްޔަރު ކޮށްފި އެވެ.

ނޭޕާލްގެ ފިރިހެނަކު ރަހީނުކޮށްގެން ގެންގުޅުނީ މާފަންނު ވީބީ މާޓް، ގޯޅިތެރޭގައި ހުންނަ "ސްކައި ލޭންޑް" ކިޔާ ގެސްޓް ހައުސްއެއްގަ އެވެ. ފުލުހުން އެ މީހާ ސަލާމަތް ކުރީ އޭނާ އެ ގެސްޓްހައުސްގައި ރަހީނުކޮށްގެން ގެންގުޅޭތާ ހަފުތާއެއް ފަހުން މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ.

އެ މައްސަލާގައި ބަންގްލަދޭޝްގެ ދެ ފިރިހެނުން ހަމަ އެ ރޭ ހައްޔަރުކުރި އެވެ. އެކަމަކު، އޭގެ ތެރެއިން އެކަކު އެރޭ ކޯޓުން ދޫކޮށްލައި އަނެއް މީހާ ތަހުގީގުގެ ބޭނުމަށް 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ހުއްދަ ދިނެވެ.

ނަމަވެސް ފުލުހުން މިރޭ ބުނީ ކޯޓުން ދޫކޮށްލި 30 އަހަރުގެ މީހާ މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ 15 ދުވަހަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން މިހާރު ހުއްދަ ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައިގެ އިތުރު ތަފުސީލެއް ފުލުހުން ނުދިން ނަމަވެސް ނޭޕާލްގެ މީހާ ރަހީނު ކުރީ ފައިސާގެ މައްސަލައެއްގައި ކަމަށް ބުންޏެވެ.